01 އެޕްރީލް 2022
ކޮލަމްބޯ (އޭޕްރީލް 1) - ސްރީ ލަންކާގެ އިގްތިސާދު އިނދަޖެހި، ގައުމުގެ ރައީސް ގޯޓާބޭ ރާޖަޕަކްސާ ގޭދޮށުގައި އާއްމުން ކުރަމުން ގެންދާ މުޒާހަރާ ހޫނުވެ ކޮލަމްބޯގެ ގިނަ ސަރަހައްދުތަކެއްގައި މުއްދަތެއް ނެތް ގޮތަށް ކާފިއު މިރޭ އިއުލާން ކޮށްފި އެވެ.
ކޮލަމްބޯ (އޭޕްރީލް 1) - ސްރީ ލަންކާގެ އިގްތިސާދު އިނދަޖެހި، ގައުމުގެ ރައީސް ގޯޓާބޭ ރާޖަޕަކްސާ ގޭދޮށުގައި އާއްމުން ކުރަމުން ގެންދާ މުޒާހަރާ ހޫނުވެ ކޮލަމްބޯގެ ގިނަ ސަރަހައްދުތަކެއްގައި މުއްދަތެއް ނެތް ގޮތަށް ކާފިއު މިރޭ އިއުލާން ކޮށްފި އެވެ.
ލަންކާގެ ރައީސް ގޮޓާބޭގެ އިސްތިއުފާއަށް ގޮވާ ބާއްވަމުންދާ މުޒާހަރާގެ ބައިވެރިންނާއި ސަލާމަތީ ބާރުތަކާ ދެމެދު ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން ކޮލަމްބޯ ނޯތާއި ސައުތު އަދި ކޮލަމްބޯ ސެންޓްރަލްގެ އިތުރުން ނުގޭގޮޑާ އާއި މައުންޓް ލެވީނިއާގެ އިތުރުން ކެލަނިޔާ ޕޮލިސް ޑިވިޝަންގެ ތެރޭގައި ހިމެނޭ 61 ހިސާބެއްގައި ވަނީ ކާފިއު އިއުލާން ކޮށްފަ އެވެ. ދެހިވަލަ ހިމެނޭ މައުންޓް ލެވީނިއާ ހިސާބަކީ އެންމެ ގިނަ ދިވެހިން ލަންކާގައި ދިރިއުޅޭ ހިސާބެވެ.
މުޒާހަރާގެ ބައިވެރިން ރޭ ވަނީ ވެރިރަށް ކޮލަމްބޯ އާއި ކޭންޑީ ގުޅާލަދޭ މައި މަގު ވެސް ބަންދު ކޮށްފަ އެވެ. އަދި ރައީސް ގޮޓާބޭ ދިރިއުޅުއްވާ މިރިހާނަ ސަރަހައްދުގައި މުޒާހަރާގެ ބައިވެރިން ވަނީ ސަލާމަތީ ބާރުތަކުން ބޭނުންކުރާ ބަހެއްގައި ވެސް ރޯކޮށްލައިފަ އެވެ.
ލަންކާގެ ހީނަރުވެފައިވާ އިގްތިސާދު ކޮޅަށް ޖެހޭތޯ ސަރުކާރުން އަންނަނީ އެކި ގައުމުތަކުން ބޮޑެތި ލޯނުތައް ނަގަމުންނެވެ. އަދި ލޯނުތައް އަދާ ނުކުރެވި، އެކަން ފޫބައްދަން ވެސް ދަނީ ލޯނު ނަގަމުންނެވެ. ނަމަވެސް ދުވަހެއް ދުވަހަކަށް ލަންކާގެ ހާލަތު ދަނީ ގޯސް ވަމުންނެވެ.
އިގްތިސާދީ ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި ގައުމުގެ ފައިސާގެ އަގު ވެސް އަންނަނީ ހަލުވި ކަމާ އެކު ދަށަށް ދަމުންނެވެ. މީގެ އިތުރުން ބޭރުން ތެޔޮ ގަންނަން ޑޮލަރު ލިބުން ދަތިވެ، ތެޔޮ ހޯދަން ޝެޑުތަކުގެ ކިއޫގައި ވެސް ރައްޔިތުން އެތައް ގަޑިއިރެއް ވަންދެން ތިބެ އެވެ. އަދި ކަރަންޓު ފޯރުކޮށް ނުދެވި، ދުވާލާއި ރޭގަނޑުގެ ބޮޑު ބައެއް ލަންކާގެ ރައްޔިތުން ތިބެން ޖެހެނީ ކަރަންޓާ ނުލާ އެވެ.
ރަނިލް ރައީސްކަމަށް، ރައްޔިތުން މަގުތަކަށް
ބޮޑެތި ބާރުތަކަކާ އެކު ލަންކާ ސިފައިން މަގުތަކަށް
ލަންކާ މުޒާހަރާ އަށް ބަޑިޖެހުމުން މީހަކު މަރުވެއްޖެ
ޖަޔަސޫރިއާ އާއި ރަނަތުންގާ ވެސް މުޒާހަރާ އަށް
މުޒާހަރާގައި ބައިވެރިވި ލަންކާގެ ފުލުހަށް ފިޔަވަޅުއަޅަނީ
މުޒާހަރާގެ ކޮންމެ މިނިޓަކީ ގެއްލޭ ޑޮލަރު: ރާޖަޕަކްސާ
ލަންކާގައި ސޯޝަލް މީޑިއާ ބްލޮކްކޮށްފި
ލަންކާގައި ކުއްލި ހާލަތު އިއުލާންކޮށްފި
ލަންކާގައި އުޅުނީ ރާއްޖޭގެ ގޭންގު ލީޑަރަކު މަރާލަން!
ލަންކާ އެއާޕޯޓުން ދިވެއްސަކު ހައްޔަރުކޮށްފި