Roadha Mihaaru
ކާންޔޭ، ކިމް ވައްތަރު ޖަހާ އެހެން އަންހެނަކާ އެކު

ކާންޔޭ، ކިމް ވައްތަރު ޖަހާ އެހެން އަންހެނަކާ އެކު

27 ފެބުރުއަރީ 2022

އެމެރިކާގެ ރެޕް އާޓިސްޓް ކާންޔޭ ވެސްޓްގެ އާ ލޯބިވެރިޔާ، އޭނާގެ ކުރީގެ އަންހެނުން ކިމް ކަޑޭޝިއަންއާ ވަރަށް ވައްތަރު ކަމަށް މީހުން ކިޔަން ފަށައިފި އެވެ.

އެމެރިކާގެ ރެޕް އާޓިސްޓް ކާންޔޭ ވެސްޓްގެ އާ ލޯބިވެރިޔާ، އޭނާގެ ކުރީގެ އަންހެނުން ކިމް ކަޑޭޝިއަންއާ ވަރަށް ވައްތަރު ކަމަށް މީހުން ކިޔަން ފަށައިފި އެވެ.

ކާންޔޭ މިހާރު ރައްޓެހިވެގެން އުޅެނީ އެކްޓަރެއް، މޮޑަލްއެއް އަދި ސޯޝަލް މީޑިއާ އިންފްލުއެންސާއެއް ކަމަށްވާ ޗޭނީ ޖޯންސްއާ އެވެ.

ކާންޔޭ އާއި ޗޭނީ އެކުގައި މަގުމަތީގައި އުޅޭ ފޮޓޯތަކެއް ސޯޝަލް މީޑިއާ އަށް ތިލަވަމުން ގިނަ ބަޔަކު ކިޔަން ފެށީ ޗޭނީ، ކިމްއާ ވަރަށް ވައްތަރު ކަމަށެވެ. ކާންޔޭގެ އަތުން ކިމް ބީވެގެން ދިޔައީމަ، އެކަމުގެ ހިތާމައިގައި ހަމަ ކިމް ވައްތަރު ޖަހާ އެހެން މީހަކު އޭނާ ހޯދީ ކަމަށެވެ. އަދި އެކަން ކުރަނީ ޖިމް އަށް ޖެއްސުމަކަށް ކަމަށް ވެސް ބައެއް މީހުން ބުނެ އެވެ.

މިފަހުން ޚަބަރުތަކުގެ ފަލަ ސުރުހީތަކަށް ކާންޔޭ ނާރާ ދުވަހެއް ވަރަށް މަދެވެ. ކާންޔޭ އަށް ހާއްސަ ސަމާލުކަމެއް ލިބިފައި ވަނީ އޭނާ ގާތުން ވަރިވާން ކިމް ކޯޓަށް މައްސަލަ ހުށަހެޅި ފަހުން ސޯޝަލް މީޑިއާގައި ކިމް އަށް އޭނާ ކުރަމުންދާ ޖެއްސުންތަކާ ގުޅިގެންނެވެ.

ކާންޔޭގެ އުނދަގޫ ބޮޑުވެ، ކިމްގެ އާ ލޯބިވެރިޔާ ޕީޓް ޑޭވިޑްސަން ވެސް މިހާރު ވަނީ ސޯޝަލް މީޑިއާ ދޫކޮށްލައިފަ އެވެ.