Roadha Mihaaru
ބެޓްމޭން އަށް ވަރުގަދަ ފެށުމެއް، މޮޅު ރިވިއުތައް

ބެޓްމޭން އަށް ވަރުގަދަ ފެށުމެއް، މޮޅު ރިވިއުތައް

02 މާޗް 2022

ރޮބާޓް ޕެޓިންސަން ލީޑް ރޯލުން ފެންނަ "ބެޓްމޭން"ގެ އާ ފިލްމަށް ކްރިޓީކުން ތައުރީފު އޮއްސާލައިފި އެވެ.

އަހްމަދު ޖައިޝަން އަހްމަދު ޖައިޝަން

ރޮބާޓް ޕެޓިންސަން ލީޑް ރޯލުން ފެންނަ "ބެޓްމޭން"ގެ އާ ފިލްމަށް ކްރިޓީކުން ތައުރީފު އޮއްސާލައިފި އެވެ.

ސިނަމާތަކަށް ނެރުމުގެ ކުރިން ފިލްމު ރިވިއުކުރާ މީހުންނަށް އަންނަނީ ބެޓްމޭން ދައްކަމުންނެވެ. ޑީސީގެ އެންމެ އައިކޮނިކް އެއް ކެރެކްޓަރު ބެޓްމޭން، މުޅިން ތަފާތު ތީމަކުން މި ފިލްމުގައި ގެނެސްދޭ އިރު، އެތައް ބައެއްގެ އުއްމީދުތަކެއް މި ފިލްމަށް އެބަ އޮތެވެ.

ބެޓްމޭންގެ ބްރޫސް ވޭންގެ ރޯލު، ޕެޓިންސަން ގެނެސްދީފައި ވަނީ ވަރަށް ފުރިހަމަ އަށް ކަމަށް ގިނަ ކްރިޓިކުން އެއްބަސްވެ އެވެ.

ބެޓްމޭންގެ އާ ފިލްމު މި ހަފުތާ ބަންދުގައި އެޅުވުމަށް ވަނީ ތައްޔާރުވެފަ އެވެ. އަދި ރިވިއުތަކާ އެކު ފިލްމަށް އޮތް ހައިޕް އިތުރަށް ވަނީ ބޮޑުވެފަ އެވެ.

މީގެ ކުރިން ވެސް އެކި އެކްޓަރުންނާ އެކު ބެޓްމޭންގެ ތަފާތު އެކި ފިލްމުތައް ނެރެފައިވެ އެވެ. އެކަމަކު މިފަހަރުގެ ބެޓްމޭން ފިލްމަކީ ސުޕަހީރޯ ފިލްމަކަށް ވުރެ ބޮޑަށް މިސްޓްރީ ފިލްމަކަށް ވާނެ ކަމަސް މީގެ އުފެއްދުންތެރިން ބުނެ އެވެ.

މީގެ ކުރިން އެންމެ ބޮޑު މަގުބޫލުކަމެއް ލިބުނު ބެޓްމޭންގެ ފިލްމަކީ ބެން އެފްލެކް އާއި ހީތު ލެޖާ ފެނުނު "ޑާކް ނައިޓް" އެވެ. ކްރިޓީކުން ބުނާ ގޮތުގައި ޑާކް ނައިޓް އަށް ވުރެ އާ ބެޓްމޭން ފިލްމު "ޑާކް" ވާނެ އެވެ.

ރޮބާޓް ޕެޓިންސަންގެ އިތުރުން މި ފިލްމުން ދެން ފެންނާނީ ޒޯއީ ކްރެވިޓްސް އާއި ކޮލިން ފެރަލްގެ އިތުރުން ޖެފްރީ ރައިޓްސް އެވެ.