27 މާޗް 2022
ރަޝިޔާ ސިފައިންގެ ހަމަލާތަކުން ޔޫކްރޭން ދިފާއުކުރުމަށް ބޭނުންވާ ހަނގުރާމަމަތީ މަތިންދާބޯޓުތައް ދިނުމަށް ހުޅަނގުގެ ގައުމުތަކުން ފަސް ޖެހޭތީ، ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވަރަށް ބޮޑަށް އެކަމަށް ފާޑު ވިދާޅުވެއްޖެ އެވެ.
ރަޝިޔާ ސިފައިންގެ ހަމަލާތަކުން ޔޫކްރޭން ދިފާއުކުރުމަށް ބޭނުންވާ ހަނގުރާމަމަތީ މަތިންދާބޯޓުތައް ދިނުމަށް ހުޅަނގުގެ ގައުމުތަކުން ފަސް ޖެހޭތީ، ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވަރަށް ބޮޑަށް އެކަމަށް ފާޑު ވިދާޅުވެއްޖެ އެވެ.
ރައީސް ޒެލެންސްކީ ވިދާޅުވީ، ރަޝިޔާގެ ހަމަލާތަކުގައި ޔޫކްރޭން ހަފުސްކުރަމުން ދާތާ މަސްދުވަސް ވީއިރު ވެސް، ޔޫކްރޭނަށް ހަނގުރާމަތީ މަތިންދާބޯޓާއި އެހެން އަސްކަރީ ދިފާއީ ސާމާނު ފޮނުވާނީ ކޮން ބައެއްތޯ ކަނޑައެޅުމަށް ހުޅަނގުގެ ގައުމުތަކުން ކުރަނީ "ޕިންގް-ޕޮންގް" މަޝްވަރާތަކެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެކަށީގެންވާ އަސްކަރީ ސާމާނާއި ހަތިޔާރު، ޔޫކްރޭނަށް ލިބިގެން ނޫނީ، ރަޝިޔާގެ ހަމަލާތަކުގެ ކުރިމަތީގައި ޔޫކްރޭން ދިފާއު ނުކުރެވޭ އެވެ.
ޔޫކްރޭންގެ ދެކުނުގައި އޮންނަ ބަނދަރު ސަހަރެއް ކަމަށްވާ މަރިއުޕޯލް މިހާރު އޮތީ ރަޝިޔާ ސިފައިންގެ ބާރުގެ ދަށުގައި ކަމަށާއި، އެ ސަހަރު މިނިވަންކުރެވޭނީ ވެސް، އިތުރު ޓޭންކާއި ހަނގުރާމަމަތީ މަތިންދާބޯޓު ލިބިގެން ކަމަށް ވެސް ޒެލެންސްކީ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޔޫކްރޭނުން އެދެނީ، ނޭޓޯގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކާއި ޓޭންކުތަކުގެ އެންމެ ޕަސެންޓެއް ދިނުމަށެވެ.
"އަހަރެމެން އެކަމަށްޓަކައި އިންތިޒާރު ކުރަމުންދާތާ މިހާރު 31 ދުވަސް ފާއިތުވެއްޖެ. ޔޫރޯ-އެޓްލާންޓިކް މުޖްތަމައުގެ ވެރިކަމުގައި ހުރީ ކާކު؟ މޮސްކޯގެ ބިރުދެއްކުންތަކުގެ ސަބަބުން، އެ މަގާމު އަދިވެސް ފުރަމުން އެދަނީ މޮސްކޯތަ؟" ޒެލެންސްކީ ވިދާޅުވި އެވެ.
❗❗❗ WARNING
— Verkhovna Rada of Ukraine - Ukrainian Parliament (@ua_parliament) March 26, 2022
Russian army fired again at a nuclear research facility in Kharkiv
"It is currently impossible to estimate the extent of damage due to hostilities that do not stop in the area of the nuclear installation," — State Nuclear Regulatory Inspectorate.
ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ އިން މިހާރު ކުރަމުންދާ ހަނގުރާމައިން ރައްކާތެރިވުމުގެ ގޮތުން، އެންމެ ގަދަ އަށް ހަނގުރާމަ ހިނގާ ސަރަހައްދުތަކުން އިއްޔެ ވެސް އާންމުންގެ 5،208 މީހަކު ސަލާމަތްތެރިކަމާ އެކު ވަނީ އެހެން ސަރަހައްދުތަކަށް ދަތުރުކޮށްފަ އެވެ. އެމީހުން އެ ސަރަހައްދުތަކުން ނުކުތީ، ރަޝިޔާ ސިފައިން އަމާންކޮށްދިން މަގުތަކުންނެވެ.
ޔޫކްރޭންގެ ރައީސް އޮފީހުގެ ވެރިޔާގެ ނައިބު ކީރިލޯ ޓީމޮޝެންކޯ ވިދާޅުވި ގޮތުގައި، ރަޝިޔާ ސިފައިން އަމާންކޮށްދިން މަގުތަކުން އިއްޔެ ނުކުތް މީހުންގެ ތެރޭގައި، ރަޝިޔާ ސިފައިންގެ ބާރުގެ ދަށުގައި އޮތް މަރިއުޕޯލް އިން ނުކުތް 4331 މީހަކު ވެސް ހިމެނެ އެވެ. މަރިއުޕޯލް އަށް ރަޝިޔާ ސިފައިން ދިން ހަމަލާތަކުގައި އެ ސަހަރުގެ ކަރަންޓާއި ބޯފެނުގެ ވިއުގަ ހަލާކުވުމުގެ ސަބަބުން، އެ ސަހަރުގެ އާންމުން މިހާރު ދިރިއުޅެމުން ދަނީ ކަރަންޓު ނެތި އެވެ. އަދި ބޯފެން ލިބުން ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށް ޔޫކްރޭން ސަރުކާރުން ބުނެ އެވެ.
ޔޫކްރޭންގެ ގާނޫނު ހަދާ މަޖިލީހުން އިއްޔެ ކުރި ޓުވީޓެއްގައި ބުނެފައިވާ ގޮތުން، ރަޝިޔާ ސިފައިން އިއްޔެ ވަނީ ޚަރްކީވްގައި ހުންނަ އެ ގައުމުގެ ނިއުކްލިއާ ދިރާސާތަކާ ބެހޭ އެކުވެންޏަށް ހަމަލާތަކެއް ދީފަ އެވެ. މިމަހުގެ ކުރީކޮޅު ވެސް ރަޝިޔާ ސިފައިން ވަނީ އެ އެކުވެންޏަށް ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ.
ޔޫކްރޭނަށް އެފް-16ގެ ބޯޓެއް ނުދޭނަން: ބައިޑެން
ކޮންމެ ދުވަހަކު ޔޫކްރޭނުން 100 ސިފައިން މަރުވޭ
އަހަރެމެން މިނިވަންވާ ދުވަސް އެބަ ގާތްވޭ: ޒެލެންސްކީ
ޔޫކްރޭން ލައްވަ ރަޝިޔާއަށް ހަމަލާ ދޭން ނޭޓޯ ތައްޔާރުވި
ރަޝިޔާގެ ދަތިރުކުރުމުގެ ފިޔަވަޅުތައް ފުޅާކޮށްފި
ރަޝިޔާގެ ބޯޓުތައް ޑެންމާކާއި ސްވިޑްން އަށް ވަންނަނީ
ހަނގުރާމަ އަށް ވަދެފިއްޔާ ވިދުވަރެއްހެން ރައްދެއް ދޭނަން: ޕުޓިން
ނޭޓޯ އިން ދަނީ ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ ކުރަމުން
އެމެރިކާގެ އިސް ދެ ވަޒީރުން ޔޫކްރޭނަށް
ނޭޓޯގެ ބިރުދެއްކުން ހުއްޓާލީމަ ހަނގުރާމަ ހުއްޓާނަން