16 އެޕްރީލް 2022
ކޮލަމްބޯ (އެޕްރީލް 16) - ސްރީ ލަންކާ އަށް ކްރިކެޓް ވޯލްޑް ކަޕް ހޯދައިދިން ކެޕްޓަން އަރުޖުނާ ރަނަތުންގާ އާއި ކުރީގެ ކްރިކެޓް ކެޕްޓަން ސަނަތު ޖަޔަސޫރިއާ، ސަރުކާރާ ދެކޮޅު މުޒާހަރާތަކުގައި ބައިވެރިވެއްޖެ އެވެ.
ކޮލަމްބޯ (އެޕްރީލް 16) - ސްރީ ލަންކާ އަށް ކްރިކެޓް ވޯލްޑް ކަޕް ހޯދައިދިން ކެޕްޓަން އަރުޖުނާ ރަނަތުންގާ އާއި ކުރީގެ ކްރިކެޓް ކެޕްޓަން ސަނަތު ޖަޔަސޫރިއާ، ސަރުކާރާ ދެކޮޅު މުޒާހަރާތަކުގައި ބައިވެރިވެއްޖެ އެވެ.
ރައީސް ގޯޓާބޭ ރާޖަޕަކްސާގެ އިސްތިއުފާ އަށް އެދި ގޮވާލައި ގޯލް ފޭސް ކްރީންގައި ސިލްސިލާކޮށް ކުރިއަށްގެންދާ މުޒާހަރާގައި ބައިވެރިވެ ދެ ކެޕްޓަނުން ވެސް ވަނީ ގޯޓާބޭ މަގާމުން ދުރުކުރުމުގެ މަސައްކަތަށް ތާއީދުކުރުމަށް ކުރީގެ ކުޅުންތެރިންނަށް ގޮވާލައިފަ އެވެ.
"އަހަރެމެންގެ ސަޕޯޓަރުން މަގުތަކަށް ނުކުންޏަށް ޖެހުނީ އެ މީހުންނަށް ދެން އެހެން ގޮތެއް ނެތިގެން. މި އުނދަގޫތަކަށް އިތުރަށް ކެތް ނުކުރެވިގެން. ސަޕޯޓަރުންނަށް އެންމެ ބޭނުން ޖެހުނު ދުވަހު އަހަރެމެން ތިބޭނީ އެ މީހުންނާ އެކު. ކުޅިވަރުގެ ތަރިން އަމަލީ ގޮތުން މިކަމުގައި ބައިވެރިވާން ޖެހޭ،" ގޯޓާބޭގެ އޮފީހުގެ ބޭރުގައި ކުރަމުންދާ މުޒާހަރާގައި ބައިވެރިވެ ރަނަތުންގާ ބުންޏެވެ.
ރަނަތުންގާ އަށް ފަހު ޔަޖަސޫރިއާ ވެސް މުޒާހަރާ އަށް ގޮސް ބައިވެރިންނާ މުޚާތަބްކޮށް ބުނެފައި ވަނީ "މެސެޖް ވަރަށް ސާފު ކަމަށާއި ކަމާބެހޭ ފަރާތްތަކުން އެ މެސެޖް އަޑު އަހަން ޖެހޭނެ" ކަމަށެވެ.
މިއީ މުޒާހަރާގައި އަމަލީ ގޮތުން ފުރަތަމަ ބައިވެރި ކުރީގެ ކެޕްޓަނުންނެވެ. އެހެން ކުޅުންތެރިން ވެސް ވަނީ މުޒާހަރާ އަށް ތާއީދުކުރާކަން ސޯޝަލް މީޑިއާގައި ހާމަކޮށްފަ އެވެ.
ކުރީގެ ކެޕްޓަން މަހެލަ ޖަޔަވަރްދަނާ ވަނީ މުޒާހަރާތަކަށް ތާއިދުކޮށް ގޯޓާބޭގެ އިސްތިއުފާ އަށް ގޮވާލައިފަ އެވެ. އަދި ކުރީގެ ކެޕްޓަން ކުމާރު ސންގަކަރަ ވެސް ވަނީ މުޒާހަރާ އަށް ތާއީދުކުރާކަން ހާމަކޮށްފަ އެވެ.
ރަނިލް ރައީސްކަމަށް، ރައްޔިތުން މަގުތަކަށް
ލަންކާ މުޒާހަރާ އަށް ބަޑިޖެހުމުން މީހަކު މަރުވެއްޖެ
މުޒާހަރާގައި ބައިވެރިވި ލަންކާގެ ފުލުހަށް ފިޔަވަޅުއަޅަނީ
މުޒާހަރާގެ ކޮންމެ މިނިޓަކީ ގެއްލޭ ޑޮލަރު: ރާޖަޕަކްސާ
ލަންކާގައި ސޯޝަލް މީޑިއާ ބްލޮކްކޮށްފި
ލަންކާގައި ކުއްލި ހާލަތު އިއުލާންކޮށްފި
ލަންކާގެ 61 ހިސާބެއްގައި ކާފިއު އިއުލާން ކޮށްފި
ބޭނުމީ އަބަދު ބަދަލުނުވާނެ ގައުމީ ސިޔާސަތެއް: ރަނިލް
ލަންކާގެ އިންފްލޭޝަން 70 ޕަސެންޓަށް
ލޯނުގެ އެހީ އަށް ބަރޯސާވެގެން ތިބެވޭކަށް ނެތް: ރަނިލް