Roadha Mihaaru
ކާންޔޭ ގެއްލުނީ ސިއްރުން ކައިވެނިކުރަން؟

ކާންޔޭ ގެއްލުނީ ސިއްރުން ކައިވެނިކުރަން؟

16 ޖެނުއަރީ 2023

ނިމުނު އަހަރު ވެގެންދިޔައީ މަޝްހޫރު ރެޕަރު، އަދި ވިޔަފާރިވެރިޔާ ކާންޔޭ ވެސްޓަށް ވަރަށް ހިތި ތަޖުރިބާތަކެއް ކުރަން ޖެހުނު އަހަރަކަށެވެ. ބޮޑެތި ބްރޭންޑް ޑީލްތަކާއި ސްޕޮންސަރުން ގެއްލި، މީހުންގެ މެދުގައި އޭނާގެ އަގުވެއްޓި، އެތައް ފަހަރެއްގެ މަތިން "ހޫނުފެނަށް" ވެއްޓުނެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ނިމުނު އަހަރު ވެގެންދިޔައީ މަޝްހޫރު ރެޕަރު، އަދި ވިޔަފާރިވެރިޔާ ކާންޔޭ ވެސްޓަށް ވަރަށް ހިތި ތަޖުރިބާތަކެއް ކުރަން ޖެހުނު އަހަރަކަށެވެ. ބޮޑެތި ބްރޭންޑް ޑީލްތަކާއި ސްޕޮންސަރުން ގެއްލި، މީހުންގެ މެދުގައި އޭނާގެ އަގުވެއްޓި، އެތައް ފަހަރެއްގެ މަތިން "ހޫނުފެނަށް" ވެއްޓުނެވެ.

ކާންޔޭގެ އަޑިއަޅާލުން ފެށުނީ އޭނާގެ ހަތް އަހަރުވީ ކައިވެނި ރޫޅި، މަޝްހޫރު އިންފްލުއެންސާ ކިމް ކާޑޭޝިއަން ވަރިކުރި ހިސާބުންނެވެ. އެ ދެ މީހުންގެ ހަތަރު ދަރިން ވެސް ތިބެ އެވެ.

ކާންޔޭ ގާތުން ވަރިވުމަށް ފަހު ދުވަސްކޮޅެއް ފަހުން ކިމް ރައްޓެހިވި ޕީޓް ޑޭވިޑްސަން އަށް ގިނަ ފާޑުކިއުންތަކެއް އިންޓަވިއުތަކުގައި އަދި އިންސްޓަގްރާމުގައި ކާންޔޭ އައީ ކިޔަމުންނެވެ. އަދި އޭނާ ވަނީ ޓްވިޓާއިން ވެސް ދެ ފަހަރެއްގެ މަތިން ބޭންކޮށްފަ އެވެ.

ކާންޔޭ އާއި ކިމް އަދި އެ މީހުންގެ ތިން ދަރިންނާ އެކު

ކާންޔޭ އާއި ކިމް އަދި އެ މީހުންގެ ތިން ދަރިންނާ އެކު

އޭގެ ފަހުން އޭނާގެ އަމިއްލަ ބޫޓް ބްރޭންޑް، "ޔީޒީ" އާ އެކު އެޑިޑަސް ކުންފުނިން ހަދާފައި އޮތް ބްރޭންޑް ޑީލް ގެއްލި، ބިލިއަނެއްހާ ޑޮލަރުގެ ގެއްލުންވީ، އޭނާ އިންޓަވިއުއެއްގައި ހިޓްލަރަށް ތައުރީފުކުރި ހިސާބުންނެވެ.

ކާންޔޭ ވަނީ 2016 ވަނަ އަހަރު ބައިޕޯލާ ޑިސްއޯޑާ އަށް ޑައިގްނޯސްކޮށްފަ އެވެ. ނަމަވެސް، އެއީ އެ ބައްޔާހެދި މީހަކު އުޅޭނެ ގޮތެއް ނޫންކަމަށް މީހުން އަންނަނީ ބުނަމުންނެވެ.

ކާންޔޭ އަދި އޭނާގެ އާ އަންހެނުންު ބިއަންކާ ސެންސޮރީ

ކާންޔޭ އަދި އޭނާގެ އާ އަންހެނުންު ބިއަންކާ ސެންސޮރީ

އެ ހުރިހާ ކަމަކާ އެކު މިދިޔަ އަހަރު ނިމުނީ ކާންޔޭ ގެއްލިގެން އުޅޭ ވާހަކަތަކާ އެކު އެވެ. ދުވަސްތަކެއް ވަންދެން ހަބަރެއް ނުވެ އުޅުމަށް ފަހު ދެން އިވުނީ އޭނާ ސިއްރުން އެހެން އަންހެނަކާ ކައިވެނި ކުރި ވާހަކަ އެވެ.

އޭނާ އަކީ ސިއްރުން އެފަދަ ކަމެއް ކޮށްފާނެ މީހެއްކަމަކަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެ އެވެ. ނަމަވެސް، ކާންޔޭ އޭނާގެ ޔީޒީ ބްރޭންޑްގެ ޑިޒައިނަރެއް ކަމަށްވާ ބިއަންކާ ސެންސޮރީއާ ކައިވެނިކުރި ކަމަށް ބޭރުގެ ގިނަ މީޑިއާތަކުން އަންނަނީ ޔަގީންކުރަމުންނެވެ.

ކާންޔޭ އަދި އޭނާގެ އާ އަންހެނުންު ބިއަންކާ ސެންސޮރީ

ކާންޔޭ އަދި އޭނާގެ އާ އަންހެނުންު ބިއަންކާ ސެންސޮރީ

ކައިވެނީގެ ކުރިން ކާންޔޭ ގިނަ އިޝާރާތްތައް ވެސް އައީ ދެމުންނެވެ. އެގޮތުން، މިދިޔަ ޑިސެމްބަރު މަހު އޭނާ ވަނީ "ސެންސޮރީ އޯވާލޯޑް" ކިޔާ ލަވަޔެއް ވެސް ނެރެފަ އެވެ.