Roadha Mihaaru
އެމްޓީސީސީން ހޯރަފުށީގައި ޕްރީ ސްކޫލެއް ހަދަނީ

އެމްޓީސީސީން ހޯރަފުށީގައި އިންޓަނޭޝަނަލް ޕްރީ ސްކޫލެއް އިމާރާތްކުރަނީ

31 މާޗް 2022

އެމްޓީސީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން ހޯރަފުށީގައި އިންޓަނޭޝަނަލް ޕްރީ ސްކޫލެއް އިމާރާތްކުރަން ނިންމައި އެ ތަނުގެ ބިންގާ މިއަދު އަޅައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އެމްޓީސީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން ހޯރަފުށީގައި އިންޓަނޭޝަނަލް ޕްރީ ސްކޫލެއް އިމާރާތްކުރަން ނިންމައި އެ ތަނުގެ ބިންގާ މިއަދު އަޅައިފި އެވެ.

އެ ކުންފުނިން އެ މަސައްކަތް ކުރަނީ ހޯރަފުށީ ކައުންސިލްގެ އެދުމުގެ މަތިން ކަމަށް ވާއިރު، އެ ތަން ހިންގާނީ އެ ރަށު ކައުންސިލުންނެވެ.

މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނީ ސްކޫލު އިމާރާތް ވީހާ ވެސް އަވަހަކަށް ނިންމޭތޯ ބަލާނެ ކަމަށެވެ.

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ، ކުޑަކުދިންނަށް ތައުލީމު ފޯރުކޮށްދޭން އެހީވުމަކީ އެމްޓީސީސީގެ ސަގާފަތެއް ކަމަށާއި އެކަން ހާސިލް ކުރަން ރާއްޖެ އާއި ބޭރުގެ އަމިއްލަ ޖަމިއްޔާތަކާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ.

ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި ޕްރީ ސްކޫލްގެ ބިންގާ އަޅުއްވައި ދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި ހޯރަފުށި ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ސަލީމާއި އެ ރަށު ކައުންސިލްގެ ނައިބު ރައީސް އަހުމަދު އިމްދާހެވެ.