Roadha Mihaaru
"ފިޝް އޮފް ދަ ޑޭ" ބަލަންވީ މީޑިއާނެޓުން

"ފިޝް އޮފް ދަ ޑޭ" ބަލަންވީ މީޑިއާނެޓުން

31 އޯގަސްޓް 2021

ނޭޝަނަލް ޖިއޮގްރަފިކްގެ އެންމެ ކާމިޔާބު އެއް ޝޯ ކަމަށްވާ "ފިޝް އޮފް ދަ ޑޭ" ގެ ފަސް ވަނަ ސީޒަން މީޑިއާނެޓް މެދުވެރިކޮށް ބަލާލެވޭނެ ގޮތް ހަމަޖައްސައިފި އެވެ.

ނޭޝަނަލް ޖިއޮގްރަފިކްގެ އެންމެ ކާމިޔާބު އެއް ޝޯ ކަމަށްވާ "ފިޝް އޮފް ދަ ޑޭ" ގެ ފަސް ވަނަ ސީޒަން މީޑިއާނެޓް މެދުވެރިކޮށް ބަލާލެވޭނެ ގޮތް ހަމަޖައްސައިފި އެވެ.

މަސްވެރިންނާއި މަސްވެރިކަމަށް ލޯބިކުރާ މީހުންނަށް ހާއްސަކޮށްގެން ގެންނަ މި ޝޯގައި ދުނިޔޭގެ އެކި ގައުމުތަކުގައި މަސްވެރިކަމުގެ "އެޑްވެންޗާ"ތަކާ ގުޅޭ ވާހަކަތައް ގެނެސްދޭނެ އެވެ. މި ވާހަކަތައް ގެންނަނީ އެ ޝޯގެ ހޯސްޓް ކްލާކް ގޭފޯޑް އަމިއްލަ އަށް ދަތުރުކޮށްގެންނެވެ.

ކްލާކްއާ އެކު މިފަހަރުގެ ސީޒަންގައި ގެނެސްދޭނީ ނިއުޒިލެންޑުގެ މަސްވެރިކަމުގައި ފޮރުވިފައިވާ ސިއްރުތަކެވެ. އެގޮތުން، އެ ގައުމުގެ ރޮޓޯރުއާގައި އޮންނަ މަސްވެރިކަން ކުރާ ސިއްރު ސަރަހައްދަކަށް މި ފަހަރުގެ ސީޒަންގައި އޭނާ ގެންދާނެ އެވެ. މިތަނަށް އާންމުކޮށް ކިޔައި އުޅެނީ "ދަ ޑްރީމް ސްޓްރީމް" އެވެ.

މަސްވެރިކަމުގެ އިތުރުން ކްލާކް މިފަހަރުގެ ސީޒަންގައި ނިއުޒިލެންޑުގެ ކައިކޯރާއާ ބެހޭ މައުލޫމާތު ވެސް ހިއްސާ ކުރާނެ އެވެ. ޓޫރިޒަމްގެ މައްޗަށް ބަރޯސާވެފައިވާ މި ސަރަހައްދަކީ ކޮވިޑް-19 އާއި 2016 ވަނަ އަހަރު، ރިކްޓާ މިންގަނޑުން 7.8 ބާރު މިނުގައި އައި ބިންހެލުމުގެ ސަބަބުން ހާލުގައި ޖެހިފައި އޮތް ސަރަހައްދެކެވެ.

"ފިޝް އޮފް ދަ ޑޭ"ގެ ހޯސްޓު އޭނާ ބޭނި މަހެއް ހިފަހައްޓައިގެން: މިފަހަރުގެ ސީޒަންގައި ނިއުޒިލެންޑުގެ މަސްވެރިކަމާ ބެހޭ ތަފާތު މައުލޫމާތު ގެނެސްދޭނެ-- ފޮޓޯ: ނޭޝަނަލް ޖިއޮގްރަފިކް

"ފިޝް އޮފް ދަ ޑޭ"ގެ ހޯސްޓު އޭނާ ބޭނި މަހެއް ހިފަހައްޓައިގެން: މިފަހަރުގެ ސީޒަންގައި ނިއުޒިލެންޑުގެ މަސްވެރިކަމާ ބެހޭ ތަފާތު މައުލޫމާތު ގެނެސްދޭނެ-- ފޮޓޯ: ނޭޝަނަލް ޖިއޮގްރަފިކް

"ފިޝް އޮފް ދަ ޑޭ" ދައްކާނީ ކޮންމެ ހޯމަ ދުވަހެއްގެ ހަވީރު 6 ޖަހާއިރު ނޭޝަނަލް ޖިއޮގްރަފީ ޗެނަލުންނެވެ. މި ޝޯ ދައްކާ ވަގުތު މުހިންމު އިތުރު ޕުރޮގްރާމެއް ދައްކާ ނަމަ އެމްއެސް ޓީވީ މެދެވުރިކޮށް ޑީކޯޑަރަކާއި ނުލައި އެންޑްރޮއިޑް ޔޫ އެޗްޑީ ޓީވީ އަދި މަލްޓި ސްކްރީން މެދުވެރިކޮށް ފޯނާއި ލެޕްޓޮޕް ނުވަތަ ޓެބްލެޓް ފަދަ ޑިވައިސްތަކުން ބަލާލެވޭނެ އެވެ.

މީޑިއާނެޓުގެ ހިދުމަތްތަކަށް https://my.medianet.mv މެދުވެރިކޮށް ރަޖިސްޓްރީކޮށް ޕެކޭޖަށް ފައިސާ ދެއްކޭނެ އެވެ. އަދި އެމްއެސް ޓީީވީ އާއި ގުޅޭ ހިދުމަތްތައް https://register.medianet.mv/ މެދުވެރިކޮށް ލިބެން ހުންނައިރު މޯބައިލް ޑިވައިސް ތަކަށް މަލްޓި ސްކްރީން ޚިދުމަތްތައް https://www.cuda.medianet.mv މި ލިންކު ބޭނުން ކޮށްގެން ނެގޭނެ އެވެ.