Roadha Mihaaru
ކިމްގެ ދޮށީ ދެ ދަރިން ފިލްމަކަށް

ކިމްގެ ދޮށީ ދެ ދަރިން ފިލްމަކަށް

31 ޖެނުއަރީ 2023

ކިމް ކާޑޭޝިއަން އާއި ކުރީގެ ފިރިމީހާ ކާންޔޭ ވެސްޓްގެ އެންމެ ދޮށީ ދަރި ނޯތު ވެސްޓާއި އޭގެ ހަގަށް ހުންނަ ސެއިންޓް ވެސްޓަށް ފުރަތަމަ ފަހަރަށް ފިލްމަކުން ޖާގަ ލިބިއްޖެ އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ކިމް ކާޑޭޝިއަން އާއި ކުރީގެ ފިރިމީހާ ކާންޔޭ ވެސްޓްގެ އެންމެ ދޮށީ ދަރި ނޯތު ވެސްޓާއި އޭގެ ހަގަށް ހުންނަ ސެއިންޓް ވެސްޓަށް ފުރަތަމަ ފަހަރަށް ފިލްމަކުން ޖާގަ ލިބިއްޖެ އެވެ.

ކިމްގެ ދޮށީ ދެ ދަރިން ސިނަމާގެ ސްކްރީނަށް ފުރަތަމަ ފަހަރަށް އައުމަށް ހަމަޖެހިފައި ވަނީ މި އަހަރު ނިކުންނަ "ޕޯ ޕެޓްރޮލް: ދަ މައިޓީ މޫވީ" އެނިމޭޓެޑް ފިލްމު ނުވަތަ ކާޓޫނުގެ ވޮއިސް އެކްޓަރުންގެ ގޮތުގަ އެވެ.

އެ ކާޓޫނު ތައްޔާރުކޮށްފައި ވަނީ ކުޑަކުދިންގެ މެދުގައި މަގްބޫލުކަން ހޯދާފައިވާ ކާޓޫން ސީރީޒް "ޕޯ ޕެޓްރޯލް" އަށް ބިނާކޮށެވެ. މިއީ "ޕޯ ޕެޓްރޮލް" ގެ ދެވަނަ ފިލްމެވެ.

އުމުރުން ނުވަ އަހަރުގެ ނޯތު އެ ކާޓޫނުގައި މަސައްކަތްކުރާނީ އޭނާގެ މަންމައާ އެކު އެވެ. "ޕޯ ޕެޓްރޮލް" ސީކުއެލްގައި ޑޮލޯރެސްގެ ކެރެކްޓަރުގެ އަޑު އަޅާފައި ވަނީ ކިމް އެވެ. އޭގެ އިތުރުން، ހަތް އަހަރުގެ ސެއިންޓްގެ ކެމިއޯއެއް ވެސް އެ ކާޓޫނުގައި ފެންނާނެ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ. އެއީ އެ ދެ ކުދިންނަށް ރަސްމީ ފިލްމަކުން ކްރެޑިޓް ލިބޭ ފުރަތަމަ ފަހަރެވެ.

ކިމް އާއި ނޯތު (ކ) އަދި ސެއިންޓް (ވ)

ކިމް އާއި ނޯތު (ކ) އަދި ސެއިންޓް (ވ)

މީގެ ކުރިން ނޯތާއި ސެއިންޓު ފެނުނީ ކާޑޭޝިއަން އާއިލާގެ ރިއަލިޓީ ޝޯ، "ކީޕިން އަޕް ވިތު ދަ ކާޑޭޝިއަން" އިންނެވެ.

ކިމްގެ އިތުރުން އެ ކާޓޫނުގެ ކެރެކްޓާއިންނަށް އަޑު އަޅާފައިވާ ހޮލީވުޑްގެ ނަން މަޝްހޫރު ގިނަ އެކްޓަރުން ފާހަގަކޮށްލެވެ އެވެ. އޭގެ ތެރޭގައި، ކްރިސްޓަން ބެލް، މްކެނާ ގްރޭސް، ސެރީނާ ވިލިއަމްސް އަދި ޓާރާޖީ ޕ. ހެންޑަސަން ފަދަ އެކްޓަރުން ހިމެނެ އެވެ.

ކިމްގެ ދަރިންނަކީ "ޕޯ ޕެޓްރޮލް" ސީރީޒާ ވަރަށް ގަޔާވާ ކުދިންތަކެކެވެ. ކިމްގެ ފުރަތަމަ "ޕޯ ޕެޓްރޮލް" ކާޓޫންގެ ކާމިޔާބީ ފާހަގަކުރަން އޭނާގެ ހަތަރު ދަރިންނާ އެކު ވަނީ އެ ފިލްމުގެ ޕްރައިވެޓް ޝޯއެއް އަޅުވައިފަ އެވެ.

އޮންލައިން ކޮންޓެންޓް އުފެއްދުމުގައި ކިމްގެ ހަތަރު ދަރިންނަކީ ފަހަކަށް އައިސް ފާހަގަކޮށްލެވޭ ކުދިންތަކެކެވެ. ހާއްސަަކޮށް، ޓިކްޓޮކްގައި ނޯތު އަދި ކިމްގެ އެކައުންޓުން ތަފާތު، މަޖާ، އަދި ހިތްގައިމު ވީޑިއޯތައް ފެނިގެންދެ އެވެ. ދާދި ފަހުން ވަނީ ނޯތު އޭނާގެ ކޮއްކޮމެންނާ އެކު މިލްކް ޝޭކް ގިރާ ވީޑިއޯއެއް ވައިރަލްވެފަ އެވެ.