Roadha Mihaaru
ދިވެހި ފިލްމް "ހެހެސް" މީޑިއާނެޓުގެ މަލްޓި ސްކްރީނަށް

ދިވެހި ފިލްމް "ހެހެސް" މީޑިއާނެޓުގެ މަލްޓި ސްކްރީނަށް އަންނަނީ

31 އޯގަސްޓް 2021

މީޑިއާ ނެޓުގެ އޮރިޖިނަލް ދިވެހި ފިލްމް "ހެހެސް" މަލްޓި ސްކްރީނުންނާއި އެމްއެސް ޓީވީ އަށް ވަރަށް އަވަހަށް ރިލީޒްކުރާނެ ކަމަށް މީޑިއާ ނެޓުން ބުނެފި އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

މީޑިއާ ނެޓުގެ އޮރިޖިނަލް ދިވެހި ފިލްމް "ހެހެސް" މަލްޓި ސްކްރީނުންނާއި އެމްއެސް ޓީވީ އަށް ވަރަށް އަވަހަށް ރިލީޒްކުރާނެ ކަމަށް މީޑިއާ ނެޓުން ބުނެފި އެވެ.

ކޮންމެ ފަދަ ކަމެއް ކޮށްގެން ވެސް ލޯބި ހާސިލްކުރާނެ ކަން ދައްކުވައި ދޭނެ މި ސީރީޒަކީ ޔޫއްޕެ ޕްރްޑަކްޝަންގެ މުޅިން އާ ކޮންސެޕްޓަކަށް ކުޅެފައިވާ ސަސްޕެންސް ބޮޑު ފިލްމެކެވެ.

މި ފިލްމުގެ ޓްރެއިލާގައި ދައްކުވައިދެނީ ހަތަރު އަންހެނުން ލޯބި ސިފަކުރާ ގޮތެވެ. މި ފިލްމަކީ ލޯބީގެ ތަފާތު ހާދިސާތައް ދައްކުވައިދޭ ސަސްޕެންސް ބޮޑު ތްރިލާއެކެވެ. ލޯބި ހާސިލްކުރުމުގައި ރާވާ ހީލަތްތެރި ރޭވުންތަކެވެ.

ދިވެހި ފިލްމް އިންޑަސްޓްރީގެ އެންމެ މަޝްހޫރު ތަރިން ކަމަށްވާ ޔޫސުފް ޝަފީއު (ޔޫއްޕެ)ގެ އިތުރުން އަލީ އާޒިމް (ދޮން އައްޔަ) އަދި އިބްރާހިމް ޖިހާދު (ޖިމީ) މި ފިލްމުގެ މުހިއްމު ރޯލުތަކުން ފެނިގެންދާނެ އެވެ. އަދި މީގެ އިތުރުން މިހާރު މި އިންޑަސްޓްރީގައި ވިދަމުން އަންނަ ތަރިން، އިރުފާނާ އިބްރާހިމް (އިރޫ) އާއި ވާޝިޔާ މުހައްމަދު އަދި މަރިޔަމް ޝިފާ (ޝިފް) ހިމެނެ އެވެ.

ޔޫއްޕެ ޕްރޮޑަކްޝަން އާ ޝައި ޕްރޮޑަކްޝަނުން ގުޅިގެން އުފެއްދި މި ފިލްމުގެ ފުރަތަމަ ޓްރެއިލާ ވަނީ މި މަހުގެ 19 ވަނަ ދުވަހު މީޑިއާ ނެޓުން އާންމުކޮށްފަ އެވެ.

މީޑިއާ ނެޓުގެ ފެމިލީ ބޭސިކް ނުވަތަ ފެމިލީ ކަސްޓަމަރުން 100 ރުފިޔާ އަށް މަލްޓި ސްކްރީން (އެމްއެސް) ވީޑިއޯ އަށް ސަބްސްކްރައިބް ކޮށްގެން ފިލްމުގެ އިތުރުން އެމްއެސް ގައި ހުރި ސީރީޒްތައް ބެލޭނެ އެވެ. އަދި ވޯން އިޓް އޯލް ކަސްޓަމަރުންނަށް 50 ރުފިޔާ އަށް އެމްއެސް ވީޑިއޯ އަށް ސަބްސްކްރައިބް ކުރެވޭނެ އެވެ.

މީޑިއާ ނެޓާ އަލަށް ގުޅޭ ކަސްޓަމަރުންނަށް އެމްއެސް ކޮމްބޯއެއް ނަގައިގެން 150 ރުފިޔާ އަށް ވީޑިއޯ ކޮންޓެސްޓްތައް ބެލޭނެ އެވެ.