ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި ކަމަށް އެއްބަސްވުމަށް ފަހު އެކަމަށް ފަހުން އިންކާރުކޮށްފައިވާ އަދުހަމް މުހައްމަދަށް އަށް މަސް ދުވަހުން ވެސް ވަކީލަކު ހަމަނުޖެއްސުނު ކަމަށް ބުނެ، ވަކީލަކާ އެއް ފެންވަރުގައި އަމިއްލަ އަށް ވެސް ވާހަކަ ދެއްކިދާނެ ކަމަށް މިއަދު ކޯޓުގައި ބުނެފި އެވެ.
ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި ކަމަށް އެއްބަސްވުމަށް ފަހު އެކަމަށް ފަހުން އިންކާރުކޮށްފައިވާ އަދުހަމް މުހައްމަދަށް އަށް މަސް ދުވަހުން ވެސް ވަކީލަކު ހަމަނުޖެއްސުނު ކަމަށް ބުނެ، ވަކީލަކާ އެއް ފެންވަރުގައި އަމިއްލަ އަށް ވެސް ވާހަކަ ދެއްކިދާނެ ކަމަށް މިއަދު ކޯޓުގައި ބުނެފި އެވެ.
"ވަކީލަކަށްވުރެ އަޅުގަނޑަކަށް ހިއެއް ނުވޭ އަޅުގަނޑު ދޫ ވެސް ވަކި ފަރިތަ ނުވެދާނެ ހެންނެއް،" އޮންލައިންކޮށް ބޭއްވި އަޑުއެހުމުގައި، މާފުށީ ޖަލުގައި ހުރެ ބައިވެރިވި އަދުހަމް ބުންޏެވެ.
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ކުރި ޚިޔާނާތުގެ ދައުވާތައް ކޯޓުން ބޭރުކޮށްލުމުން އެ މައްސަލަ ބެލުމަށް ސަސްޕެންޝަނުގައި ބެހެއްޓުމަށް ފަހު އަލުން މަސައްކަތަށް ނުކުންނެވި ގާޒީ އިސްމާއިލް ރަޝީދު ބައްލަވާ މައްސަލާގައި އަދުހަމް މުޅިން ވެސް ގޯސްކުރީ އެހެން ފަރާތްތަކެވެ. ކުރިން ދައުލަތުން ހަމަޖެއްސި ވަކީލް ބޭނުން ނުވާ ކަމަށް ބުނެ އަމިއްލަ ވަކީލަކު ހަމަޖައްސަން ފުރުސަތު ދީފައި ހުރި އަދުހަމް ބުނީ އޭނާ މާފުށީގައި އޮންނަނީ ކަރަންޓު ނެތް "ކޮތަރުކޮއްޓެއް" ކަހަލަ ކުޑަކުޑަ ގޮޅިއެއްގައި ކަމަށެވެ.
ޖަލުގައި އޮވެ ވަކީލަކު ހަމަޖައްސަން ޖެހޭނީ ފޯނުކުރަން ކަމަށާއި އެކަމަކު ޖަލުގައި އޮންނަ އުސޫލުގެ ތެރެއިން އެކަން ކުރަން ޖެހޭތީ އަދިވެސް އެކަމަށް ފޯނު ކޯލެއްގެ ފުރުސަތު ނުލިބޭ ކަމަށް ބުންޏެވެ.
"އަޅުގަނޑަކީ އަމިއްލަ ފޯނުތަކާ އެއްޗެހި މިތަނުގައި [ޖަލުގައި] ގެންގުޅޭ މީހެއް ނޫން. މިތަނަށް މަނާ އެއްޗެހި އެއީ އަމިއްލަ ފޯނާ އެއްޗިއްސަކީ،" އަދުހަމް ޝަކުވާކުރަމުން ބުންޏެވެ.
ވަކީލަކު ހަމަނުޖެހުނަސް މައްސަލައާ ގުޅޭ ލިޔުންތައް ލިބުމުން އަމިއްލަ އަށް ވެސް ކުރިއަށް ދެވިދާނެ ކަމަށް ބުނެ އަދުހަމް ވަނީ އޭނާ ވެސް "ވަކީލަކަށް ވުރެ ވަކި ދޫ ފަރިތަނުވެ ނުދާނެ" ކަމަށް ބުނެފަ އެވެ. ފޯނު ކޯލެއް ކުރަން ފުރުސަތު ނުލިބޭ ކަމަށް ބުނި އަދުހަމް ވަނީ "މައްސަލައާ ބެހޭ ގޮތުން ހޯދަންޖެހޭ ހުރިހާ މައުލޫމާތެއް މިހާރު ހުންނާނީ ހޯދައި ބަލައި ދެނެގަނެފައި" ކަމަށް ވެސް ބުނެފަ އެވެ.
އޭނާ ބުނީ ވަކީލަކު ހަމަޖެހުނު ކަމުގައި ވިޔަސް ވަކީލާ އެކަހެރިކޮށް ބައްދަލު ނުކުރެވޭ ނަމަ ބޭނުމެއް ނެތް ކަމަށެވެ. އަދި ޝަރީއަތުގެ އަޑުއެހުމުގައި ވަކީލާ ދައްކާ ވާހަކަ އެހެން މީހުންނަށް އަޑު އިވުމަކީ ވެސް މައްސަލައެއް ކަމަށް ބުންޏެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ގާސިމް، 59، ގެ ކާރުގައި ދަތުރު ކުރަމުން ގޮސް ކަރަށް ތޫނު އެއްޗެހިން ހަމަލާދީ އޭނާ މަރާލި ކަމަށް ބުނެ ދައުލަތުން ދައުވާކުރާ އަދުހަމް ކޯޓުގައި ކުށަށް އެއްބަސްވިތާ ދެތިން ދުވަސް ފަހުން ވަނީ އެކަމަށް އިންކާރު ކޮށްފަ އެވެ. އޭނާ ބުނެފައިވަނީ ކުރިން ކުށަށް އެއްބަސްވީ ފުލުހުންގެ ބަންދުގައި ހުރިއިރު އޭނާއަށް މަސްތުވާތަކެތި ދިނުމުގެ ސަބަބުން ވާނުވާ ނޭނގޭ ހާލަތެއްގައި ހުރެގެން ކަމަށެވެ. އެ ތުހުމަތު ފުލުހުން ދޮގުކުރެ އެވެ.
ގާސިމް މަރާލި ކަމަށް ކޯޓުގައި އެއްބަސްވެ، މައާފަށް އެދުމަށް ފަހު ކުއްލި ގޮތަކަށް އަދުހަމް އެކަމަށް އިންކާރުކުރީ އޭނާގެ މައްޗަށް ހުކުމް އިއްވަން ބޭއްވި މަޖިލީހުގަ އެވެ. އޭރު ދައުލަތުން އޮތީ ލުއިކުރަން އެއްބަސްވެ، އަދުހަމާ އެކު އިއުތިރާފްގެ އެއްބަސްވުމެއް ވެސް ހަދައިފަ އެވެ. އެކަމަކު މިހާރު އެ އެއްބަސްވުން އޮތީ ނިމުމަކަށް އައިސްފަ އެވެ.
ފުލުހުން ކުރިން ބުނެފައިވަނީ ގާސިމްގެ ކަރަށް ހަމަލާދީ މަރާލާފައި ވަނީ ފޭރެން އުޅުމުގެ ތެރޭގައި ކަމަށެވެ. ގާސިމް މަރާލާފައި އޮއްވައި ޑިސެމްބަރު ހަތަރު ވަނަ ދުވަހުގެ ރޭ ފެނުނީ ހުޅުމާލޭގެ އެކަހެރި ހިސާބަކުންނެވެ. ގާސިމް މަރުވެގެން ބިންމައްޗަށް ވެއްޓިފައި އޮތް އިރު އެތާ ކައިރީގައި އޭނާ ޓެކްސީކުރާ ކާރު ވެސް އޮތެވެ. ކުށުގެ ތުހުމަތަށް އަދުހަމް ހައްޔަރުކުރީ ހާދިސާ އަށް ހަފުތާއެއް ފަހުންނެވެ.
ގާސިމްގެ ގާތިލް އަދުހަމް މަރަން ހުކުމްކޮށްފި
ގާސިމް މަރާލިކަން އަދުހަމްގެ މައްޗަށް ސާބިތުވެއްޖެ
ގާސިމް މަރާލި މައްސަލާގެ ހުކުމް މާދަމާ އިއްވަނީ
އަދުހަމް ދެއްކީ ދައުލަތުގެ އިހުމާލު،ހުކުމް އަންނަ މަހު
ގާސިމްގެ މަރު: ހެކިބަސް ނެގުމުގެ މަރުހަލާ ނިމުމަކަށް
ގާސިމްގެ މަރު: ވަޅިން އަދުހަމާއި ގާސިމްގެ ޑީއެންއޭ
ގާސިމްގެ މަރު:އަދުހަމް އެއްބަސްވިޔަސް، ލުޔެއް ނުލިބޭނެ
އަދުހަމް ކުރި ތުހުމަތުތައް ބަލަން އިތުރު ފުރުސަތެއް
އަދުހަމްގެ ވާހަކަ ބަދަލުވެއްޖެ: ގާސިމެއް ނުމަރަން
ގާސިމް މަރާލިކަމަށް އެއްބަސްވެ، އަދުހަމް އެދެނީ މާފަށް