19 ފެބުރުއަރީ 2022
އެރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ރަކް އަލް ހައިމާގައި މިއަދު ބޭއްވި ހާފް މެރތަން ރޭހުގެ 5 ކިލޯމީޓަރުން ރާއްޖޭގެ ހުސައިން ފަޒީލް ހާރޫން (ފްލޭޝް) އެއްވަނަ ހޯދައިފި އެވެ.
އެރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ރަކް އަލް ހައިމާގައި މިއަދު ބޭއްވި ހާފް މެރތަން ރޭހުގެ 5 ކިލޯމީޓަރުން ރާއްޖޭގެ ހުސައިން ފަޒީލް ހާރޫން (ފްލޭޝް) އެއްވަނަ ހޯދައިފި އެވެ.
އެ ރޭހުގެ އަންހެން ބައިން، އާމިނަތު ޖައިޝާ ޖުނީޒް ވަނީ ދެވަނަ ހޯދައިފަ އެވެ. އަދި ޖައިޝާ ރޭސް ނިންމި 20:25 (20 މިނެޓް 25 ސިކުންތު) އިން އޭނާ ވަނީ ގައުމީ ރެކޯޑް މުގުރައިލައިފަ އެވެ. ކުރިން އެރެކޯޑް އޮންނަނީ، ޔޫއޭއީގެ މި ރޭހުގައި 2020 ގެ އެޑިޝަންގައި ރެކޯޑް ހެދި އައިޝަތު ޖިނާނީ އިބްރާހިމް އަތުގަ އެވެ. އެފަހަރު ޖިނާނީ ރޭސް ނިންމީ 20:34 އިންނެވެ.
ޑިސެމްބަރު މަހު ބޭއްވި ގްރޯން ޕްރީގެ އެންމެ މޮޅު އެތުލީޓްގެ މަގާމު ހޯދި، ޖައިޝާގެ މައްޗައް ކުރި ހޯދައި އަންހެން ބައިގެ އެއްވަނަ ހޯދީ ޑެސެރީ މެނިއޭގޯ އެވެ. އޭނާ ރޭސް ނިންމީ 18:32 ންނެވެ. ތިންވަނަ ހޯދި ލީސަލިއޭ އަންޑޯގާން ރޭސް ނިންމީ 21:34 އިންނެވެ.
ފިރިހެން ބައިގައި ފަޒީލް ރޭސް ނިންމީ 16:32 އިންނެވެ. އޭނަގެ ފަހަތުން ދެވަނަ ހޯދި ރުޝްދީ މުހްސިން ރޭސް ނިންމީ 17:16 އިންނެވެ. ރާއްޖޭ ހުސައިން ރިޒާ (ކުޑަ ރިޒާ) ވަނީ އެ ރޭހުގެ ތިން ވަނަ ހޯދައިފަ އެވެ. އޭނާ ފަސް ކިލޯމީޓަރު ނިންމީ 17:18 އިންނެވެ.
ދިގު ދުވުންތަކަށް ހާއްސަ މަޝްހޫރު ފިޓްނަސް ޓްރޭނަރު، މަރްޔަމް އަބްދުލް ކަރީމް ވަނީ ހާފް މެރެތަންގެ ގައުމީ ރެކޯޑް މުގުރައިލައިފަ އެވެ. އޭނާ ރޭސް ނިންމީ 1:30:46 (އެއް ގަޑިއިރާ 30 މިނެޓް 46 ސިކުންތު) އިންނެވެ. ކުރިން ވެސް އެ ރެކޯޑް އޮންނަނީ މަރީ އަތުގަ އެވެ. މިރޭހުގެ 2020 ގެ އެޑިޝަންގައި ވާދަކޮށް 1:32:42 އިންނެވެ.
ވަނަ ހޯދަން ޗައިނާގެ ދުވުންތެރިޔާއަށް ދޫކޮށްލި މައްސަލަ
ގްރޯން ޕްރީގައި ހަތަރު ފަހަރުވެސް ފަޒީލަށް ތަށި
ހާފް މެރަތަންގެ އެއްވަނަ ނޭޕާލްގެ ކިރަން ސިންހް އަށް
ފަޒީލް މިފަހަރު މުގުރާލީ 30 އަހަރުވީ ރެކޯޑެއް
ލޯންގް ޑިސްޓެންސް ދުވުންތެރިންނަށް ތަމްރީނެއް ނެތް؟
ފަޒީލް އާއި ރިއްފަތު ވެސް އިންޑިއަން ގްރޯން ޕްރީގައި
ފަޒީލް އާއި ރިއްފަތު އިންޑިއާގެ ޓްރޭނިން ކޭމްޕާ ގުޅެނީ
10 މަސް ދުވަހުން ފަޒީލް އެހެން ލެވަލަކަށް
ޑޮމެސްޓިކް ކާމިޔާބުތަކަކީ އައިއޯއައިޖީއަށް ވޯމްއަޕެއް
5000 މީޓަރު ކާމިޔާބުކޮށް ފަޒީލަށް އިތުރު ރަނެއް