Roadha Mihaaru
އެސްޓީއޯ އިން ހިއްސާއަކަށް 65ރ. ބަހަން ނިންމައިފި

އެސްޓީއޯ އިިން ހިއްސާއަކަށް 65ރ. ބަހަން ނިންމައިފި

13 މެއި 2022

އެސްޓީއޯގެ ހިއްސާއަކަށް 65ރ. ބަހަން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެސްޓީއޯގެ ހިއްސާއަކަށް 65ރ. ބަހަން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ.

މިއީ މިދިޔަ އަހަރުގެ ހިއްސާގެ އަގަށް ވުރެ ފަސް ރުފިޔާ އިތުރު އަދަދެކެވެ.

އެސްޓީއޯ އަށް މިދިޔަ އަހަރު 478 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވެ އެވެ. މިއީ މިދިޔަ ތިން އަހަރު ތެރޭގައި އެ ކުންފުންޏަށް އެންމެ ބޮޑު ފައިދާއެއް ލިބުނު އަހަރެވެ.

މިދިޔަ އަހަރު ލިބުނު ފައިދާ، އޭގެ ކުރީ އަހަރަށް ވުރެ ގާތްގަނޑަކަށް 120 މިލިއަން ރުފިޔާ އިތުރެވެ. އެސްޓީއޯ އަށް 2019 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 300 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މިދިޔަ އަހަރުގެ އާމްދަނީއަކީ 10.1 ބިލިއަން ރުފިޔާ ކަމަށް ވާއިރު، އެ އަހަރު އެންމެ ބޮޑު އާމްދަނީއެއް ހޯދި ތެލުގެ ވިޔަފާރިން 7.1 ބިލިއަން ރުފިޔާ އެސްޓީއޯ އަށް ލިބިފައި ވެ އެވެ.