Roadha Mihaaru
މާޒިޔާއިން ލީގުގެ އައްޑަނަ އުފުލާލައިފި

ފަހު މެޗުގައި އީގަލްސް ބަލިކޮށް މާޒިޔާއިން ލީގުގެ އައްޑަނަ އުފުލާލައިފި

01 އޯގަސްޓް 2022

ދިވެހި ޕްރިމިއާ ލީގުގެ ފަހު މެޗުގައި މިރޭ ކްލަބް އީގަލްސްގެ މައްޗަށް 5-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ލީގު ޗެމްޕިއަން މާޒިޔާއިން އައްޑަނަ އުފުލާލައިފި އެވެ.

ދިވެހި ޕްރިމިއާ ލީގުގެ ފަހު މެޗުގައި މިރޭ ކްލަބް އީގަލްސްގެ މައްޗަށް 5-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ލީގު ޗެމްޕިއަން މާޒިޔާއިން އައްޑަނަ އުފުލާލައިފި އެވެ.

މާޒިޔާއިން ލީގު ޗެމްޕިއަންކަން ކަށަވަރު ކުރީ ޖުލައި 22 ގައި ދަ ގްރާންޑޭ އާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެގެންނެވެ. މާޒިޔާ އަށް ލީގު ޗެމްޕިއަންކަން ހޯދައިދިނީ ސީޒަންގެ ވަކި ހިސާބަކުން އެ ޓީމާ ހަވާލުވި ސާބިއާގެ ކޯޗު މިއޮޑްރަގް ޖެސިޗް އެވެ. ލީގު ޗެމްޕިއަންކަން ހޯދައިދިނުމަށް ފަހު އޭނާ ވަނީ މާޒިޔާ ދޫކޮށްލާފަ އެވެ. މާޒިޔާއިން ޖެސީޗް ދިއުމުގެ ހުއްދަ ދިނީ ސައުދީ އަރަބިއާގެ ކްލަބަކާ ހަވާލުވާން އޭނާ އަށް ފުރުސަތު ލިބިފައިވުމުންނެވެ. މިއީ މާޒިޔާއިން ލީގު ޗެމްޕިއަންކަން ހޯދި ހަތަރުވަނަ ފަހަރެވެ.

މިރޭ ގެ މެޗުގައި ވެސް މާޒިޔާ އަށް އިރުޝާދު ދިނީ އެސިސްޓެންޓް ކޯޗު އަހުމަދު ޝުޒައިރު އެވެ. މީގެ ކުރީގެ ސީޒަންތަކުގައި ވެސް އޭނާ ވަނީ މާޒިޔާ އަށް ބައެއް މެޗުތަކުގައި ކޯޗުކޮށްދީފަ އެވެ.

ލީގުގައި މާޒިޔާއިން ކުޅުނު 21 މެޗުގެ ތެރެއިން 20 މެޗުން މޮޅުވި އެވެ. އެ ޓީމު ބަލިވީ ލީގުގެ ދެވަނަ ބުރުގައި އީގަލްސް އާ ދެކޮޅަށް ކުޅުނު މެޗުންނެވެ. މާޒިޔާއިން ވަނީ ޖުމުލަ 60 ޕޮއިންޓް ހޯދާފަ އެވެ. މިއީ ޕޮއިންޓްގެ ގޮތުން ބަލާއިރު ދިވެހި ލީގުގެ ތާރީހުގައި މާޒިޔާގެ ރެކޯޑް އެންމެ ރަނގަޅު ސީޒަނެވެ.

ލަނޑުގެ ތަފާތުން ވެސް މިއީ މާޒިޔާ އަށް ތަފާތު ބޮޑު އަދަދެއް އޮތް ފަހަރެކެވެ. އެ ޓީމުން 80 ގޯލް ޖެހި އެވެ. ބައިކޮޅަށް ވަނީ ފަސް ގޯލެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި މާޒިޔާ އަށް ފުރަތަމަ ލީޑް ނަގައިދިނީ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ. އޭނާ ލަނޑު ޖެހީ މެޗުގެ 14 ވަނަ މިނެޓްގަ އެވެ. އޭގެ ފަހުން ވެސް އޭނާ އަށް ލަނޑު ޖަހާނެ ފުރުސަތެއް ލިބުނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓްގައި އޭރިއާގެ އަރިމަތީގައި ހުރެފައި އޭނާ ފޮނުވާލި ބޯޅަ އީގަލްސްގެ ކީޕަރު ހަސަން އަލީފް އިބްރާހިމް ޑައިވްކޮށް ބޯޅަ

މާޒިޔާގެ ދެވަނަ ލަނޑު ނާއިޒު ހަސަން (ދާދު) ޖެހީ މެޗުގެ 23 ވަނަ މިނެޓްގަ އެވެ. އޭގެ ފަހުން އީގަލްސް އިން ވެސް ވަނީ ރަނގަޅު ފުރުސަތެއް ތަނަވަސް ކޮށްފަ އެވެ. އެ ޓީމުގެ ބުރުނޯ ވިނީޝިއުސް އަށް ވެސް ރަނގަޅު ފުރުސަތެއް ލިބުނެވެ. މާޒިޔާގެ ތިން ވަނަ ލަނޑު ކެޕްޓަން އަސަދުﷲ އަބްދުﷲ ޖެހީ ނާއިޒު ދިން ފުރުސަތަކުންނެވެ.

ދެ ވަނަ ހާފު ފެށި ގޮތަށް ވެސް މާޒިޔާއިން ވަނީ އީގަލްސްގެ ގޯލަށް ބާރު ބޮޑު ކޮށްފަ އެވެ. މާޒިޔާގެ ހަތަރު ވަނަ ލަނޑު ހަމްޒާ މުހައްމަދު (ހަމްޕް) ޖެހުމުގެ ކުރިން ވެސް އޭނާ އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސް ދަނޑި އަށެވެ. ހަމްޒާ ލަނޑު ޖެހީ އިބްރާހިމް ވަހީދު އޭރިއާ ތެރެއަށް ނެގި ބޯޅަ ގޯލްގެ ތެރެއަށް ވައްދައިލައިގެންނެވެ. ފަސްވަނަ ލަނޑު އަސަދުﷲ ޖެހީ އީގަލްސްގެ ޑިފެންޑަރުން ވެސް ކައރިން ނައްޓާލުމަށް ފަހު އެވެ.

ދެވަނަ ހާފުގައި އަހްމަދު ރިޒުވާން (ރިޒޭ) ދިން ބޯޅަ ހިފައިގެން ގޮސް އޭރިއާ އަރިމަތިން ބްރުނޯ މަސައްކަތް ކުރީ ގޯލް ކުރިމައްޗަށް ބޯޅަ ހުރަސްކޮށްދޭށެވެ. އެކަމަކު މާޒިޔާގެ ނޭޕާލްގެ ކީޕަރު ކިރަން ކުމާރް އެ ބޯޅަ ހުއްޓުވި އެވެ. އެކަމަކު އީގަލްސް އަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު ލިބުނީ ޝާއިފުﷲ އިބްރާހިމް އަށެވެ. މާޒިޔާގެ ކީޕަރު ކިރަން ވެސް ނުބައި ޕޮޒިޝަންގައި ހުރުމުން ޝައިފުﷲ އަށް ބޮލުން ޖަހަން ފުރުސަތު ލިބުނެވެ. އެކަމަކު އެ ބޯޅައިގެ ބޭނުމެއް ނުހިފުނެވެ.