ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ކުރިން ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން (ޖީއެމްއައިޒެޑް)ގެ މެނޭޖިން ޑިރެކްޓަރު މަގާމުގައި ހުންނެވި އިބްރާހިމް ރަޝީދު (މާމިގިލި އިބޫ) އައްޔަން ކުރައްވައިފި އެވެ.
16 މާޗް 2022
ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ކުރިން ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން (ޖީއެމްއައިޒެޑް)ގެ މެނޭޖިން ޑިރެކްޓަރު މަގާމުގައި ހުންނެވި އިބްރާހިމް ރަޝީދު (މާމިގިލި އިބޫ) އައްޔަން ކުރައްވައިފި އެވެ.
އެމްޑީޕީގެ އެކި ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ މާމިގިލި އިބޫ، ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރެއްވިއިރު، ޖީއެމްއައިޒެޑްގެ އެމްޑީގެ މަގާމުގައި ހުންނެވި ދުވަސްވަރު ތިލަފުށި ފަޅުތެރޭގައި އޮތް ބޯޓު ނަގައި ނައްތާލަން އެ ކުންފުނިން ޕާކަވަން ކުންފުންޏާ ހަވާލުކުރުމުގައި އަމަލު ކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯން އެންޓަޕްރައިޒް ކޮމިޓީން ވަނީ ނިންމައިފަ އެވެ.
އެ މައްސަލައިގައި އިބޫ އާއި އެ ކުުންފުނީގެ ވެރިންގެ މައްޗަށް ފިޔަވަޅު އެޅުމަށް ވެސް އެ ކޮމިޓީން ފާސްކުރި އެވެ. ނަމަވެސް އޭނާ އާ މެދު މިހާތަނަށް އެއްވެސް ފިޔަވަޅެއް ނާޅަ އެވެ.
* ބޯޓް ނަގަން ކުރަން ޖެހޭ ކަންކަން މިހާރުން މިހާރަށް ކުރުމަށް ފިނޭންސް މިނިސްޓްރީއަށާއި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް އެންގުން
* ބޯޓް ނައްތާލުމުގެ ހުއްދަ ދީފައިނުވާއިރު ގަވައިދާ ހިލާފަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަމަލު ކުރައްވާފައިވާތީ އެ މައްސަލަ ބަލައި އިހުމާލު ވެފައިވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ޕީސީބީ އާއި ރައީސުލްޖުމްހޫރިއްޔާ އާއި ފިނޭންސް މިނިސްޓްރީއަށް އެންގުން
* ފެންނަން ހުރި ލިޔެކިޔުމަށް ބަލާއިރު މިއީ ދައުލަތަށް ބޮޑު ގެއްލުމެއް ލިިބިދާނެ ކަމަކަށް ފެންނާތީ ގެއްލުން ކުޑަ ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން ފިނޭންސް މިނިސްޓްރީ އަށް އެންގުން
* އެ މަސައްކަތް ހަވާލުކުރި ކުންފުންޏަކީ އެ މަސައްކަތް އިއުލާން ކުރި ދުވަހު ރަޖިސްޓްރީ ކުރި ކުންފުންޏަކަށްވާތީ އެ މުއާލަމާތްތަކަކީ ވަކި ފަރާތަކަށް މަންފާ ހޯދައިދިނުމަށްޓަކައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކޮށްފައިވާ ކަމަކަށް ބެލެވޭތީ އެކަން އޭސީސީ އާއި އޮޑިޓް އޮފީހުން ބެލުމަށް ފަހު އެ ރިޕޯޓް އެ ކޮމެޓީއަށް ހުށަހެޅުން
* އެ ބޯޓުގެ ވެރިފަރާތް ހޯދުމަށާއި އެ ބޯޓުގެ ސަބަބުން ދައުލަތަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން ކުރުމަށް އެންގުން
* ޖީއެމްއައިޒެޑްއެލްގައި އެކަށީގެންވާ މަސައްކަތު މާހައުލެއް ގާއިމްކޮށް، ޕްރޮފެޝަނަލިޒަމް ހިފަހައްޓައި ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް ކޯޕަރޭޓިވް ގަވަނަންސްގެ ބެސްޓް ޕްރެކްޓިސްއަށް އަމަލު ކުރުމަށް ކުންފުންޏަށް އެންގުން
އެ މައްސަލާގައި އިބޫ ވިދާޅުވެފައި ވަނީ ބޯޓު ފަޅުގައި ބާއްވައިގެން ލިބުނު ގެއްލުންތަކާއި އައިޑީބީގެ 165 މިލިއަން ޑޮލަރުގެ މަޝްރޫއެއް ގެއްލިދާނެ ކަމުގެ ބިރަށް، ބޯޓު ފަޅުން ނެގުމުގެ މައްސައްކަތް ޕާކަވަންއާ ހަވާލުކުރީ ރަނގަޅަށް ކަމަށެވެ. އެ އެއްބަސްވުމުގައި އޮންނަނީ، ބޯޓު ފަޅުން ނެގުމުގެ ހުރިހާ ހަރަދެއް ޕާކަވަން އިން ކުރުމަށް ފަހު، ބޯޓު ވިއްކާލައިގެން ލިބޭ އެއްޗެއް ވެސް އެ ކުންފުންޏަށް ލިބޭ ގޮތަށެވެ.
ބީލަމަށް ނުލައި އެގޮތަށް އެއްބަސްވީ ބޯޓު ނެގުމާ ގުޅޭ ގޮތުން ތަފާތު ތިން ވިސްނުމެއްގެ ތެރެއިން ދައުލަތާއި ކުންފުންޏަށް އެންމެ ގެއްލުން ކުޑަ ގޮތަކީ އެއީ ކަމަށް ވާތީ ކަމަށް އިބޫ ވިދާޅުވެ އެވެ.
އިބޫ ވަނީ އެމްޑީޕީގެ ފުރަތަމަ ސަރުކާރު ނުވަތަ މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ތިން އަހަރުގެ ވެރިކަމުގައި ވެސް ސަރުކާރުގައި ސިޔާސީ މަގާމުތައް ފުރުއްވައިފަ އެވެ. އޭގެ ތެރޭގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމާއި މެދު އުތުރު ސަރަހައްދުގެ ގައުމީ އިދާރާގެ ސްޓޭޓް ސެކްރެޓަރީކަން ވެސް ހިމެނެ އެވެ.
ރައީސް އޮފީހުން ބުނިގޮތުގައި އިބޫ ވަނީ އިނގިރޭސި ވިލާތުގެ ބޯލްޓަން ޔުނިވާސިޓީން އެމްބީއޭ ހާސިލުކުރައްވައިފަ އެވެ.
ޕޮލިޓިކަލް ޑިރެކްޓަރުގެ ނަމުގައި ސިޔާސީ މަގާމެއް
ޔޫތުގެ ޑެޕިއުޓީ މިނިސްޓަރަކަށް އަޒްމޫން
ހެލްތު މިނިސްޓްރީ އަށް އިތުރު ޑެޕިއުޓީ މިނިސްޓަރެއް
ހެލްތުގެ ޑެޕިއުޓީ މިނިސްޓަރަކަށް ބޭފުޅަކު އައްޔަންކޮށްފި
ޑރ. މައުސޫމަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީ އަށް
ޓޫރިޒަމް މިނިސްޓަރަކަށް ޑރ. މައުސޫމް
ޓޫރިޒަމް މިނިސްޓަރު އައްޔަން ނުކޮށް މަހެއް ވަނީ!
ޓޫރިޒަމްގެ ޕޮލިސީ ޑައިރެކްޓަރު ހައްސާން ވެސް ވަކިކޮށްފި
ހެލްތުގެ ޑެޕިއުޓީ މިނިސްޓަރަކަށް ބޭފުޅަކު އައްޔަންކޮށްފި
ތޮއްޔިބު، ޓޫރިޒަމް މިނިސްޓްރީގެ ސިޔާސީ މަގާމަކަށް