02 މެއި 2021
ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގެ ފަހު މެޗުގައި މިރޭ ކްލަބު އީގަލްސްއާ ދެކޮޅަށް ތާވަލްގެ އެއްވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ނުކުންނައިރު، މި މެޗުން މޮޅުވެ، ލީޑު ފުޅާކުރުމަށް ލިބޭ ފުރުސަތުގެ ބޭނުން ހިފުން މުހިންމު ކަމަށް މާޒިޔާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް ބުނެފި އެވެ.
ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގެ ފަހު މެޗުގައި މިރޭ ކްލަބު އީގަލްސްއާ ދެކޮޅަށް ތާވަލްގެ އެއްވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ނުކުންނައިރު، މި މެޗުން މޮޅުވެ، ލީޑު ފުޅާކުރުމަށް ލިބޭ ފުރުސަތުގެ ބޭނުން ހިފުން މުހިންމު ކަމަށް މާޒިޔާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް ބުނެފި އެވެ.
ދެވަނަ ބުރުގެ ފަހު މެޗަށް ކުރިމަތިލާއިރު، މާޒިޔާ ތާވަލްގެ އެއްވަނައިގައި އޮތީ 31 ޕޮއިންޓާއެކު އެވެ. ތާވަލްގެ ދެވަނައިގައި ވެލެންސިއާ އޮަތީ 25 ޕޮއިންޓާއެކު އެވެ. މިރޭގެ މެޗުން މާޒިޔާ މޮޅުވެއްޖެ ނަމަ، ލީގުގެ ތިން ވަނަ ބުރަށް މާޒިޔާ ކުރިމަތިލާނީ ނުވަ ޕޮއިންޓްގެ ލީޑަކާއެކު އެވެ.
މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރިސްޓޯ ބުނީ މި މެޗަކީ މާޒިޔާ އަށް ވަރަށް މުހިންމު މެޗެއް ކަމަށާއި، މި މެޗުން މޮޅުވެއްޖެ ނަމަ، ލީގުގައި ބާކީ އޮތްބައިގައި މާޒިޔާ އަށް ފަސޭހަތަކެއް ލިބޭނެ ކަމަށެވެ.
"އަހަރެމެން މި މެޗުން މޮޅުވެއްޖެނަމަ، އަހަރެމެންނަށް (ތާވަލްގެ އެއްވަނައިގައި) ތަފާތު ބޮޑުކުރެޥޭނެ. މޮޅުވެއްޖެނަމަ ކުރިއަށް އޮތް ދުވަސްތައް އަހަރަމެންނަށް ފަސޭހަވެގެންދާނެ،" ކުރިން ފިލިޕީންސްގައި ގިނަ ކާމިޔާބީތަކެއް ހޯދި ރިސްޓޯ ބުންޏެވެ.
ލީގުގެ ފުރަތަމަ ބުރުގައި ފޯމު ދަށްވިޔަސް، ދެވަނަ ބުރުގައި އީގަލްސް ވަނީ ނަތީޖާތައް ރަނގަޅުކޮށްފަ އެވެ. އީގަލްސް ތާވަލްގެ ހަތަރު ވަނައިގައި މި ވަގުތު އޮތީ 17 ޕޮއިންޓާއެކު އެވެ. މިރޭގެ މެޗުން އީގަލްސް މޮޅުވެއްޖެ ނަމަ، އެ ޓީމަށް ތާވަލްގެ ތިން ވަނަ އަށް ޖެހިލެވޭނެ އެވެ.
މި ސީޒަންގައި މިހާތަނަށް މާޒިޔާ އަތުން ބަލިނުވެ އޮތް ހަމައެކަނި ޓީމަކީ އީގަލްސް އެވެ. މި ދެ ޓީމު މި ސީޒަންގައި މިހާތަނަށް ދެ ފަހަރު ކުރިމަތިލާފައިވާއިރު، އީގަލްސް ވަނީ އެއް މެޗުން މޮޅުވެފަ އެވެ. އެއީ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗެވެ. އަދި ލީގުގައި މި ދެ ޓީމު ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެނެވެ.
ރިސްޓޯ ބުނީ އީގަލްސް އަކީ ރަނގަޅު ޓީމެއް ކަމަށާއި އެ ޓީމު ބަލިކުރުމަކީ ފަސޭހަކަމެއް ނޫން ކަމަށެވެ.
"މިއީ ފަސޭހަ މެޗަކަށް ނުވާނެ. އީގަލްސް އަކީ ރަނގަޅު ޓީމެއް. މެޗަކަށް ފަހު މެޗެއް އެ ޓީމު އެ ދަނީ ރަނގަޅުކުރަމުން. މި މެޗުން މޮޅުވެވޭނީ 100 ޕަސެންޓް ދީގެން." ރިސްޓޯ ބުންޏެވެ.
ލީގުގައި މިރޭ އީގަލްސް އާއި މާޒިޔާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ 21:00ގަ އެވެ.
ރެކޯޑްތަކަކަށް މޯހަން ނުވިސްނާ؛ މިއަދަށް ތައްޔާރު!
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ބިދޭސީ ހަ ކުޅުންތެރިންނަށް ޖާގަ ދޭން ވިސްނަނީ
މާޒިޔާއިން ލީގުގެ އައްޑަނަ އުފުލާލައިފި
ގްރީން ބަލިކޮށް އީގަލްސްއިން މާޒިޔާއާ ކައިރިކޮށްފި
ކްލަބްތަކުން ކުރި މަސައްކަތް އަގުވަޒަނެއް ނުކުރެވޭ
ކޯޗަކު އެއް ކްލަބެއްގައި ދިގުމުއްދަތަކަށް ނުހިފެހެއްޓޭ!
ޓާނާ ޖެހި ގޯލާއެކު މާޒިޔާއިން އީގަލްސް ބަލިކޮށްފި
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ
ދިވެހި ލީގުގައި 100 ލަނޑު ހަމަކޮށް ރިޒޭއަށް ރެކޯޑް