ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލާގައި ދަައުވާލިބޭ އަދުހަމް މުހައްމަދު ކުށަށް އެއްބަސްވިޔަސް، އަދަބަށް ލުޔެއް ދެވެން ނެތް ކަމަށް އެ މައްސަލަ މިހާރު ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވެއްޖެ އެވެ.
20 މާޗް 2022
ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލާގައި ދަައުވާލިބޭ އަދުހަމް މުހައްމަދު ކުށަށް އެއްބަސްވިޔަސް، އަދަބަށް ލުޔެއް ދެވެން ނެތް ކަމަށް އެ މައްސަލަ މިހާރު ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވެއްޖެ އެވެ.
ޑިސެމްބަރު، 2019 ގައި ހުޅުމާލޭގައި ގާސިމް ދުއްވަމުން ދިޔަ ޓެކްސީގައި ދަތުރު ކުރަމުން ގޮސް އޭނާގެ އަތުން ފޭރެން އުޅުމުގެ ތެރޭގައި ގާސިމްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި ކަމުގެ ދައުވާލިބޭ ޅ. ހިންނަވަރު ބޮޑުހިޔާގޭ، އަދުހަމް ކޯޓުގައި އެކަމަށް ކުރިން އެއްބަސްވުމަށްފަހު އެކަމަށް އިންކާރުކުރި އެވެ. ފަހުން އަނެއްކާވެސް ކުށަށް އެއްބަސްވުމަށްފަހު އޭނާ އެދެނީ ލުއި އަދަބެއް ދިނުމަށެވެ.
އެ މައްސަލަ ކުރިން ބެއްލެވި ގާޒީ އިސްމާއިލް ރަޝީދު މަގާމުން ވަކިކުރަން ނިންމާފައި ވަނިކޮށް އޭނާ އިސްތިއުފާ ދެއްވުމުން އެ މައްސަލަ މިހާރު ބައްލަވަނީ ގާޒީ އަލީ ނަދީމެވެ.
ގާޒީ ނަދީމް އެ މައްސަލައާ ހަވާލުވެ ވަޑައިގަތުމަށްފަހު މިއަދު ބޭއްވި އަޑުއެހުމުގައި ވިދާޅުވީ ޝަރީއަތް ފެށުމަށްފަހު ކުށަށް އިއުތިރާފް ވިޔަސް، އަދަބެއް ދެވޭނެ ލުޔެއް ނޯންނަ ކަމަށެވެ. އެކަމަކު ކުށަށް އިއުތިރާފް ވާން ބޭނުންވާ ނަމަ، އެ ފުރުސަތު އަދިވެސް އޮންނާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
ގާސިމް
އަދުހަމް މިއަދު ވެސް ބުނީ އޭނާ ކުށަށް އިއުތިރާފްވާން ބޭނުންވާ ކަމަށެވެ.
"އަޅުގަނޑު ބުނަން ބޭނުންވަނީ މިއީ އަޅުގަނޑު އަތުން ވީކަމެކޭ. ވީހާ ވެސް އަވަހަކަށް ޝަރީއަތްތައް ނިންމައިދިނުން އެދުމަކީ." އަދުހަމް ބުންޏެވެ.
ގާޒީ ވިދާޅުވީ އެގޮތަށް އަދުހަމް ކުރިން ވެސް ބުނެފައިވާ ކަމަށެވެ. އެކަމަކު އެއީ "އަތުން ވީ ކަމެއް" ކަމަށް ބުނެ، މެރުމުގެ ގަސްދު އޮތް ކަމަށް އަދުހަމް އިންކާރު ކުރާތީ ހެކިބަސް ނަގަންޖެހޭ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި ވަރަށް އަވަހަކަށް ޝަރީއަށް ކުރިއަށް ގެންގޮސް، ހުކުމަކާ ހަމައަށް ވަރަށް އަވަހަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ.
ގާޒީ ވިދާޅުވި ގޮތުގައި ހުރިހާ ހެކިބަސް ނެގުމުގެ ބަދަލުގައި ނަގާނީ ބައެއް ހެކިންގެ ހެކިބަހެވެ. އަދި ނަގަންޖެހޭ ހެކިބަސްތައް އަންނަ މަހު އެއްކޮށް ނަގައި ނިންމާލާނެ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި ހެކިން ހާޒިރު ކުރުމަށްޓަކައި ދައުލަތަށް ގިނަ ފުރުސަތުތަކެއް ނުދެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
މިއަދު ދެ ހެއްކެއްގެ ހެކިބަސް ނެގި އެވެ. އެއީ ގާސިމަށް ހަމަލާދިން ސަރަހައްދަށް ދިޔަ ފޮރެންސިކް ދެ ފުލުހެކެވެ. އެވަގުތު އެ ސަރަހައްދު އޮތްގޮތާއި ގާސިމް ދުއްވި ކާރު ތެރެއިން މާއްދީ ހެކި ނެގި ގޮތާ ބެހޭގޮތުން އެ ދެ ފުލުހުން މައުލޫމާތު ދިނެވެ.
ތިން ވަނަ ހެއްކަކީ އެ ހާދިސާ ހިނގިއިރު ކުޑަކުއްޖެކެވެ. އެކަމަކު މީޑިއާ ކުރިމަތީގައި ހެކިބަސް ދޭން އޭނާ ބޭނުން ނުވާތީ އޭނާގެ ހެކިބަސް ނެގީ ސިއްރު އަޑުއެހުމެއްގަ އެވެ. އަދި އެއީ ކޮން ކަމެއް ސާބިތު ކުރަން ހުށަހެޅި ހެއްކެއް ކަމެއް ވެސް ނުބުނެ އެވެ.
ގާސިމްގެ ގާތިލް އަދުހަމް މަރަން ހުކުމްކޮށްފި
ގާސިމް މަރާލިކަން އަދުހަމްގެ މައްޗަށް ސާބިތުވެއްޖެ
ގާސިމް މަރާލި މައްސަލާގެ ހުކުމް މާދަމާ އިއްވަނީ
އަދުހަމް ދެއްކީ ދައުލަތުގެ އިހުމާލު،ހުކުމް އަންނަ މަހު
ގާސިމްގެ މަރު: ހެކިބަސް ނެގުމުގެ މަރުހަލާ ނިމުމަކަށް
ގާސިމްގެ މަރު: ވަޅިން އަދުހަމާއި ގާސިމްގެ ޑީއެންއޭ
އަދުހަމު ކުރީ ހުސް ޝަކުވާ، އަދިވެސް ވަކީލަކު ނެތް
އަދުހަމް ކުރި ތުހުމަތުތައް ބަލަން އިތުރު ފުރުސަތެއް
އަދުހަމްގެ ވާހަކަ ބަދަލުވެއްޖެ: ގާސިމެއް ނުމަރަން
ގާސިމް މަރާލިކަމަށް އެއްބަސްވެ، އަދުހަމް އެދެނީ މާފަށް