މިހާރު ކުރިއަށް ގެންދާ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓު ގުނުން އޮންނާނީ މިއަދުގެ ރޯދަ ވީއްލައިގެން ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.
15 އެޕްރީލް 2023
މިހާރު ކުރިއަށް ގެންދާ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓު ގުނުން އޮންނާނީ މިއަދުގެ ރޯދަ ވީއްލައިގެން ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.
އެ ނިންމުން އައީ ވޯޓުލާން ކަނޑައެޅި ވަގުތު އީސީން މިއަދު ހަވީރު 5:00 އާ ހަމައަށް އިތުރު ކުރުމަށް ފަހު އެވެ.
އީސީގެ އިއުލާނެއްގައި ބުނީ، ވޯޓުނެގުމަށް ހަމަޖެހިފައިވާ ވަގުތުގައި މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން ވޯޓުލުމަށް މީހުން ނުކުތުމަށް ދަތިވެފައި ވާތީ، ވީހާ ވެސް ގިނަ ބަޔަކަށް ވޯޓުލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ހަވީރު ފަހެއް ޖަހަންދެން ވަގުތު އިތުރު ކުރީ ކަމަށެވެ.
"...ވޯޓު ގުނަން ފަށާނީ ރޯދަ ވީއްލުމަށް ފަހު ކަމަށާއި ގުނަން ފަށާ ގަޑި އެ މަރުކަޒެއްގައި އިއުލާންކުރާނެ ވާހަކަ ދަންނަވަމެވެ،" އެ އިއުލާނުގައިވެ އެވެ.
އީސީން ކުރިން ކަނޑައަޅާފައިވާ ގޮތުން ނަމަ ވޯޓުލުން ނިމޭ ގަޑިއަކީ ހަވީރު 4:00 އެވެ. ވޯޓު ގުނަން ފަށާނީ 30 މިނިޓަށް ފަހު އެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން އިއްޒުއްދީން ސްކޫލްގައި ކުރިއަށް ދާއިރު އެތަނުގެ ބޭރުގައި މީހުން މަޑުކޮށްގެން.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ގުރައިދޫ ދާއިރާގެ ތިން ރަށް، ގުރައިދު އާއި މާފުއްޓާއި ގުޅީގެ އިތުރުން މާލޭގެ އިއްޒުންދީން ސްކޫލުގައި ވަނީ ވޯޓު ފޮށި ބަހައްޓައިފަ އެވެ.
އީސީން ބުނި ގޮތުގައި މި ދާއިރާއަށް ވޯޓުލުމުގެ ހައްގު 3،423 މީހަކަށް ލިބިފައިވެ އެވެ.
އެ ކޮމިޝަނުން އެންމެފަހުން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، މިއަދު 16:00 ގެ ނިޔަލަށް 2،672 މީހަކު ވަނީ ވޯޓުލައިފަ އެވެ. އަދި މި ދާއިރާއަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 21.94 ޕަސެންޓް މީހުން އަދި ވޯޓު ނުލާ ކަމަށް އީސީން ބުންޏެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ޖެހުނީ އެ ދާއިރާ ތަމްސީލު ކުރެއްވި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ މިދިޔަ ފެބްރުއަރީ މަހު، ކެންސަރު ބަލީގައި އަވަހާރަވުމުންނެވެ.
މި ދާއިރާއަށް ތިން ޕާޓީއަކުން ވާދަކުރި އެވެ. އެއީ ޕީޕީއެމްގެ ޓިކެޓުގައި ހުސެއިން ރިޒާ އާއި އެމްޑީޕީން އިބްރާހިމް ޝާޒް އަދި އެމްއެންޕީން އަލީ އަރީފެވެ.
ގުރައިދޫ ދާއިރާގެ އިންތިހާބު: ވޯޓުލުން ފަށައިފި
ހާމަވީ ސަރުކާރާއެކު ރައްޔިތުން ތިބި ކަން: ރައީސް
"ގުރައިދޫ ގޮނޑި ހޯދީ ނުފޫޒު ފޯރުވައިގެން"
ގުރައިދޫ ދާއިރާގެ ގޮނޑި ފުރަތަމަ ފަހަރަށް އެމްޑީޕީއަށް
ވޯޓުލާގަޑި މަޝްވަރާއެއް ނެތި އިތުރުކުރީ ނުފޫޒު ފޯރުވަން
ގުރައިދޫ ގޮނޑި: ތިން ޕާޓީ ވެސް ޔަގީންކަމުގައި!
ބައި އިލެކްޝަންތައް މަދުކުރާ އިސްލާހު ކޮމިޓީއަށް
އެމްޑީޕީއަކީ ވަކި ބޭފުޅެއް ނޫން ކަން ދައްކައިފި:ނާޝިޒް
މި މޮޅަކީ ރައީސްގެ ވަރުގަދަ ފެށުމެއް!
މާފުއްޓާއި ގުޅީގެ މަޝްރޫއަށް ބޭނުންވާ ސާމާނު ގެންގޮސްފި