Roadha Mihaaru

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޕަބްޖީ މުބާރާތް މި މަހުގެ 21 ވަނަ ދުވަހު ފަށަނީ

އުރީދޫ ނޭޝަންއިން އެއް ލައްކަ ރުފިޔާގެ ޕްރައިޒް ޕޫލަކާ އެކު ބާއްވާ ޕަބްޖީ ޗެމްޕިއަންޝިޕް މުބާރާތް މި މަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށް އުރީދޫއިން ބުނެފި އެވެ.

ޕަބްޖީ މުބާރާތް މި މަހުގެ 21 ވަނަ ދުވަހު ފަށަނީ
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

12 ޖުލައި 2023

އުރީދޫ ނޭޝަންއިން އެއް ލައްކަ ރުފިޔާގެ ޕްރައިޒް ޕޫލަކާ އެކު ބާއްވާ ޕަބްޖީ ޗެމްޕިއަންޝިޕް މުބާރާތް މި މަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށް އުރީދޫއިން ބުނެފި އެވެ.

އުރީދޫން ބުނި ގޮތުގައި އެ މުބާރާތް ކުރިއަށް ދާނީ ދެ ދުވަހުގެ މުއްދަތަށެވެ. މުބާރާތުގެ ފުރަތަމަ ދުވަހު ކުރިއަށް ދާނީ ވާޗުއަލް މެޗުތަކެކެވެ. ދެ ވަނަ ދުވަހުގެ މެޗުތައް ކުރިއަށް ދާނީ ރެހެންދި ސްކޫލް ހޯލްގައި ލައިވް ކޮށެވެ. މި މެޗުތައް އެ ތަނުގައި ކުޅޭނީ ހެނދުނު 8:00 އިން އިރުއޮއްސި 6:00 އަށެވެ.

މި ޗެމްޕިއަންޝިޕުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ ވެސް 22 ވަނަ ދުވަހު އެވެ.

މި މުބާރާތުގެ އެއް ވަނަ އަށް އުރީދޫން ހުށަހަޅާފައި ވަނީ 50،000ރ. އެވެ. ދެ ވަނަ އަށް 30،000ރ. އަދި ތިން ވަނަ އަށް 15،000ރ. ވަނީ ހުށަހަޅާފަ އެވެ. ޖުމްލަ އެއް ލައްކަ ރުފިޔާގެ ޕްރައިޒް ޕޫލެއް ހިމެނޭ މި މުބާރާތަކީ ރާއްޖޭގައި ބާއްވާނެ މި ފަދަ އެންމެ ބޮޑު މުބާރާތްކަމަށް އުރީދޫން ބުނެ އެވެ.

އުރީދޫ ނޭޝަންގެ ޕަބްޖީ ޗެމްޕިއަންޝިޕުގައި ކުޅޭ ޓީމުތައް ހޮވާފައި ވަނީ މި ދިޔަ އަހަރު ބޭއްވި "ރޯޑް ޓު 100ކޭ" ކޮލިފައިން މުބާރާތްތައް ކަމަށްވާ ކޮންޓެންޑާ ސީރީޒް 1، 2 އަދި 3 އާއި ވައިލްޑް ކާޑް އެންޓްރީ ސީރީޒްގައި ވާދަކޮށް މޮޅުވި 16 ޓީމެވެ.

އުރީދޫން ބުނީ މި މުބާރާތަކީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީގެ ހުނަރު ދައްކާލުމަށް އެ ކުންފުނިން ދޭ ފުރުސަތެއް ކަމަށެވެ.