ކ. ގާފަރު ގެސްޓްހައުސްއެއްގައި މަރުވެފައި އޮއްވައި އިއްޔެ ރޭ ފެނުނު އަންހެން މީހާ މަރުވެފައި އޮތީ ފާހާނާ ތެރޭގައި ކަމަށާއި އޭނާގެ ކަރުގައި ވަރަށް ބޮޑު ޒަހަމެއް ހުރިކަން "މިހާރު" އަށް އެނގިއްޖެ އެވެ.
22 މާޗް 2022
ކ. ގާފަރު ގެސްޓްހައުސްއެއްގައި މަރުވެފައި އޮއްވައި އިއްޔެ ރޭ ފެނުނު އަންހެން މީހާ މަރުވެފައި އޮތީ ފާހާނާ ތެރޭގައި ކަމަށާއި އޭނާގެ ކަރުގައި ވަރަށް ބޮޑު ޒަހަމެއް ހުރިކަން "މިހާރު" އަށް އެނގިއްޖެ އެވެ.
އެނގިފައިވާ ގޮތުގައި އޭނާ މަރުވެފައި އޮތް އިރު ކައިރީގައި ވަޅިއެއް ވެސް އޮތެވެ. އަދި މަރުވެފައި އޮތީ ފާހާނާގެ ދޮރުގައި ފައި ވިދިފަ އެވެ.
ގެސްޓްހައުސްއެއްގައި މީހަކު މަރުވެފައި އޮތްކަމުގެ މައުލޫމާތު ލިބިގެން އެކަން ބަލަމުން އަންނަ ކަމަށް ބުނުން ފިޔަވައި އިތުރު މައުލޫމާތެއް މިކަމާ ބެހޭ ގޮތުން ފުލުހުން އަދި ނުދެ އެވެ.
މިކަމާ ބެހޭ މައުލޫމާތު އެނގޭ މީހަކު ކިޔައިދިން ގޮތުގައި ފާހާނާއަށް ވެސް އަދި ކޮޓަރި ތެރެއަށް ވެސް އެހެން މީހަކު ވަދެފައި ހުރި ކަމަށް ޝައްކުވާ ކަހަަލަ ކަމެއް ފެންނާކަށް ނެތެވެ.
އުމުރުން 27 އަހަރުގެ އެ އަންހެން މީހާ ގާފަރަށް ދިޔައީ ބުދަ ދުވަހު ކަމަށްވެ އެވެ. އޭނާ މަރުވެފައި އޮތްކަން އެނގުނީ އިއްޔެ ޗެކްއައުޓްވާންޖެހޭ ގަޑި ޖެހުނު އިރު ވެސް ކޮޓަރިން ނުނިކުމެގެން ގެސް ހައުސްގެ މީހުން ފުލުހުންނާ އެކު ގޮސް ވަދެ ބެލުމުންނެެވެ.
"އޭނާ ރަށަށް އައި ފަހުން އުޅުނީ އެކަނި. ދަންވަރު އެކަނި މޫދަށް ވެސް އެރި އުޅެނިކޮށް ފެނުނު ކަމަށް މީހުން ބުނޭ. އެހެންވެ ޝައްކުވާ ކަހަލަ ކަންތައްތަކެއް ކުރިން ވެސް ފެނިފައި ހުރީމާ ކަންނޭނގޭ ގެސްޓް ހައުސް މީހުން ފުލުހުންނާ އެކު ގޮސް ކޮޓަރިއަށް ވަނީ،" ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އެނގިފައިވާ ގޮތުގައި އޭނާ ހުރި ގެސްޓްހައުސް އިން އޭނާ ޗެކިން ކުރުވީ އެއްވެސް ކަހަލަ އައިޑެންޓިޓީއަކާ ވެސް ނުލަ އެވެ. އެހެންވެ އޭނާ މަރުވި ފަހުން އެއީ ކާކުކަން ކަށަވަރުކުރަން ވެސް ވަގުތުތަކެއް ނެގި އެވެ. ގެސްޓްހައުސް ގަވާއިދު އޮންނަ ގޮތުން އެތަންތަނަށް ޗެކިންވާ މީހުންގެ މައުލޫމާތު ގެސްޓްހައުސަށް އެނގެން ޖެހެ އެވެ.
ހޮޅުދޫގައި މުޒާހަރާ ކުރި ދެ މީހަކު ހައްޔަރުކޮށްފި
މަޑިފުށީގައި ރޭޕްގެ ތުހުމަތުވި މީހަކު މަރުވެއްޖެ
އައްޑޫގައި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ
ތަހުގީގަށް ވަގުތުނަގަނީ އާދައިގެ މަރަކަށް ނުވާތީ: ސީޕީ
ޒަކިއްޔާގެ މަރުގެ މައްސަލަ އެޗްއާރުސީއެމުން ބަލަނީ
"ކެތްތެރިކަން ކޮޅުންލައިފި، ގަސްތުގައި މަރާލީ"
މަރުވިމީހާގެ ފޮޓޯ، މަންޒަރު އާންމު ނުކުރަން އެެދިއްޖެ
ސްޓެލްކޯގެ ފްލެޓަކުން މީހަކު ވެއްޓި މަރުވެއްޖެ
އަނިޔާވި މީހާގެ ބޯމަތިން ސައިކަލެއް ދިޔަ ވީޑިއޯއެއް
ގާފަރުގައި ބިދޭސީއަކަށް ހަމަލާދީ ޒަހަމްކޮށްލައިފި