ރަޝިޔާ އިން މިހާރު ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމައިގައި، ނިއުކްލިއާ ހަތިޔާރުން ހަމަލާއެއް ދިނުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށް ރަޝިޔާގެ ރިޔާސީ ގަނޑުވަރު ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް އިއްޔެ ވިދާޅުވެއްޖެ އެވެ.
ރަޝިޔާ އިން މިހާރު ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމައިގައި، ނިއުކްލިއާ ހަތިޔާރުން ހަމަލާއެއް ދިނުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށް ރަޝިޔާގެ ރިޔާސީ ގަނޑުވަރު ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް އިއްޔެ ވިދާޅުވެއްޖެ އެވެ.
މީގެ ކުރިން ސީއެންއެން އަށް ދެއްވި އިންޓަވިއުއެއްގައި ވެސް ވިދާޅުވި ފަދައިން މިފަހަރު ވެސް ޕެސްކޯވް ވިދާޅުވީ ރަޝިޔާ އިން ނިއުކްލިއާ ހަތިޔާރު ބޭނުންކުރާނީ، ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހާލަތުގަ އެވެ. ނަމަވެސް މިހާރު ޔޫކްރޭންގެ ހަނގުރާމައިން ހާސިލުކުރެވޭ ނަތީޖާ އަށް ބަލާއިރު، ނިއުކްލިއާ ހަތިޔާރު ބޭނުންކުރަން ނުޖެހޭ ކަމަށް ވެސް، ޕީބީއެސްގެ ނިއުސް އަވާ އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވި އެވެ.
"ޔޫކްރޭންގައި މިހާރު ހިންގަމުންދާ ހަރަކާތުގެ އެއްވެސް ނަތީޖާއަކަށް ބަލާއިރު، ނިއުކްލިއާ ހަތިޔާރު ބޭނުންކުރުމުގެ އެއްވެސް ބޭނުމެއް ނެތްކަން ޔަގީން. އަހަރެމެންގެ ތެރޭގައި އެބަ އޮތް ދިފާއީ ކަންކަމާ ބެހޭ ގޮތުން އަމަލުކުރާނެ ވަކި މަފްހޫމެއް. އެ މަފްހޫމުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި އެބަ އޮތް، އަހަރެމެންގެ ގައުމުގެ ދެމިއޮތުމަށް ނުރައްކަލެއް ކުރިމަތިވެއްޖެ ހިނދެއްގައި އެކަނި ކަމަށް ނިއުކްލިއާ ހަތިޔާރު ބޭނުންކުރާނީ. އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އަހަރެމެންގެ ގައުމުގެ ދެމިއޮތުމަށް ކުރިމަތިވާ ނުރައްކާ ފިލުވައިލުމަށް ނިއުކްލިއާ ހަތިޔާރުގެ ބޭނުން ކުރާނެ."
ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އަކީ މީހުން ކަތިލާ މީހެއް ކަމަށާއި، ޕުޓިން ވެރިކަމުގައި ހުރެގެން ނުވާނެ ކަމަށް، އެމެރިކާގެ ރައީސް ދާދި ފަހުން ވިދާޅުވި ވާހަކަތަކާ ގުޅޭ ގޮތުން ސުވާލު ކުރުމުން، ޕެސްކޯވް ވިދާޅުވީ އެއީ ނުރައްކާތެރި ވާހަކަތަކެއް ކަމަށެވެ.
"އެއީ ޒާތީ ގޮތުން ދިމާކޮށް އިހާނެތިކުރުމަށް ދެއްކެވި ވާހަކަތަކެއް. އެއްވެސް ޝައްކެއް ނެތް، އެއީ ބަލައިގަނެވޭނެ ވާހަކަތަކެއް ނޫން. ރަޝިޔާގެ ރައީސްގެ މަގާމުގައި ހުންނާނެ މީހަކު ކަނޑައެޅުމަކީ އެމެރިކާގެ ރައީސް ކަނޑައަޅުއްވަންޖެހޭ ކަމެއް ނޫން."
އޭނާ ވިދާޅުވީ ރަޝިޔާ ސިފައިން ޔޫކްރޭންގައި މިހާރު ހިންގަމުންދާ ހާއްސަ އަސްކަރީ ހަރަކާތުގެ ތެރޭގައި، ޔޫކްރޭންގެ އާންމު ރައްޔިތުންނަށް ގަސްދުގައި ހަމަލާއެއް ނުދޭ ކަމަށެވެ. އެހެން ނަމަވެސް ޔޫކްރޭން ސިފައިންނާއި ޔޫކްރޭންގައި ތިބި ބޭރުގެ ނޫސްވެރިންނާއި އެ ގައުމު ދޫކޮށް ނުކުންނަ ރެފިއުޖީން ބުނާ ގޮތުގައި، ސްކޫލްތަކާއި އާންމުން ދިރިއުޅޭ އިމާރާތްތަކަށާއި ސްކޫލްތަކަށް ވެސް ރަޝިޔާ ސިފައިންގެ ހަމަލާތައް އަމާޒުކުރެ އެވެ.
ރަޝިޔާ ސިފައިން މިހާރު ޔޫކްރޭންގައި ހިންގަމުންދާ އަސްކަރީ ހަރަކާތްތަކުގެ ތެރޭގައި، ހަނގުރާމައިގެ ޖަރީމާތައް ހިންގާ ކަމަށް، މިދިޔަ ހަފުތާގައި އެމެރިކާ އިން ވަނީ ރަސްމީކޮށް ކަނޑައަޅައިފަ އެވެ. އަދި ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ވެސް މިހާރު ވަނީ، ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ އިން ކުރަމުންދާ ހަނގުރާމައިގެ ތަހުގީގެއް ފަށައިފަ އެވެ.
ރަޝިޔާގެ ނިއުކްލިއާ ލަޝްކަރުގެ ތަމްރީންތަކެއް ބާއްވައިފި
ޕުޓިންގެ އިންޒާރެއް، މިސައިލް ދޭ ނަމަ ހަމަލަދޭނެ
ޔޫކްރޭން ލައްވަ ރަޝިޔާއަށް ހަމަލާ ދޭން ނޭޓޯ ތައްޔާރުވި
ހަނގުރާމަ އަށް ވަދެފިއްޔާ ވިދުވަރެއްހެން ރައްދެއް ދޭނަން: ޕުޓިން
ނޭޓޯއާ އިންޗިއަކަށް ވެސް ކައިރިނުވާތި: ބައިޑެން
ޔޫކްރޭންގައި އެމެރިކާ އާއި ރަޝިޔާގެ ހަނގުރާމައެއް!
"ނޭޓޯއާ ގުޅެން ކުރާ މަސައްކަތް ހުއްޓާލަން ތައްޔާރު"
ދުނިޔެ މި އޮތީ އާ ބޮޑު ހަނގުރާމައެއްގެ ތުންފަތްމަތީ
ރަޝިޔާގެ ނިއުކްލިއާ ހަތިޔާރު ބަހައްޓާނީ ނޭޓޯއާ ކައިރީ
ޕުޓިންގެ ނިއުކްލިއާ ވާހަކަތައް ނޭޓޯއިން ކުށްވެރިކޮށްފި