ޕާކްކުރަން ދަތިވާ ގޮތަށް މާލޭގެ އެކި މަގުތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައިވާ ޕެލެޓްތައް ނަގަން ފަށަން ސިޓީ ކައުންސިލުން ދެ ތާރީހެއް ކަނޑައެޅި ނަމަވެސް އެކަން ނުކުރެވި އަނެއްކާވެސް ލަސްވެއްޖެ އެވެ.
14 މާޗް 2022
ޕާކްކުރަން ދަތިވާ ގޮތަށް މާލޭގެ އެކި މަގުތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައިވާ ޕެލެޓްތައް ނަގަން ފަށަން ސިޓީ ކައުންސިލުން ދެ ތާރީހެއް ކަނޑައެޅި ނަމަވެސް އެކަން ނުކުރެވި އަނެއްކާވެސް ލަސްވެއްޖެ އެވެ.
ގަރާޖާއި ގުދަނާއި ފިހާރަތައް ހިންގާ ފަރާތްތަކަށް ފުރުސަތު ދިނުމަށް ފަހު، މާލޭގެ އެކި މަގުތަކުގައި ބަހައްޓާފައިވާ ޕެލެޓްތައް ނަގަން ސިޓީ ކައުންސިލުން އެންމެ ފުރަތަމަ ނިންމީ މިދިޔަ ހަފުތާގެ ބުދަ ދުވަހު އެވެ. އެކަމަކު، ފަހުން މިދިޔަ ހޮނިހިރު ދުވަހަށް އެ ކަން ފަސްކުރި އެވެ. އެ މުއްދަތު ފާއިތުވެ ދެ ދުވަސްވީރު ވެސް ކައުންސިލަށް ނަތީޖާއެއް ނުނެރެވުނެވެ.
އަދި އެ ކަން ފެށުން ލަސްވާ ސަބަބު ހޯދަން "މިހާރު" އިން މަސައްކަތް ކުރިޔަސް ސިޓީ ކައުންސިލުން މިހާތަނަށް ވަކި ޖަވާބެއް ނުދެ އެވެ.
މަގެއްގެ މަތީގައި ޕެލެޓް ބަހައްޓާފައި: މިއީ އާންމުންގެ ޝަކުވާ ބޮޑު މައްސަލައެއް.-- ފައިލް ފޮޓޯ: ނިޝާން އަލީ / މިހާރު
ގަރާޖު، ގުދަން، ވޯކްޝޮޕް އަދި ފިހާރަ ފަދަ ތަންތަނުގެ ކުރިމަތީގައި ޕެލެޓް ބަހައްޓައިގެން ޕާކިން ޒޯންތައް ބްލޮކްވާ ގޮތަށް މަސައްކަތް ކުރަމުންދާ ފަރާތްތަކުން ހުށަހެޅުމުން ޕާކްކުރުން މަނާކަން އަންގައިދޭ "ޑަބަލް ލައިން" އެ ތަނުގައި ކުރަހައިދޭނެ ސިޓީ ކައުންސިލުން ވަނީ ނިންމައިފަ އެވެ.
"ވަކި ކަމަކަށް އިމާރާތް ބޭނުންކުރުމުގެ ހުއްދަ" އަށް އެދި މިއަދާ ހަމަ އަށް ސިޓީ ކައުންސިލަށް ހުށަހެޅުމުން "ޑަބަލް ލައިން" ކުރަހައިދޭ ގޮތަށް ވެސް އޮތީ ހަމަޖައްސައިދީފަ އެވެ. ނަމަވެސް، އެގޮތަށް ހުށަހެޅި ފަރާތްތަކުގެ އަދަދެއް ވެސް އަދި ނޭނގެ އެވެ.
ސިޓީ ކައުންސިލް ބުނީ މުދާ އަރުވައި ބޭލުމަށް ޕާކިން ޒޯންތަކުގައި ޕެލެޓް ބަހައްޓާފައިވާ ސަރަހައްދުތައް ޗެކް ކުރުމަށް ފަހު، އެ ސްލޮޓް ހަމަޖައްސައިދޭނީ ކުލި ދައްކަން ޖެހޭ ގޮތަށެވެ. ކައުންސިލުން ދިން މުއްދަތުގައި ހުއްދަ ނުހޯދައި ޕާކިން ޒޯންތަކުގައި ޕެލެޓް ބަހައްޓާ ނަމަ، އެ އެއްޗެހި ނަގާނެ ކަމަށް ވެސް ބުންޏެވެ.
އެހެން އުޅަނދުތައް ޕާކް ނުކުރެވޭ ގޮތަށް ގަރާޖާއި ފިހާރަތަކުގެ ދޮރުމަތީގައި ޕެލެޓްތައް ބަހައްޓައި، ބަންދުކޮށްފައި ހުންނަ މައްސަލަ ބޮޑުވެ، އާންމުންގެ ފާޑުކިޔުން ބޮޑުވީ އެކަމާ ގުޅޭ ގޮތުން "މިހާރު" އިން ގެނެސްދިން ފޮޓޯ ސްޓޯރީ އަށް ފަހު އެވެ.
ހާއްސަކޮށް އެމްޕީއެލާއި ކަސްޓަމްސް ސަރަހައްދުން ބޭރުމަގާއި ހަވީރީ ހިންގުމުގެ އެކި ސަރަހައްދުތަކުގައި އެކި ފަރާތްތަކުން ޕެލެޓްތައް ބަހައްޓާފައިވާއިރު، އެތައް ބަޔަކަށް އޭގެ ސަބަބުން ދަނީ ބޮޑެތި ދަތިތައް ކުރިމަތިވަމުންނެވެ. ބައެއް މީސްމީހުންގެ ހަތަރުފުރޮޅުލީ ވެހިކަލްތައް ޕާކްކުރުމަށް އަމިއްލަ އަށް ޕެލެޓްތައް ޕާކިން ޒޯނުތަކުގައި ބާއްވާފައި ހުންނަނީ އެހެން މީހުންނަށް އެ ޕެލެޓްތައް ނުނެގޭ ގޮތަށް ޗޭނުގަނޑަކުން ތަޅު ވެސް އަޅުވައިފަ އެވެ.
މަޖީދީ މަގުގައި ޕާކުކުރުން މަނާ!
ޕެލެޓްތައް ބަހައްޓާ ނަމަ ޖޫރިމަނާކުރަން ފަށަނީ
މާލޭގެ މަގުތަކުން 1،360 ޕެލެޓް ނަގައިފި
މާލޭގެ ހަ މަގަކުން 85 ޕެލެޓް ނަގައިފި
ޕެލެޓް ނަގަން ފެށުން ހޮނިހިރަށް ފަސްކޮށްފި
ޕެލެޓްތަކުގެ ބަދަލުގައި "ޑަބަލް ލައިން" ކުރަހައިދެނީ
ޕެލެޓް ބަހައްޓާ މައްސަލަ މާދަމާ އަށް އެޖެންޑާކޮށްފި
މާލެއިން 1،000 ޕާކިން ޖާގަ ވިއްކަން ނިންމައިފި
ޕާކިންގެ ގުރުއަތުލުން އަނެއްކާވެސް ފަސްކޮށްފި
ބިއްލޫރިޖެހިގޭގެ ޕާކިން ޒޯނު ބޭނުންކުރަން ފަށައިފި