Roadha Mihaaru
"ވީކެންޑް ވިތު ވަސީމް" މީޑިއާ ނެޓް މަލްޓި ސްކްރީނަށް

"ވީކެންޑް ވިތު ވަސީމް" މީޑިއާ ނެޓް މަލްޓި ސްކްރީނަށް

04 ނޮވެމްބަރ 2021

މީޑިއާ ނެޓުން "ވީކެންޑް ވިތު ވަސީމް"ގެ ނަމުގައި ޓޯކްޝޯއެއް ފަށަން ތައްޔާރުވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މީޑިއާ ނެޓުން "ވީކެންޑް ވިތު ވަސީމް"ގެ ނަމުގައި ޓޯކްޝޯއެއް ފަށަން ތައްޔާރުވެއްޖެ އެވެ.

މީޑިއާނެޓްގެ މަލްޓި ސްކްރީން ވީޑިއޯ އޮން ޑިމާންޑް (ވީއޯޑީ) ގައި މި މަހުގެ 12 ގައި ފަށާ މި ޝޯ ހުށަހަޅައިދޭނީ ރާއްޖޭގެ މަޝްހޫރު ޕްރެޒެންޓަރު މޫސާ ވަސީމެވެ.

މި ޝޯގައި ކޮންމެ ހަފުތާއަކު ދެ މެހެމާނުން ގެންނާނެ އެވެ. އެ މެހެމާނުންނާ އެކު ތަފާތު މައުލޫތަކަށް ވާހަކަދައްކައި، ގޭމުތައް ކުޅޭނެ އެވެ.

މި ޝޯގައި މެހެމާނުންގެ ގޮތުގައި ފެންނާނީ ރާއްޖޭގެ މަޝްހޫރު އެކްޓަރުންނާއި ކޮމީޑިއަނުންނާއި މިޔުޒިޝަނުންނެވެ.

މީޑިއާ ނެޓުގެ މި ޝޯ ބަލަން ބޭނުންވާ މީހުންނަށް މަލްޓި ސްކްރީން ވީއޯޑީ، ފޯނާއި ލެޕްޓޮޕާއި ޓެބްލެޓާއި ސްމާޓް ޓީވީތަކުން ވެސް ބެލޭނެ އެވެ. މި އެޕްލިކޭޝަން މިހާރު އެކި ބްރޭންޑުތަކުގެ އެޕް ސްޓޯރުތަކުން ލިބެން ހުންނާނެ އެވެ.

ޓީވީ މެދުވެރިކޮށް ވީއޯޑީގެ ހިދުމަތް ހޯދަން ބޭނުންވާ ހުރިހާ ކަސްޓަމަރުންނަށް https://register.medianet.mv/ މެދުވެރިކޮށް މި ހިދުމަތަށް ރަޖިސްޓްރީ ކުރެވޭނެ އެވެ.