30 ޖޫން 2022
ނޯތު އެޓްލާންޓިކް ޓްރީޓީ އޯގަނައިޒޭޝަން (ނޭޓޯ) އަށާއި ޔޫރަޕާއި އެޓްލާންޓިކް ސަރަހައްދަށް ސީދާ ގޮތެއްގައި ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ، ރަޝިޔާ ކަމަށް އެ ޖަމާއަތުން ތުހުމަތުކޮށްފި އެވެ.
ނޯތު އެޓްލާންޓިކް ޓްރީޓީ އޯގަނައިޒޭޝަން (ނޭޓޯ) އަށާއި ޔޫރަޕާއި އެޓްލާންޓިކް ސަރަހައްދަށް ސީދާ ގޮތެއްގައި ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ، ރަޝިޔާ ކަމަށް އެ ޖަމާއަތުން ތުހުމަތުކޮށްފި އެވެ.
ނޭޓޯގެ ސްޓްރެޓީޖިކް ސިޔާސަތު މުރާޖައާ ކުރުމަށް ފަހު އަލުން އެކުލަވައިލި ސްޓްރެޓީޖީ ތަޞައްވަރުގައި ބުނެފައިވާ ގޮތުން، ރަޝިޔާއަކީ ނޭޓޯގެ ބައިވެރިއެއްގެ ގޮތުގައި ބެލޭކަށް ނެތެވެ. އެހެން ނަމަވެސް، ދެ ފަރާތުގެ މެދުގައި ކުރިމަތިލުމެއް ހިނގިޔަ ނުދިނުމަށްޓަކައި "މޮސްކޯއާ އެކު މުވާޞަލާތުކުރެވޭނެ މަގު ފަހިކޮށްގެން ތިބުމަށް" އުންމީދުކުރާ ކަމަށް ވެސް އެ ތަޞައްވަރުގައި ބުނެފައިވެ އެވެ.
އެގާރަ ސަފްހާގެ މައްޗަށް އެކުލެވޭ އެ ތަޞައްވަރުގައި ބުނެފައިވާ ގޮތުން، ރަޝިޔާ އާއި ޗައިނާއާ ދެމެދު ސްޓްރެޓީޖިކް ގުޅުން ބަދަހިވަމުން ދަނީ، ނޭޓޯ އިން ދަމަހައްޓާ އުސޫލުތަކާއި ނޭޓޯގެ މަސްލަހަތުތަކާ ތައާރަޒުވާ ފަދަ ގޮތަކަށެވެ.
Today, Allies took the historic decision to invite Finland ?? and Sweden ?? to become members of #NATO#NATOSummit | #MadridOTAN22 pic.twitter.com/7y2NUDta3F
— NATO (@NATO) June 29, 2022
މީގެ އިތުރުން، ރަޝިޔާގައި މާ ވަރުގަދަ ނިއުކްލިއާ ހަތިޔާރުތަކެއް ހުރި ކަމަށް، އެ ގައުމުގެ ރައީސް ލަޑިމިއާ ޕުޓިން ދައްކަވަމުން ގެންދަވާ ވާހަކަތަކަށް ވެސް، ނޭޓޯގެ އާ ސިޔާސަތުގައި ރައްދު ދީފައިވެ އެވެ. އެ ސިޔާސަތުގައި ބުނެފައިވަނީ، އެއްވެސް ޤައުމަކުން ނޭޓޯއާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަމަ، އެފަދަ އުދުވާނީ އަމަލެއް ހިންގާ ބަޔަކަށް، ލަފާވެސް ނުކުރެވޭ ފަދަ ގޮތަކަށް ރައްދުދިނުމުގެ ޤާބިލުކަމާއި ހިތްވަރު ނޭޓޯގައި އެބަހުރި ކަމަށެވެ.
ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައާ ވިދިގެން، ނޭޓޯގެ އެއްވެސް ގައުމަކަށް ނުރައްކަލެއް ފޯރިޔަނުދިނުމަށްޓަކައި، ނޭޓޯގެ މެމްބަރު ގައުމުތަކުގެ ސަލާމަތީ ކަންތައް ވަރުގަދަ ކުރުމަށް އެ ޖަމާއަތުން ވަނީ ނިންމައިފަ އެވެ. ނަމަވެސް ދިފާއީ ލަޝްކަރުގެ އިތުރު ސިފައިން ރުކުރުވައިލާނީ ކޮން ގައުމުތަކެއްގައި ކޮން އަދަދަކަށް ކަމެއް ނޭޓޯގެ އާ ސިޔާސަތުގައި ބުނެފައެއް ނެތެވެ.
ޖޫން 29، 2022، މެޑްރިޑް: ނޭޓޯގެ އެންމެ އިސް ވެރިންގެ މަހާސިންތާގައި ބައިވެރިވާ ބައެއް ގައުމުތަކުގެ ވެރިން ގުރޫޕް ފޮޓޯއެއްގައި. -- އޭއެފްޕީ
ޔޫރަޕްގެ އިރުމަތީ ސަރަހައްދަށް ނޭޓޯ ފުޅާ ނުކުރުމަށް ރަޝިޔާ އިން ތަކުރާރުކޮށް އިންޒާރު ދެމުން ދަނިކޮށް، ފިންލޭންޑާއި ސްވިޑްން އިން ހުށަހެޅި ހުށަހެޅުން ބަލައިގަނެ، އެ ޖަމާއަތާ ގުޅުމުގެ އިޖުރާއާތުތައް ފުރިހަމަކުރުމަށް، ނޭޓޯ އިން އިއްޔެ ވަނީ ރަސްމީ ގޮތުން އެ ދެ ގައުމަށް ދައުވަތު ދީފަ އެވެ.
ނޭޓޯ އިން އެކުލަވައިލި ސްޓްރެޓީޖީ އާ ތަސައްވަރުގައި ބުނެފައިވާ ގޮތުން، އެ ޖަމާއަތާ ގުޅެން ބޭނުންވާ ކޮންމެ ގައުމަކަށް، އެކަމުގެ ދޮރު އަބަދުވެސް ހުޅުވާފައި ބަހައްޓާނެ އެވެ. އެ ގޮތުން ބޮސްނިއާ ހެޒްގޮވީނާ އާއި ޖޯޖިއާ އާއި ޔޫކްރޭނާ އެކުގައި ގާތް ގުޅުމެއް ދަމަހައްޓާނެ ކަމަށް އެ ތަސައްވަރުގައި ބުނެފައިވެ އެވެ.
ނޭޓޯގެ މި އަމަލުތަކާ ގުޅޭ ގޮތުން ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އިއްޔެ ވިދާޅުވީ ފިންލޭންޑާއި ސްވިޑްން ނޭޓޯގައި ބައިވެރިކޮށްފިނަމަ، އެ ދެގައުމާއި ރަޝިޔާއާ ދެމެދު ނުތަނަވަސްކަން ނުއުފެދޭނެކަމަށް ބުނަން ވަރަށް ދައްޗެވެ. އަދި އެ ދެ ގައުމުގައި ނޭޓޯގެ އިންފްރާސްޓްރަކްޗާތައް ގާއިމުކޮށްފި ނަމަ، އެކަމަކާ އެންމެ އެކަށޭނަ ގޮތަކަށް ރަޝިޔާ އިން ރައްދު ދޭނެ ކަމަށް ވެސް ޕުޓިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފިންލޭންޑާއި ސްވިޑްން ނޭޓޯގައި ބައިވެރިވުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް، ނޭޓޯގެ ގައުމުތަކުގެ ވެރިންގެ މަގްސަދަކީ، އެމީހުންގެ ބާރާއި ހައިބަތާއި ނުފޫޒު، އިރުމަތީ ޔޫރަޕްގައި ފަތުރަން ކަމަށް ވެސް ޕުޓިން ވިދާޅުވި އެވެ.
އެމެރިކާގެ އަސްކަރީ ބާރު މުޅި ޔޫރަޕަށް ފަތުރާލަނީ
ރަޝިޔާއާ ދެކޮޅަށް އިތުރު ފިޔަވަޅުތައް އަޅަނީ
ޔޫކްރޭންގައި އެމެރިކާ އާއި ރަޝިޔާގެ ހަނގުރާމައެއް!
ވިލާތުގެ އަސްކަރީ އެހީ ސިއްރު މަގަކުން ޔޫކްރޭނަށް
އުދުހުން މަނާ ސަރަހައްދުން މުޅި ދުނިޔެއަށް ނުރައްކާވާނެ
ޔޫކްރޭންގެ ސުލްހައިގެ ޕްލޭނަށް ސައޫދީގައި މަޝްވަރާކުރަނީ
ހުރިހާ ވަސީލަތަކުން ހުޅަނގަށް ރައްދު ދޭނަން: ރަޝިޔާ
ތިން ވަނަ ބޮޑުހަނގުރާމަ ވަރަށް ކައިރިވެއްޖެ: ރަޝިޔާ
ނޭޓޯ ހަނގުރާމައަށް ވަންނަނީތޯ ސުވާލު އުފެދޭ: ރަޝިޔާ
ޕުޓިންގެ ނިއުކްލިއާ ވާހަކަތައް ނޭޓޯއިން ކުށްވެރިކޮށްފި