02 އެޕްރީލް 2022
ކޮލަމްބޯ (އެޕްރީލް 1) - ސްރީ ލަންކާގައި ހަމަނުޖެހުން ބޮޑުވުމާ ގުޅިގެން ކުއްލި ހާލަތު އިއުލާންކޮށްފި އެވެ.
ކޮލަމްބޯ (އެޕްރީލް 1) - ސްރީ ލަންކާގައި ހަމަނުޖެހުން ބޮޑުވުމާ ގުޅިގެން ކުއްލި ހާލަތު އިއުލާންކޮށްފި އެވެ.
ކުއްލި ހާލަތު އިއުލާން ކުރަން ރައީސް ގޯޓާބޭ ރާޖަޕަކްސާ ނިންމެވީ ތަކެތީގެ އަގުބޮޑުވެ ތެޔޮ ނުލިބި، ދުވާލަކު 13 ގަޑިއިރަށް ކަރަންޓް ކަނޑަން ނިންމުމާ ގުޅިގެން، އެމަނިކުފާނުގެ ގެކޮޅުގެ ކައިރީގައި ބުރާސްފަތި ދުވަހުގެ ރޭ މުޒާހަރާކުރަން ފެށުމާ ގުޅިގެންނެވެ. ކޮލަމްބޯގެ ހިމެނޭ ގޮތަށް ބޮޑު ސަރަހައްދެއްގައި އެރޭ ވަނީ ކާފިއު އިއުލާންކޮށްފަ އެވެ. އަދި ހުކުރު ދުވަހު ހެނދުނު ކާފިއު އުވާލުމަށް ފަހު ރޭ އަނެއްކާވެސް ވަނީ ކާފިއު ހިންގައިފަ އެވެ.
ކުއްލި ހާލަތު އިއުލާންކުރުމާ ގުޅިގެން، ހަމަނުޖެހުން ހިންގަން އުޅޭކަމަށް ތުހުމަތު ކުރެވޭ މީހުން ހިފައި ހައްޔަރުކޮށް، ދިގު މުއްދަތެއްގައި ބޭތިއްބުމުގެ ބާރު ސަލާމަތީ ފަރާތްތަކަށް ލިބިގެންވެ އެވެ.
"ކުއްލި ހާލަތު އިއުލާންކުރަން ޖެހުނީ އާއްމުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި އަސާސީ ޚިދުމަތްތަކަށް ބުރުލެއް ނާރަ ފޯރުކޮށްދިނުމަށް،" ކުއްލި ހާލަތު އިއުލާން ކުރުމަށް ނެރުއްވި ބަޔާނުގައި ގޯޓާބޭ ވިދާޅުވެފައިވެ އެވެ.
މިއީ 1949 ވަނަ އަހަރު ސްރީ ލަންކާ މިނިވަންވީ ފަހުން އެ ގައުމުގެ 22 މިލިއަން މީހުން ތަޖްރިބާކުރަމުންދާ އިގްތިސާދީ އެންމެ ހިތްދަތި ދުވަސްވަރެވެ. ބޭރުން ތެޔޮ ގަންނަން ބޭރު ފައިސާ ލިބުން ދަތިވުމުގެ ސަބަބުން ބުރާސްފަތި ދުވަހުން ފެށިގެން ދުވާލަކު 13 ގަޑިއިރަށް ކަރަންޓް ކަނޑަން ވަނީ ފަށައިފަ އެވެ. މާޗު މަހު ތަކެތީގެ އަގު ވަނީ 18.7 ޕަސެންޓް ބޮޑުވެފަ އެވެ. މިއީ ޖެހިޖެހިގެން ތަކެތީގެ އަގު ބޮޑުވި ހަތް ވަނަ މަހެވެ. ކާބޯތަކެތީގެ އަގު މާޗު މަހު ވަނީ 30.1 ޕަސެންޓް ބޮޑުވެފަ އެވެ.
ރަނިލް ރައީސްކަމަށް، ރައްޔިތުން މަގުތަކަށް
ލަންކާ މުޒާހަރާ އަށް ބަޑިޖެހުމުން މީހަކު މަރުވެއްޖެ
ޖަޔަސޫރިއާ އާއި ރަނަތުންގާ ވެސް މުޒާހަރާ އަށް
މުޒާހަރާގައި ބައިވެރިވި ލަންކާގެ ފުލުހަށް ފިޔަވަޅުއަޅަނީ
މުޒާހަރާގެ ކޮންމެ މިނިޓަކީ ގެއްލޭ ޑޮލަރު: ރާޖަޕަކްސާ
ލަންކާގައި ސޯޝަލް މީޑިއާ ބްލޮކްކޮށްފި
ލަންކާގެ 61 ހިސާބެއްގައި ކާފިއު އިއުލާން ކޮށްފި
ބޭނުމީ އަބަދު ބަދަލުނުވާނެ ގައުމީ ސިޔާސަތެއް: ރަނިލް
ލަންކާގެ އިންފްލޭޝަން 70 ޕަސެންޓަށް
ލޯނުގެ އެހީ އަށް ބަރޯސާވެގެން ތިބެވޭކަށް ނެތް: ރަނިލް