Roadha Mihaaru
"އެންމެނަށް މީޑިއާނެޓް" ޕްރޮމޯޝަނުން އަގުބޮޑު އިނާމު

"އެންމެނަށް މީޑިއާނެޓް" ޕްރޮމޯޝަނުން އައިފޯން 13 ޕްރޯ އާއި އެތައް އިނާމެއް

11 ނޮވެމްބަރ 2021

އަގުހުރި ގިނަ އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް މީޑިއާނެޓުން އިއްޔެ ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އަގުހުރި ގިނަ އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް މީޑިއާނެޓުން އިއްޔެ ފަށައިފި އެވެ.

"އެންމެނަށް މީޑިއާނެޓް" ގެ ނަމުގައި ފެށި މި ޕްރޮމޯޝަނަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ އަހަރުގެ ޖެނުއަރީ 10ގެ ނިޔަލަށެވެ.

މި ޕްރޮމޯޝަންގައި، މީޑިއާނެޓުގެ "ވޯންޓް އިޓް އޯލް" ނުވަތަ ފުލް ޕެކޭޖަށް މަހުފީ ދެއްކުމަށް އެމްއެސް މީޑިއާނެޓް އެޕުގައި ރަޖިސްޓްރީ ކުރާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ދެ މީހަކަށް އައިފޯން 13 ޕްރޯއެއް ލިބޭނެ އެވެ. އަދި ފެމިލީ ޕެކޭޖަށްވުރެ މަތިން މަހުފީ ދެއްކުމަށް ފަހު އެމްއެސް މީޑިއާނެޓް އެޕަށް ރަޖިސްޓްރީ ކުރާ ކަސްޓަމަރުންގެ ތެރެއިން ކޮންމެ މަހަކު ދެ މީހަކަށް 55 އިންޗީގެ ޓީވީއެއް ލިބޭނެ އެވެ.

މީގެ އިތުރުން ދެ މަހަށް އެއްފަހަރާ މަހުފީ ދައްކާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ދެ މީހަކަށް ރާއްޖޭގެ އެންމެ ބޮޑު ރިސޯޓު، ސިޔާމް ވޯލްޑުގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

ޕްރޮމޯޝަން ފެށުމުގެ ގޮތުން މީޑިއާ ނެޓުން ކުރި ޕޯސްޓެއް--

މީޑިއާނެޓުގެ ބޭސިކް އާއި ފެމިލީ އާއި ޕްރިމިއަމް އަދި ވޯންޓް އިޓް އޯލް ޕެކޭޖު ނަގާފައިވާ ކަސްޓަމަރުންނަށް އެމްއެސް މީޑިއާނެޓް އެޕުގައި ހިލޭ ރަޖިސްޓްރީ ކުރެވޭނެ އެވެ. ޕްރޮމޯޝަނުގެ މުއްދަތުގައި އެމްއެސް އެޕަށް ރަޖިސްޓްރީ ކުރާ ކޮންމެ މީހަކަށް އެއް މަސް ދުވަހު ޗެނަލްތަކާއެކު ވީޑިއޯ އޮން ޑިމާންޑު (ވީއޯޑީ) ގެ ހިދުމަތް ހިލޭ ލިބޭނެ އެވެ.

އެމްއެސް ވީއޯޑީގެ ހިދުމަތް ފޯނާއި ލެޕްޓޮޕާއި ޓެބްލެޓުގައި ލިބޭއިރު އެމްއެސްޓީވީ އަދި އެމްއެސް ލައިޓް ޓީވީ އެޕްލިކޭޝަން މެދުވެރިކޮށް އެންޑްރޮއިޑް ޓީވީ އާއި ސެމްސަންގާއި އެލްޖީ ޓީވީތަކުން ވެސް މި ހިދުމަތް ލިބޭނެ އެވެ،