18 ޖޫން 2023
އިންޑިއާގެ އޮޑިޝާގައި މިހާރު ކުރިއަށްދާ އެތުލެޓިކް ސްޓޭޓް މުބާރާތުގައި ވާދަކޮށް، 30 އަހަރު ވަންދެން މުގުރާނުލެވި އޮތް ރާއްޖޭގެ 1،500 މީޓަރުގެ ގައުމީ ރެކޯޑް ހުސައިން ފަޒީލް ހާރޫން މިއަދު މުގުރާލައިފި އެވެ.
އިންޑިއާގެ އޮޑިޝާގައި މިހާރު ކުރިއަށްދާ އެތުލެޓިކް ސްޓޭޓް މުބާރާތުގައި ވާދަކޮށް، 30 އަހަރު ވަންދެން މުގުރާނުލެވި އޮތް ރާއްޖޭގެ 1،500 މީޓަރުގެ ގައުމީ ރެކޯޑް ހުސައިން ފަޒީލް ހާރޫން މިއަދު މުގުރާލައިފި އެވެ.
ފަޒީލް މިއަދު މުގުރާލީ މީގެ 30 އަހަރު ކުރިން ސާފް ގޭމްސްގައި ކުރީގެ ދުވުންތެރިޔާ ހުސައިން ރިޔާޒު ސޮމަދު (ބޭބެ ރިޔާ) 4:0.6 (ހަތަރު މިނެޓާއި 0.6 ސިކުންތުން) ހެދި ރެކޯޑެވެ. ފަޒީލް އެ ރެކޯޑް މުގުރާލީ 3:57.44 (ތިން މިނެޓާއި 57.44 ސިކުންތު) އިން ނިންމައިގެންނެވެ.
ބޭބެ ރިޔާ ހެދި ރެކޯޑް އެހެން ދުވުންތެރިޔަކަށް މުގުރާނުލެވި 30 އަހަރު ދިޔަ އެވެ. މިއަދު އެ ރެކޯޑް ފަޒީލް މުގުރާލުން، އޭނާ އަށް ވަރަށް ހާއްސަ އެވެ.
ދިރާގު ރޯޑް ރޭހުން 2013 ގައި ދުވުމުގެ ތެރެއަށް ނުކުތް ފަޒީލް، މި ރެކޯޑް މުގުރާލަން މާ ކުރިން ވެސް އަޒުމު ކަނޑައަޅައިފި އެވެ. މިއަދު އޭނާ ބުނީ 2015 ގައި ގައުމީ ޓީމުން ފުރުސަތު ލިބުމުން ،ހާސިލު ކުރަން ބޭނުންވި ރެކޯޑްތަކުގެ ތެރޭގައި 1،500 މީޓަރުގެ ރެކޯޑް ހިމެނޭ ކަމަށެވެ.
"އެންމެ ފުރަތަމަ ދުވަން ފަށައިގެން ގައުމީ ރެކޯޑްތަކެއް އެހާ ބޮޑަކަށް ނޭނގެ. އެކަމަކު ގައުމީ ޓީމަށް 2015 ގައި ހޮވުނު ފަހުން ރެކޯޑް ބަކެޓަށް އެކްސެސް ވެވެން ފެށީމަ ވަރަށް ލުކްފޯވާޑް ކުރި ދެ ރެކޯޑްގެ ތެރެއިން އެއް ރެކޯޑް މީ،" 26 އަހަރު ވަންދެން މުގުރާނުލެވި އޮތް 5،000 މީޓަރުގެ ރެކޯޑް ވެސް ދަމަހައްޓަމުން އަންނަ ފަޒީލް ބުންޏެވެ.
މި ރެކޯޑް މުގުރާލުމާ ވަރަށް ގާތަށް މީގެ ކުރިން ފަޒީލް ދިޔަ އެވެ. އަޒަރުބައިޖަންގެ ބަކޫގައި 2019 ގައި 1،500 މީޓަރު ރޭސް ނިންމުނީ އެ ރެކޯޑަށް ވުރެ ދެތިން ސިކުންތު ލަހުންނެވެ. އެކަމަކު މިއަދު ހަތަރު މިނެޓަށް ވާސިލު ނުވެ ރެކޯޑް ނިންމާލެވުމުން އޭނާ އަށް ލިބޭ ހިތްހަމަޖެހުން ބޮޑެވެ.
"މީ ވަރަށް ވަރަށް މަސައެްކަތް،" ފަޒީލް ބުންޏެވެ.
ފަޒީލް މިހާތަނަށް މުގުރާލި ރެކޯޑްތަކަކީ ގިނަ އަހަރުތަކެއްވީ ރެކޯޑްތަކެވެ. މިއަދު މުގުރާލީ 30 އަހަރުވީ ރެކޯޑް އިތުރުން 2019 ގައި އޭނާ މުގުރާލި 5000 މީޓަރުގެ ރެކޯޑަކީ 26 އަހަރުވަންދެން މުގުރާނުލެވި އޮތް ރެކޯޑެކެވެ. ގަތަރުގެ ދޯހާގައި އެ އަހަރު ބޭއްވި އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ފަޒީލް ރޭސް ނިންމީ 15:30 (15 މިނެޓާއި 30 ސިކުންތު) އިންނެވެ.
ކުރިން އެ ރެކޯޑް ވެސް އޮތީ 1993 ގައި 15.36 މިނެޓުން ދުވެގެން ރެކޯޑް އޮތީ ބޭބެ ރިޔާ އަތުގަ އެވެ.
ފަޒީލް މުގުރާލި 10000 މީޓަރު 2017 ގައި އޭނާ މުގުރާލުމުގެ ކުރިން އެ ރެކޯޑް މުގުރާނުލެވި ރެކޯޑް ކުރިން ހެދީ 28 އަހަރު ކުރިން ހުސައިން ހަލީމް (ކުޑަ ހުސައިން) އެވެ. ހުސައިން އެ ރެކޯޑް ހެދީ 1989 ގަ އެވެ.
ރޯޑް ރޭސްތަކުގެ 10 ކިލޯމީޓަރު ދުވުމާއި ފަސް ކިލޯމީޓަރު ދުވުމުގެ ގައުމީ ރެކޯޑް ފަޒީލަށް އޮތީ ހަމަވެފަ އެވެ.
އަޅުގަނޑު ބޭނުންވީ ތާރީހް ބްރޭކް ކުރަން. މިހާރު އަޅުގަނޑު ހާއްސަވާ ދެ އިވެންޓުން ވެސް އެ ރެކޯޑް އެޗީވްމިވީ،" އަންނަ ފަޒީލް ބުންޏެވެ.
ގިނަ ރެކޯޑްތަކެއް ހެދުނަސް ފަޒީލްގެ އެންމެ ބޮޑު އުންމީދު އޮތީ އެވެ. މިޑްލް ޑިސްޓެންސް ކެޓަގަރީން އިންޓަނޭޝަނަލް ގޭމްސް އަކުން ރާއްޖެ އަށް މެޑަލް ހޯދައިދިނުމަކީ އޭނާގެ އެންބޮޑު އުންމީދެވެ.
ގްރޯން ޕްރީގައި ހަތަރު ފަހަރުވެސް ފަޒީލަށް ތަށި
ފަޒީލް އާއި ރިއްފަތު ވެސް އިންޑިއަން ގްރޯން ޕްރީގައި
ފަޒީލް އާއި ރިއްފަތު އިންޑިއާގެ ޓްރޭނިން ކޭމްޕާ ގުޅެނީ
10 މަސް ދުވަހުން ފަޒީލް އެހެން ލެވަލަކަށް
ޑޮމެސްޓިކް ކާމިޔާބުތަކަކީ އައިއޯއައިޖީއަށް ވޯމްއަޕެއް
5000 މީޓަރު ކާމިޔާބުކޮށް ފަޒީލަށް އިތުރު ރަނެއް
އެއްވަނަ އަކީ ހިތްވަރެއް، ދެން އޮތް ޗެލެންޖް މާބޮޑު
ފަޒީލް އެއްވަނަ، ޖައިޝާ އާއި މަރީ އަށް ގައުމީ ރެކޯޑް
އެންމެ މޮޅު އެތުލީޓް ފަޒީލް ގްރޯން ޕްރީން ނުފެންނާނެ
މޯޑާއި ފަޒީލް: ގައުމީ މުބާރާތުން ބޮޑު ވާދަވެރިކަމެއް