Roadha Mihaaru
ޓީމު ތައްޔާރު، މުބާރާތަށް ކުރެވޭ އުއްމީދު ބޮޑު: ކޯޗު

ޓީމު ތައްޔާރު، މުބާރާތަށް ކުރެވޭ އުއްމީދު ބޮޑު: ގައުމީ ކޯޗު

21 ޑިސެމްބަރ 2016

މާދަމާ ބަންގްލަދޭޝްގައި ފަށާ އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ރާއްޖޭގެ ގައުމީ ޓީމު އޮތީ ފުރިހަމަ އަށް ތައްޔާރުވެފައިކަމަށާއި ޓީމުގެ ޓާގެޓް ކަމަށްވާ ރަން މެޑެއްޔަށް ކުރެވޭ އުއްމީދު ބޮޑު ކަމަށް ކޯޗު ސްރީ ލަންކާގެ ކުމާރް ވެންޑަކޫން (ސިސިރާ ކުމާރު) ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މާދަމާ ބަންގްލަދޭޝްގައި ފަށާ އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ރާއްޖޭގެ ގައުމީ ޓީމު އޮތީ ފުރިހަމަ އަށް ތައްޔާރުވެފައިކަމަށާއި ޓީމުގެ ޓާގެޓް ކަމަށްވާ ރަން މެޑެއްޔަށް ކުރެވޭ އުއްމީދު ބޮޑު ކަމަށް ކޯޗު ސްރީ ލަންކާގެ ކުމާރް ވެންޑަކޫން (ސިސިރާ ކުމާރު) ބުނެފި އެވެ.

މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޑާކާގައި ބޭއްވި ފުރަތަމަ ފަރިތަކުރުންތަކަށް ފަހު ވެންޑަ ކޫން ބުނީ އޭނާ ހަވާލުވި ފަހުން ޓީމުގެ ފަރާތުން މިއަދާ ހަމައަށް ވަރަށް ބޮޑު ކުރިއެރުމެއް ފެނިފައިވާ ކަމަށެވެ.

"އަހަރެން ހަވާލުވިއިރު ވެސް އެނގޭ މި ކުޅުންތެރިންގެ ހުނަރު އެބަހުރިކަން. ގައުމީ މުބާރާތުގައި މި ކުޅުންތެރިންގެ މެޗުތައް އަހަރެން ދުށިން. އެ މުބާރާތުގައި ކުޅުންތެރިން ރަނގަޅު ކުރަންޖެހޭ ކަންތައްތައް ފާހަގަކޮށް ހާއްސަކޮށް އެ ކަންތައްތައް ރަނގަޅު ކުރަން ޓްރެއިނިން ކޭމްޕްގެ ބޭނުން ހިފީ،" ވެންޑަކޫން ބުންޏެވެ.

"މިއި މި ވަގުތަށް ބަލާއިރު ރާއްޖޭން ނެގޭނެ އެންމެ ފުރިހަމަ ގައުމީ ޓީމު. ކުޅުންތެރިންނަށް ބަލާއިރު ތަފާތު ސްޓައިލްގެ ހުނަރުވެރިން އެބަތިބި."

މި މުބާރާތުގައި އެންްމެ ފަހުން ފަހަރު ރާއްޖެ ބަލިވީ ފައިނަލުގައި ތުރުކަމަނިސްތާން އަތުންނެވެ. މި ފަހަރުގެ މުބާރާތުގައި ތުރުކަމަނިސްތާން ވާދަނުކުރާއިރު، ރާއްޖެ އަށް ރަން މެޑެއްޔެއް ލިބޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ވެންޑަކޫން ބުންޏެވެ.

އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕަށް ގައުމީ ޓީމުން ބަންގްލަދޭޝްގައި ބޭއްވި ފުރަތަމަ ފަރިތަކުރުންތަކުގެ ތެރެއިން. --- ފޮޓޯ: މިހާރު

އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕަށް ގައުމީ ޓީމުން ބަންގްލަދޭޝްގައި ބޭއްވި ފުރަތަމަ ފަރިތަކުރުންތަކުގެ ތެރެއިން. --- ފޮޓޯ: މިހާރު

"އަހަރެން ސްރީލަންކާ ޓީމާ އެކު ގިނަ ކާމިޔާބީތަކެއް ހޯދައިފިން. މިއީ އަހަރެން ލަންކާ ނޫން ޓީމެއް ގޮވައިގެން ނުކުންނަ ފުރަތަމަ ފަހަރު ކަމަށް ވިޔަސް ކޮންމެ ދިވެއްސެކޭ އެއްގޮތަށް އަހަރެންގެ ވެސް އެބައޮތް ޓާގެޓެއް. އެއީ ރަން މެޑެއްޔެއް. އެ ނޫން ގޮތަކަށް ފަރުޖައްސާލަން އަހަރެން ވެސް ބޭނުމެއް ނޫން،" ލަންކާ ގައުމީ ޓީމަށް ކުރިން ކޯޗުކޮށްދިން ވެންޑަކޫން ބުންޏެވެ.

އޭނާ ބުނީ މުބާރާތުގެ ފުރަތަމަ މެޗުން ފެށިގެން ކުޅުންތެރިން މިހާރު ކުރަމުން އަންނަ މަސައްކަތުގެ ދެ ގުނަ ކުރަން ޖެހޭނެ ކަމަށެވެ.

"މި ޓީމުގެ ކޮންމެ ކުޅުންތެރިޔަކީ ވެސް ވަރަށް ބުރަކޮށް ޓީމަށްޓަކައި މަސައްކަތް ކުރާ ކުޅުންތެރިޔެއް. މިއަދާ ހަމައަށް އަހަރެމެން ޓީމެއްގެ ގޮތުގައި ކުރި މަސައްކަތް މުބާރާތުގެ ފުރަތަމަ މިނިޓުން ފެށިގެން ދެ ގުނައަށް ކުރަން ޖެހޭ،" ވެންޑަކޫން ބުންޏެވެ.

ޓީމުގެ މެނޭޖްމަންޓާއި ކުޅުންތެރިން އަދި ވޮލީބޯލް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ދެމުން އަންނަ އެހީތެރިކަމަށް ޝުކުރުއަދާކުރާ ކަމަށް އޭނާ ބުންޏެވެ.

މި ފަހަރުގެ މުބާރާތުގައި ވާދަކުރަނީ ފަސް ގައުމަކުންނެވެ. އެއީ ރާއްޖެ އާއި ބަންގްލަދޭޝް، ކިރްގިސްތާން، އަފްގާނިސްތާން އަދި ނޭޕާލް އެވެ. މިދިޔަ ފަހަރުގެ ފުރަތަމަ މެޗުން ރާއްޖެ ބަލިވީ ބަންގްލަދޭޝް އަތުންނެވެ.