އުރީދޫ ގޭމާސް ނޭޝަންއިން ބާއްވާ ފުރަތަމަ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕަށް ވާދަ ކުރުމުގެ ކޮންޓެންޑާ ސީރީޒް ވަންގައި ރަޖިސްޓާވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
07 އޯގަސްޓް 2022
އުރީދޫ ގޭމާސް ނޭޝަންއިން ބާއްވާ ފުރަތަމަ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕަށް ވާދަ ކުރުމުގެ ކޮންޓެންޑާ ސީރީޒް ވަންގައި ރަޖިސްޓާވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އުރީދޫން ބުނީ އެ މުބާރާތަކީ އަންނަ ޑިސެމްބަރު މަހު ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ޕަބްޖީ ޗެމްޕިއަންޝިޕަށް ކޮލިފައިވުމަށް ކުޅޭ ސިލްސިލާގެ ފުރަތަމަ ކޮލިފައިން މުބާރާތް ކަމަށެވެ. އުރީދޫން ބާއްވާ ޗެމްޕިއަންޝިޕް މުބާރާތަކީ މިހާތަނަށް ގޭމާޒް މުބާރާތަކަށް ހުށައަޅާ އެންމެ ބޮޑު އިނާމާ އެކު ރާއްޖޭގައި ބާއްވާ ފުރަތަމަ މުބާރާތެވެ. އެ މުބާރާތަށް އުރީދޫން ހުށައަޅާފައި ވަނީ 100،000ރ. އެވެ.
އުރީދޫން ބުނީ އެ މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ގޭމަރުން، އެންމެ ފުރަތަމަ ޓީމްތައް ރަޖިސްޓްރީކޮށް، ކުރިއަށް އޮތް ކޮލިފައިން މުބާރާތްތަކުގައި ވާދަކުރަން ޖެހޭނެ ކަމަށެވެ. އަދި ޗެމްޕިަންޝިޕުގައި ވާދަކުރުމަށް އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕްގެ އޮފިޝަލް ކޮލިފައިން ޓޯނަމަންޓުގައި ވާދަކުރަން ޖެހޭނެ ކަމަށް ވެސް އުރީދޫން ބުނެއެވެ.
އުރީދޫން ބުނީ އެ މުބާރާތުގައި ބައިވެރިވުމަށް ހުށައަޅާ ޓީމުތަކުން ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 150 ރުފިޔާ ދައްކަން ޖެހޭނެ ކަމަށެވެ. އަދި ޓީމު މެމްބަރުންގެ މައުލޫމާތްއާއި ޓީމް ލޯގޯ ވެސް ޕޯޓަލް މެދުވެރިކޮށް ހުށައަޅަން ޖެހޭނެ ކަމަށެވެ. ރަޖިސްޓްރޭޝަނަށް ބޭނުންވާ މައުލޫމާތު ހުށައެޅޭނީ މި މަހުގެ 15ގެ ނިޔަލަށެވެ.
އުރީދޫން ބުނީ ކޮލިފައިވާން ކުޅޭ ސިލްސިލާ މުބާރާތްތަކުގައި ވެސް އަގުހުރި އިނާމުތަކެއް ލިބޭނެ ކަމަށެވެ. އެގޮތުން ޗެމްޕިއަން ޓީމަށް 10،000ރ. ހުށައަޅާފައި ވާއިރު، 2 ވަނަ އަށް 3000ރ. އަދި ތިން ވަނަ އަށް 2000ރ. ވަނީ ހުށައަޅއިފަ އެވެ.
އުރީދޫން ބުނީ ތިން މުބާރާތަކަށް ބަހައިގެން ކޮންޓެންޑާ ސީރީޒްގެ މުބާރާތްތައް މި އަހަރުގެ އޮކްޓޯބަރާ ހަމައަށް ކުރިއަށް ދާނެ ކަމަށެވެ. އަދި އެ ސީރީޒްތަކުން ހޮވޭ އެންމެ މޮޅު ހަތް ޓީމެއް މި އަހަރުގެ ނޮވެމްބަރު މަހުގައި ކޮލިފައިން އިވެންޓުގައި ވާދަކުރާނެ ކަމަށް އުރިދޫން ބުނެއެވެ. އުރީދޫން ބުނީ ޗެމްޕިއަންޝިޕު އޮންނާނީ އަންނަ ޑިސެމްބަރު މަހު ކަމަށެވެ.
މުބާރާތާ ގުޅޭ އިތުރު މައުލޫމާތު https://ooredoonation.mv/arena/tournaments/view/6 އިން ލިބޭނެ އެވެ.
ޕަބްޖީ މުބާރާތް މި މަހުގެ 21 ވަނަ ދުވަހު ފަށަނީ
އުރީދޫ ޕަބްޖީ ޗެމްޕިއަންޝިޕާ ގުޅެން ފަހު ފުރުސަތު
އުރީދޫ ޕަބްޖީ ޗެމްޕިއަންޝިޕްގައި މިހާރު ރަޖިސްޓްރީވެވޭނެ
މޫލީން ވިޔަފާރި ކޮށްގެން އެޕަލް ގިފްޓް ކާޑެއް
ޕަބްޖީ ކުޅޭ މީހުންނަށް އުރީދޫގެ ހާއްސަ ޕެކޭޖެއް
ރާއްޖޭގެ 80 ޕަސެންޓަށް އުރީދޫ 5ޖީ ހިދުމަތް ދެނީ
އުރީދޫން ހިއްސާއަކަށް 3.43ރ. ބަހަނީ
އުރީދޫން ހުޅުމާލޭ ބޮޑުމިސްކިތް އޭސީކޮށް، މަރާމާތުކޮށްފި
"ކަރާ ފަޅައިގެން" އުރީދޫން އަގުހުރި އިނާމުތަކެއް
އުރީދޫގެ ނޭޝަން ގޭމިން ފެސްޓިވަލަށް ބޮޑު ތަރުހީބެއް