Roadha Mihaaru
މަރުވެފައިވާ ރިޝީގެ ފަހުގެ ފިލްމު މި މަހު ނެރެެނީ

މަރުވެފައިވާ ރިޝީގެ ފަހުގެ ފިލްމު މި މަހު ނެރެެނީ

10 މާޗް 2022

ކެންސަރަށް ފަރުވާކުރަމުން އަންނަނިކޮށް މަރުވި ބޮލީވުޑްގެ އެކްޓަރު ރިޝީ ކަޕޫރް މަރުވުމުގެ ކުރިން ކުޅުނު އޭނާގެ އެންމެ ފަހު ފިލްމު ނެރޭނެ ދުވަސް އިއުލާންކޮށްފި އެވެ.

ކެންސަރަށް ފަރުވާކުރަމުން އަންނަނިކޮށް މަރުވި ބޮލީވުޑްގެ އެކްޓަރު ރިޝީ ކަޕޫރް މަރުވުމުގެ ކުރިން ކުޅުނު އޭނާގެ އެންމެ ފަހު ފިލްމު ނެރޭނެ ދުވަސް އިއުލާންކޮށްފި އެވެ.

ޑައިރެކްޓަރު ރިތޭޝް ބާޓިއާގެ "ޝަރްމާޖީ ނަމްކީން" ނެރޭ ދުވަސް އާންމުކޮށް އެމެޒަން ޕްރައިމް ވީޑިއޯ އިން ކުރި ޕޯސްޓުގައި ވަނީ މި މަހު 31 ގައި އެ ފިލްމު ޕްރިމިއާ ކުރާނެ ކަމަށް ބުނެފަ އެވެ. އެކްސެލް އެންޓަޓެއިންމަންޓްގެ ދަށުން ނެރޭ އެ ފިލްމުގައި ރަންބީރު ކަޕޫރްގެ ބައްޕަ، ރިޝީގެ އިތުރުން ޕަރޭޝް ރަވަލް އާއި ޖޫހީ ޗާވްލާ ފަދަ ތަރިން ވެސް ފެންނާނެ އެވެ.

ޕްރައިމް ވީޑިއޯގެ ކޮންޓެންޓް ލައިސެންސިންގެ ހެޑް މަނީޝް މެންގާނީ ބުނީ އެއީ ބެލުންތެރިން މުނިފޫހިފިލާނެ ވަރުގެ ސަޅި ފިލްމަކަށް ވާނެ ކަމަށެވެ. އަދި އެ ފިލްމު ހާއްސަ ވަނީ އެއީ ފިލްމީ ދާއިރާގައި ކުޅަދާނަ ހުނަރުތައް ދައްކާލި ރިޝީ އަށް ދޭ ޓްރިބިއުޓަކަށް ވާތީ ކަމަށް އޭނާ ބުންޏެވެ. އެ ފިލްމުގައި ރިޝީއާ އެކު ދެން ފެންނާނެ ލެޖެންޑަކީ ޕަރޭޝް ކަމަށާއި އެ ދެ ތަރިން ވެސް ވަނީ ވަރުގަދަ ހުށަހެޅުންތަކެއް ގެނެސްދީފައި ކަމަށް އޭނާ ބުންޏެވެ.

ސެޕްޓެމްބަރު 2018 އިން ފެށިގެން އެމެރިކާގެ ނިއު ޔޯކްގައި އަހަރެއް ވަންދެން ކެންސަރަށް ފަރުވާ ހޯދުމަށް ފަހު ރިޝީ އެނބުރި އިންޑިއާގައި ދިޔަ ފަހުން ވެސް އުޅުނީ ވަރަށް ބަލިވެ އެވެ. އެކަމަކު އޭރު ވެސް ފިލްމީ މަސައްކަތަށް ނިކުތީ "ޝަރްމާޖީ ނަމްކީން" އަށް އޭނާ ސޮއިކޮށްފައި އޮތުމުންނެވެ. އޭނާ މަރުވީ ފިލްމުގެ މަސައްކަތްތަށް ނިމުނު ފަހުންނެވެ.