ދުޝްމަނުންގެ އުދުވާނީ ހަމަލާތަކުން ޔޫކްރޭނަށް ވެސް މިނިވަންކަން ލިބޭނެ ކަމަށާއި އެ ދުވަސް ވަރަށް ގާތްވެއްޖެ ކަމަށް، އެ ގައުމުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އިއްޔެ ވިދާޅުވެއްޖެ އެވެ.
ދުޝްމަނުންގެ އުދުވާނީ ހަމަލާތަކުން ޔޫކްރޭނަށް ވެސް މިނިވަންކަން ލިބޭނެ ކަމަށާއި އެ ދުވަސް ވަރަށް ގާތްވެއްޖެ ކަމަށް، އެ ގައުމުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އިއްޔެ ވިދާޅުވެއްޖެ އެވެ.
ޑެންމާކްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ބޭއްވި ޖަލްސާއެއްގައި، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައިވެރިވެވަޑައިގެން ދެއްވި ތަގުރީރެއްގައި ޒެލެންސްކީ ވިދާޅުވީ ޔޫކްރޭނުގައި ސުލްހައިގެ އަހަރީ ދުވަސް ފާހަގަކުރާ އިރު، ޑެންމާކްގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވެސް، އެކަމުގައި ބައިވެރިވާނެ ކަމަށެވެ.
ޒެލެންސްކީ ވިދާޅުވި ގޮތުގައި ރަޝިޔާގެ އަމަލުތައް ހުރި ގޮތަށް ބަލާއިރު އަވަސް މުއްދަތެއްގައި ހަނގުރާމަ ހުއްޓޭނެ ކަމުގެ ނިޝާނެއް ނުފެނެ އެވެ. އޭގެ ބަދަލުގައި ރަޝިޔާގެ ހަމަލާތައް ދަނީ ވަރުގަދަ ކުރަމުން އަދި އިތުރުވެސް ކުރަމުންނެވެ.
"އަނެއްކާ ހަނގުރާމަ މިއޮތީ އަހަރެމެންނާ ކުރިމަތިލާފައި. މިހާރު ހަނގުރާމަ މިއޮތީ ޔޫކްރޭންގައި، އަދި މިއީ އަހަރެމެންގެ ގައުމާ ހަމައިން ހުއްޓޭނެ ހަނގުރާމައެއް ނޫން. މި ހަނގުރާމަ މިހާރު މި އޮތީ، ކޮންމެ އަހަރެއްގެ މެއި މަހުގެ ތެރޭގައި، އެ ހަނގުރާމައެއްގެ ކާމިޔާބީ ފާހަގަކުރާ ހަނގުރާމައާ އެއްވަރަށް ލޭއޮހޮރުވުމާއި އަނިޔާވެރިކަން ބޮޑުވެފައި،" ދެ ވަނަ ބޮޑު ހަނގުރާމައިގައި ޖަރުމަންގެ ނާޒީ ސިފައިންގެ މައްޗަށް ވިލާތުގެ ގައުމުތަކުން ހޯދި ކާމިޔާބީއަށް އިޝާރާތް ކުރައްވައި ޒެލެންސްކީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ދޭން ފެށި ހަމަލާތައް މާޗް މަހުގެ ނިޔަލަށް ދެމިގެން ދިޔައިރު، ޔޫކްރޭންގެ ތައުލީމީ މުއައްސަސާތަކުގެ ތެރެއިން 773 މުއައްސަސާއެއް ވަނީ ރަޝިޔާގެ ހަމަލާތަކުގައި ހަލާކުވެފަ އެވެ. އަދި އެޕްރީލް މަސް ނިމުނު އިރު އެ އަދަދު ދެ ގުނަ އަށް އިތުރުވެ، މިހާރު ވަނީ 1584 އަށް އަރައިފަ އެވެ. އަދި ރަޝިޔާ އިން ޔޫކްރޭނަށް ދިން މިސައިލް ހަމަލާތަކުގެ އަދަދު އިއްޔެގެ ނިޔަލަށް ވަނީ 1993 އަށް އަރައިފަ އެވެ.
"އެއީ ކިންޑަގާޓެން، އެއީ ސްކޫލްތަކެއް، މިއީ ޔުނިވަސިޓީތަކެއް. އެއީ ރަޝިޔާ ސިފައިން ޔޫކްރޭންގައި ކުރާ ހަނގުރާމައިގައި ހަމަލާ ދެމުންދާ ތަންތަން. ޔޫކްރޭނަށް އަރައިގަނެގެން އުޅޭ ސިފައިން މިހާތަނަށް ޔޫކްރޭންގެ 220 ކުދިން މަރާލައިފި. ރަޝިޔާ ސިފައިން ހިފާފައިވާ ބިންތަކުގައި ހިނގަމުން ދަނީ ކޮން ފަދަ ކަންތައްތަކެއް ކަމެއް ވެސް އަހަރެމެންނަކަށް ނޭނގޭ."
ޒެލެންސްކީ ވިދާޅުވި ގޮތުގައި ރަޝިޔާ ސިފައިންގެ ހަމަލާތައް ކިތަންމެ ވަރުގަދަ ކުރިޔަސް، އެމީހުންގެ ހުވަފެންތައް ހަގީގަތަކަށް ނުވާނެ އެވެ.
"ހަނގުރާމަ ހުއްޓައިލުމަށް ރަޝިޔާ އަދި ތައްޔާރެއް ނުވޭ. އެމީހުން އަދިވެސް ހުވަފެން ދެކެނީ ޔޫކްރޭނާއި ވިލާތުގެ އެހެން ގައުމުތައް ހިފަން. އެމީހުން އެ އުންމީދުކުރަނީ ވިލާތުގައި އޮތް މިނިވަންކަން ވުޖޫދުން ފޮހެލަން. އެކަމަކު އެމީހުންގެ ހުވަފެން ހަގީގަތަކަށް ނުވާނެ،" ޒެލެންސްކީ ވިދާޅުވި އެވެ.
އަހަރެމެންނާއި ކަލޭމެންވެސް ދެކެމުންދާ ސުލްހައިގެ ހުވަފެން ހަގީގަތަކަށް ވެގެންދާނެ. އެއީ މީގެ 77 އަހަރު ކުރިން ވެސް ސުލްހައިގެ ހުވަފެން ހަގީގަތަކަށް ވެގެން ދިޔަ ގޮތަށް. އަހަރެމެންގެ ބައްރުގައި ދިރިއުޅެމުންދާނެ ގޮތް މިހާރު މިވަނީ ކަނޑައަޅައި ނިމިފައި، ޔޫކްރޭންގައި ވެސް ކަނޑައެޅި ގޮތަށް. އެހެން ނަމަވެސް އަހަރެން ގަބޫލުކުރާ ގޮތުގައި އަހަރެމެން މިނިވަންވާނެ ދުވަސް އަންނަނީ އަހަރެމެންނާ ގާތް ވަމުން."
ކޮންމެ ދުވަހަކު ޔޫކްރޭނުން 100 ސިފައިން މަރުވޭ
ރަޝިޔާގެ ބޯޓުތައް ޑެންމާކާއި ސްވިޑްން އަށް ވަންނަނީ
އެމެރިކާގެ އިސް ދެ ވަޒީރުން ޔޫކްރޭނަށް
އދ. އާއި ނޭޓޯގެ ޑިޕްލޮމެސީއަށް ޝައުގުވެރިކަމެއް ނެތް
އެދެނީ ނޭޓޯ ހަތިޔާރުގެ އެންމެ ޕަސެންޓަކަށް: ޔޫކްރޭން
އެމެރިކާއިން ޔޫކްރޭނަށް އިތުރު ހަތިޔާރު ދެނީ
އުދުހުން މަނާ ނުކުރަންޏާ އިތުރު ހަތިޔާރުދީ: ޒެލެންސްކީ
ޒެލެންސްކީ، އެމެރިކާގެ ކޮންގްރެސްގައި ތަގުރީރުކުރައްވަނީ
ހުޅަނގުގެ ޚާއްސަ ސިފައިން ޔޫކްރޭންގައި ހަނގުރާމަކުރަނީ
ޔޫކްރޭނަށް އެފް-16ގެ ބޯޓެއް ނުދޭނަން: ބައިޑެން