ސްޕެއިންގެ ފޯވާޑް ޕެޑްރޯ ޑޮމިނިގޭޒް (ޓާނާ) މާޒިޔާގެ ޖޯޒީގައި ޖެހި ފުރަތަމަ ލަނޑާއެކު، ދިވެހި ޕްރިމިއާ ލީގުގައި މިރޭ މާޒިޔާއިން، ކްލަބް އީގަލްސްގެ މައްޗަށް 2-0 ން ކާމިޔާބު ހޯދައިފި އެވެ.
ސްޕެއިންގެ ފޯވާޑް ޕެޑްރޯ ޑޮމިނިގޭޒް (ޓާނާ) މާޒިޔާގެ ޖޯޒީގައި ޖެހި ފުރަތަމަ ލަނޑާއެކު، ދިވެހި ޕްރިމިއާ ލީގުގައި މިރޭ މާޒިޔާއިން، ކްލަބް އީގަލްސްގެ މައްޗަށް 2-0 ން ކާމިޔާބު ހޯދައިފި އެވެ.
ދެލަނޑުގެ ލީޑަކުން މާޒިޔާ އަށް ކާމިޔާބު ލިބުނަސް، ފުރަތަމަ މެޗެކޭ އެއްގޮތަށް ދެވަނަ މެޗް ވެސްވީ މާޒިޔާ އަށް އުނދަގޫ މެޗަކަށެވެ. މަޝްހޫރު ރެއާލް މެޑްރިޑް ކޮޅަށް، ލަސްޕަލަމްސްގެ ޖޯޒީގައި ލަނޑު ޖަހައިގެން މަޝްހޫރުވި ޓާނާ މި މެޗުގައި ކުޅެން ނުކުތީ ފުރަތަމަ 11 ގައި ހިމެނިގެންނެވެ. އެންމެ ފުރަތަމަ މެޗުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ދެކޮޅަށް ކުޅުނު މެޗްގައި މާޒިޔާގެ ކޯޗް މިއޮޑްރަގް ޖެސިޗް، ޓާނާ އަށް ފުރުސަތު ދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗްގެ ފުރަތަމަ 11 ގައި ހިމެނިގެން ކުޅެން ނުކުތް ނަމަވެސް ފުރަތަމަ ހާފުގައި އީގަލްސްގެ ގޯލް ފޫއަޅުވައިލުމުގައި ޓާނާ އަކަށް ވެސް އަދި މާޒިޔާގެ އެހެން ފޯވާޑަކަށް ވެސް ކާމިޔާބެއް ނުހޯދުނެވެ. އީގަލްސް ކުޅުނު ފުރަތަމަ މެޗުގައި އެޓީމުން ޓީސީ ބަލި ކުރި އެވެ. މިރޭގެ މެޗުގައި ވެސް އީގަލްސްގެ ޓީމުގެ ކިބައިން އެވަރުގަދަކަން ފެނުނެވެ.
ޓާނާ (ވ) ލަނޑު ޖެހުމަށް ފަހު އުފާ ފާޅު ކުރަނީ: މިރޭގެ މެޗުގައި އޭނާ ޖެހި ލަނޑަކީ މާޒިޔާގެ ޖޯޒީގައި އޭނާ ޖެހި ފުރަތަމަ ލަނޑު --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މާޒިޔާގެ ލަނޑު ދެވަނަ ހާފުގައި ޓާނާ ޖެހީ އިބްރާހިމް ވަހީދު ހަސަން (އިއްބެ) ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. މިދިޔަ ސީޒަންގައި އީގަލްސް އަށް ކުޅުނު ޒުވާން ޑިފެންޑަރު ހައިޝަމް ހަސަން، މި ސީޒަންގައި މާޒިޔާ އަށް ބަދަލުވެ އޭނާގެ ކުރީގެ ކްލަބާ ދެކޮޅަށް ކުޅެން ނުކުތީ އަހްމަދު އަބްދުﷲ (ލިލީ) ގެ ބަދަލުގައި ދެވަނަ ހާފުގަ އެވެ. އޭނާ ކުޅެން ނުކުތްތާ ފަސް މިނެޓްތެރޭ މާޒިޔާގެ ފުރަތަމަ ގޯލްގައި އޭނާ ހިއްސާވި އެވެ. އޭރިއާގެ އަރިމަތިން އޭނާ ނެގި ހުރަސް އިއްބެ ބޮލުން ފަހަތަށް ދިނުމުން ޓާނާ ވަނީ އެއްފަހަރު ޖަހައި ބޯޅަ ގޯލްގެ ތެރެއަށް ވައްދައިލައިފަ އެވެ.
މާޒިޔާއިން ލީޑް ނެގި ފަހުން ކޯނޭލިއަސް ސްޓެވާޓް (ކޯނޭ) އަށް ވެސް ރަނގަޅު ފުރުސަތެއް ލިބިގެން ދިޔަ އެވެ. ނަމަވެސް އެ ފުރުސަތު ބޭނުމެއް ނުކުރެވުނެވެ. މާޒިޔާގެ ދެވަނަ ލަނޑު ނާއިޒު ހަސަން (ދާދު) ޖެހީ މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްވި ވަގުތުގެ ތެރެއިން ފުރަތަމަ މިނެޓްގަ އެވެ.
ލަނޑު ޖެހުމަށް ފަހު މާޒިޔާގެ ކުޅުންތެރިން އުފާ ކުރަނީ: އެޓީމުން ވަނީ ދެ މެޗުން ހަ ޕޮއިންޓް ހޯދައިފަ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ހަސަން ޝިފާޒް (ޑުންގާ)، ކޯނޭ އަށް ދިން ބޯޅަ ހިފައިގެން އީގަލްސްގެ އޭރިއާ އާހަމައަށް ދިއުމުގެ ކުރިން އީގަލްސްގެ ލުބުނާންގެ ކީޕަރު ތޯހާ މުހައްމަދު ކުރިއަށް ނުކުމެ އެބޯޅަ ބޮލުން ދިފާއު ކުރި އެވެ. ކޯނޭ އަށް އެބޯޅަ ގެއްލުނު ނަމަވެސް ދާދު ވަނީ ބޯޅަ ބޭރުވުމުގެ ކުރިން ހޯދައިފަ އެވެ. އެބޯޅަ ހިފައިގެން އޭރިއާގެ ކަނާ ދިމާލުން އަރައި ދާދު ވަނީ މާޒިޔާ އަށް ދެވަނަ ލަނޑު ޖަހައިދީފަ އެވެ.
މޮޅާއެކު މާޒިޔާ ވަނީ ކުޅުނު ދެ މެޗުން ހަ ޕޮއިންޓް ހޯދައިފަ އެވެ. އަދި ތިން ގޯލް ޖެހި އިރު ބައިކޮޅަށް ލަނޑެއް ނުވަދެ އެވެ.
ރެކޯޑްތަކަކަށް މޯހަން ނުވިސްނާ؛ މިއަދަށް ތައްޔާރު!
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ބިދޭސީ ހަ ކުޅުންތެރިންނަށް ޖާގަ ދޭން ވިސްނަނީ
މާޒިޔާއިން ލީގުގެ އައްޑަނަ އުފުލާލައިފި
ގްރީން ބަލިކޮށް އީގަލްސްއިން މާޒިޔާއާ ކައިރިކޮށްފި
ކްލަބްތަކުން ކުރި މަސައްކަތް އަގުވަޒަނެއް ނުކުރެވޭ
ކޯޗަކު އެއް ކްލަބެއްގައި ދިގުމުއްދަތަކަށް ނުހިފެހެއްޓޭ!
އީގަލްސް އަތުން މޮޅުވުން މުހިންމު: މާޒިޔާގެ ކޯޗު
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ
ދިވެހި ލީގުގައި 100 ލަނޑު ހަމަކޮށް ރިޒޭއަށް ރެކޯޑް