ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ އިން ދިފާއުވުމަށް އެ ގައުމުގެ ސިފައިން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން، އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން ދޭ އަސްކަރީ އެހީތައް، ސިއްރު މަގަކުން ޔޫކްރޭނަށް ފޮނުވަން ފަށައިފި އެވެ.
ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ އިން ދިފާއުވުމަށް އެ ގައުމުގެ ސިފައިން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން، އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން ދޭ އަސްކަރީ އެހީތައް، ސިއްރު މަގަކުން ޔޫކްރޭނަށް ފޮނުވަން ފަށައިފި އެވެ.
އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން ޔޫކްރޭނަށް ފޮނުވާ އަސްކަރީ އެހީގެ ސާމާނު އެ ގައުމަށް އެތެރެ ކުރަނީ، އެ ގައުމާ އިންވެގެން އޮތް ގައުމެއްގައި އޮތް ސިއްރު އަސްކަރީ ވައިގެ ބަނދަރެއްގެ ޒަރީއާއިންނެވެ. އެ މަސައްކަތް ހިނގަމުންދާ ގޮތް ބެލުމަށް އެމެރިކާގެ ޗެއާމަން އޮފް ދަ ޖޮއިންޓް ޗީފްސް އޮފް ސްޓާފް ޖެނެރަލް މާކް މިލޭ، މިދިޔަ ހަފުތާގައި އެ ވައިގެ ބަނދަރަށް ވަޑައިގެންނެވި އެވެ.
އެމެރިކާގެ ދިފާއީ ވުޒާރާ އިން ބުނި ގޮތުގައި ޔޫކްރޭނަށް ފޮނުވާ އަސްކަރީ އެހީގެ ސާމާނު ހިފައިގެން ކޮންމެ ދުވަހަކު ވެސް އެ ވައިގެ ބަނދަރަށް 17 މަތިންދާބޯޓު ދަތުރުކުރެ އެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ ކޮން ސަރަހައްދެއްގައި އޮތް ވައިގެ ބަނދަރެއް ކަން އެމެރިކާ ސަރުކާރުން ނުބުނެ އެވެ.
އެ ވައިގެ ބަނދަރު މެދުވެރިކޮށް ޔޫކްރޭނަށް ފޮނުވާ އަސްކަރީ ސާމާނުގެ ތެރޭގައި، މިސައިލުން ދިފާއުވުމަށް ބޭނުންކުރާ މިސައިލް ނިޒާމުތައް ވެސް ހިމެނެ އެވެ. އެމެރިކާ ސަރުކާރުން ބުނި ގޮތުގައި ސިއްރު މަގުން ޔޫކްރޭނަށް ފޮނުވާ އަސްކަރީ ސާމާނުތަކަށް، ރަޝިޔާ ސިފައިންގެ ފަރާތުން މިހާތަނަށް އެއްވެސް ހުރަހެއް ނުވަތަ ހަމަލާއެއް ކުރިމައްޗެއް ނުވެ އެވެ.
ނަމަވެސް ރަޝިޔާ ސިފައިން ކުރިއަރަމުން އައިސް އެ ސަރަހައްދާ ކައިރިވާ ވަރަކަށް، އަސްކަރީ ސާމާނު ޔުކްރޭނަށް އެތެރެ ކުރުން ދަތިވެދާނެ ކަމަށް އެމެރިކާ އިން ބުނެ އެވެ.
ހުސްވި ފެބްރުއަރީ މަހުގެ 24 ވަނ ދުވަހު ރަޝިޔާ ސިފައިން ޔޫކްރޭނަށް ދެކޮޅަށް ހަނގުރާމަ ފެށުމާއެކު، ޔޫކްރޭނަށް އަސްކަރީ އެހީގެ ސާމާނު ހިފައިގެން ދަތުރުކުރާ މަތިންދާބޯޓުތަކުގެ ދަތުރުތައް، އިރުމަތީ ޔޫރަޕްގެ ވައިގެ ސަރަހައްދުގައި ވަނީ އިތުރުވެފަ އެވެ. އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން ފޮނުވާ އަސްކަރީ އެހީގެ ސާމާނުތައް ހިފައިގެން ދަތުރުކުރާ މަތިންދާބޯޓުތައް، އެހީގެ ސާމާނުތައް ބާލަނީ، ޔޫކްރޭނާ އިންވެގެން އޮންނަ ނޭޓޯގެ ގައުމަކަށެވެ.
އެއަށް ފަހު ޔޫކްރޭނަށް އެ ތަކެތި އެތެރެކުރަނީ، ޔޫކްރޭނާ ކައިރީގައި އޮންނަ ކުޑަ ވައިގެ ބަނދަރަކަށް އެތަކެތި ޖަމާކުރުމަށް ފަހުގަ އެވެ. މިހާތަނަށް 14 ގައުމަކުން ޔޫކްރޭނަށް އަސްކަރީ ސާމާނު ފޮނުވާފައިވާ ކަމަށް ހުޅަނގުގެ މީޑިއާތަކުން ބުނެ އެވެ.
ރަޝިޔާ ސިފައިންގެ ހަމަކާތަކުގައި ޔޫކްރޭންގެ އިމާރާތެއްގައި ރޯވެ އަނދަނީ. --އޭއެފްޕީ
ޔޫކްރޭނަށް ދިނުމަށް މިދިޔަ ހަފުތާގައި އެމެރިކާ ސަރުކާރުން ކަނޑައެޅި 350 މިލިއަން ޑޮލަރުގެ އަސްކަރީ ސާމާނުގެ ތެރެއިން، މިހާތަނަށް 240 މިލިއަން ޑޮލަރުގެ ސާމާނު ވަނީ ޔޫކްރޭނަށް ފޮނުވާފައި ކަމަށް އެމެރިކާގެ އޮފިޝަލަކު ވިދާޅުވި އެވެ. އަދި އެ އެހީގެ ތެރެއިން ބާކީ ހުރި ސާމާނުތައް ދެތިން ދުވަހުގެ ތެރޭގައި ޔޫކްރޭނަށް ފޮނުވާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
މީގެ 12 ދުވަސް ކުރިން ރަޝިޔާ އިން ފެށި ހަނގުރާމައިގައި ޔޫކްރޭންގެ ވެރިރަށް ކިޔޭވް ހިފުމަށް ރަޝިޔާ ސިފައިން އަންނަނީ ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. ނަމަވެސް ހުޅަނގުގެ ގައުމުތަކުން ފޯރުކޮށްދޭ އަސްކަރީ މަދަދާ އެކު ޔޫކްރޭން ސިފައިން ދެމުންދާ ރައްދު ހަމަލާތަކުގެ ސަބަބުން، ކިޔޭވް ހިފުމުގައި ރަޝިޔާ ސިފައިންނަށް މާބޮޑު ކުރިއެރުމެއް ނުލިބެ އެވެ.
ހަނގުރާމަ ފެށިތާ ތިން ވަނަ ދުވަހު، ރަޝިޔާގެ އަސްކަރީ ބޮޑު ފައުޖެއް ވަނީ ކިޔޭވްއާ ދިމާލަށް މިސްރާބު ޖަހައިފަ އެވެ. ސާޅީސް މޭލު ދިގުމިނަށް އުޅަނދަކާ ޖެހި އުޅަނދެން ސަފު ހަދާލައިގެން ދަތުރުކުރަމުން އައިސް، ޔޫކްރޭން ސިފައިންގެ ރައްދު ހަމަލާތަކުގެ ސަބަބުން ކުރިއެރޭނެ ގޮތެއް ނެތި، މިހާރު އެ ފައުޖު ހުއްޓިފައި އޮންނަތާ ދުވަސްކޮޅެއް ވެއްޖެ އެވެ.
ރަޝިޔާއާ ދެކޮޅަށް އިތުރު ފިޔަވަޅުތައް އަޅަނީ
އުދުހުން މަނާ ސަރަހައްދުން މުޅި ދުނިޔެއަށް ނުރައްކާވާނެ
ނޭޓޯގެ ބޮޑު ހޭދައެއް ޔޫކްރޭން ހަނގުރާމަ އަށް
ޔޫކްރޭނަށް އެފް-16ގެ ބޯޓެއް ނުދޭނަން: ބައިޑެން
ރަޝިޔާގެ ނިއުކްލިއާ ލަޝްކަރުގެ ތަމްރީންތަކެއް ބާއްވައިފި
ޔޫކްރޭން ގަޑުބަޑު ފެށުމުގެ ސިއްރަކީ އެމެރިކާ: ޗައިނާ
މި ގުޅުމަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ރަޝިޔާ: ނޭޓޯ
ރަޝިޔާ އަށް ފޯރާވަރުގެ މިސައިލެއް ނުދޭނަން: ބައިޑެން
ޔޫކްރޭން ލައްވަ ރަޝިޔާއަށް ހަމަލާ ދޭން ނޭޓޯ ތައްޔާރުވި
ރަޝިޔާގެ ދަތިރުކުރުމުގެ ފިޔަވަޅުތައް ފުޅާކޮށްފި