Roadha Mihaaru
މީޑިއާނެޓުން ރޯދަ މަހު ކޮންމެ ދުވަހަކު ހަދިޔާއެއް

މީޑިއާނެޓުން ރޯދަމަހު ކޮންމެ ދުވަހަކު ހަދިޔާއެއް

31 މާޗް 2022

މި ހަފުތާގެ ބަންދުގައި ފަށާ މި އަހަރުގެ ރޯދަމަހުގެ ކޮންމެ ދުވަހަކު ފެމިލީ ޕެކޭޖުން ފެށިގެން މައްޗަށް ސަބްސްކްރައިބް ކުރާ ހުރިހާ ކަސްޓަމަރުންގެ މެދުގައި ލަކީ ޑްރޯއެއް ނަގަން މީޑިއާނެޓުން ނިންމައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މި ހަފުތާގެ ބަންދުގައި ފަށާ މި އަހަރުގެ ރޯދަމަހުގެ ކޮންމެ ދުވަހަކު ފެމިލީ ޕެކޭޖުން ފެށިގެން މައްޗަށް ސަބްސްކްރައިބް ކުރާ ހުރިހާ ކަސްޓަމަރުންގެ މެދުގައި ލަކީ ޑްރޯއެއް ނަގަން މީޑިއާނެޓުން ނިންމައިފި އެވެ.

ވީޑިއޯ ކްލަބަށް ސަބްސްކްރައިބް ކޮށްފައިވާ މީހުންނަށް ވެސް ލަކީ ޑްރޯއިން އިނާމު ލިބުމުގެ ފުރުސަތު ލިބޭނެ އެވެ. އެގޮތުން ކޮންމެ ދުވަހަކު 1،000ރ. ގެ ގިފްޓް ކާޑެއް ލަކީ ޑްރޯއިން ހޮވޭ މީހަކަށް ލިބޭނެ އެވެ.

މީޑިއާނެޓްގެ އެމްއެސް ޑިޖިޓަލް އެޕް ބޭނުން ކުރުމުގެ އަގުތަކަށް ވެސް ބޮޑު ބަދަލެއް މިހާރު ވަނީ ގެނެސްފަ އެވެ. އެމްއެސް ސްޓާޓާ ޕެކްގެ ދެ މަހުގެ ސަބްސްކްރިޕްޝަނަށް ހަރަދު ކޮށްގެން ތިން މަސް ދުވަހަށް ޑިޖިޓަލް އެޕް ބޭނުންކުރެވޭނެ އެވެ.

އެމްއެސް ސްޓާޓާ ޕެކަކީ އެމްއެސް ޑިޖިޓަލް އެޕަށް ހާއްސަ ކޮށްފައިވާ ޕެކޭޖެކެވެ. މީޑިއާނެޓްގެ ޗެނަލްތައް އެމްއެސް ޑިޖިޓަލް އެޕް މެދުވެރިކޮށް ފޯނުން އަދި ޓެބްލެޓުން ވެސް ބަލައިލެވޭނެ އެވެ.

އެމްއެސް ސްޓާޓާ ޕެކެޖް ވެސް 100ރ. އަށް ތިން މަހަށް ބޭނުން ކުރެވޭނެ އެވެ.