01 އެޕްރީލް 2022
ކޮލަމްބޯ (އެޕްރީލް 1) - ސްރީ ލަންކާގައި މުދާ އިމްޕޯޓްކުރާނެ ބޭރު ފައިސާގެ ދަތިކަން އިންތިހާއަށް ކުރިމަތިވެ އާއްމުންގެ ދިރިއުޅުމަށް ބޮޑެތި އުނދަގޫތައް ފޯރަން ފެށުމުން ރައީސް ގޯޓާބޭ ރާޖަޕަކްސާގެ ގެކޮޅުގެ ކައިރީގައި ރޭ ފެށި މުޒާހަރާއާ އެކު ކޮލަމްބޯގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފި އެވެ.
ކޮލަމްބޯ (އެޕްރީލް 1) - ސްރީ ލަންކާގައި މުދާ އިމްޕޯޓްކުރާނެ ބޭރު ފައިސާގެ ދަތިކަން އިންތިހާއަށް ކުރިމަތިވެ އާއްމުންގެ ދިރިއުޅުމަށް ބޮޑެތި އުނދަގޫތައް ފޯރަން ފެށުމުން ރައީސް ގޯޓާބޭ ރާޖަޕަކްސާގެ ގެކޮޅުގެ ކައިރީގައި ރޭ ފެށި މުޒާހަރާއާ އެކު ކޮލަމްބޯގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފި އެވެ.
ރައީސް ގޯޓާބޭގެ އިސްތިއުފާ އަށް ގޮވާލަން ފެށި މުޒާހަރާ ހޫނުވުމާ ގުޅިގެން ކޮލަމްބޯގެ އެކި ހިސާބުތަކުގައި ރޭ ވަނީ ކާފިއު އިއުލާންކޮށްފަ އެވެ. އޭގެ ތެރޭގައި ދިވެހިން ލަންކާގައި އެންމެ ގިނަ އަދަދަކަށް ދިރިއުޅޭ ދެހިވަލަ ސަރަހައްދު ވެސް ހިމެނެ އެވެ.
ރޭގެ މުޒާހަރާ އަށް ނުކުތް މީހުން ވަނީ ސިފައިންގެ ދެ ބަހާއި ފުލުހުންގެ ޖިޕެއްގައި އަލިފާން ރޯކޮށްލައިފަ އެވެ. އަދި ފުލުހުންނާ ދިމާލަށް އެޅިގާ އުކައި ކޮލަމްބޯގެ މައި މަގުތަކަށް ވަނީ ރޯކޮށްފައިވާ ޓަޔަރުތައް އުކައިފަ އެވެ.
ރޭގެ މުޒާހަރާގައި ފުލުހުންގެ ޖިޕެއްގައި ރޯކޮށްލާފައި. --ފޮޓޯ:އޭއެފްޕީ
ފުލުހުން ބުނީ ރޭގެ ހަމަނުޖުންތަކުގައި އާއްމުންގެ އެކަކަށް އަނިޔާވެ އަދި ފުލުހުންގެ ފަސް މީހަކަށް ވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ. ހަމަނުޖެހުންތަކާ ގުޅިގެން ވަނީ 45 މީހުން ހައްޔަރުކޮށްފަ އެވެ.
މުޒާހަރާ ކޮންޓްރޯލް ކުރުމަށް ސަލާމަތީ ފަރާތްތަކުން ވަނީ ކަރުނަ ގޭހާއި ފެން ބަޑި ބޭނުންކޮށްފަ އެވެ.
ރޭ އިއުލާންކުރި ކާފިއު މިއަދު ހެނދުނު ވަނީ އުވާލައިފަ އެވެ. ނަމަވެސް ފުލުހުން ބުނީ ކޮލަމްބޯގައި ސަލާމަތީ ފިޔަވަޅުތައް ވަރަށް ބޮޑަށް ވަރުގަދަވާނެ ކަމަށެވެ.
މިއީ 1949 ވަނަ އަހަރު ސްރީ ލަންކާ މިނިވަންވީ ފަހުން އެ ގައުމުގެ 22 މިލިއަން މީހުން ތަޖްރިބާކުރަމުންދާ އިގްތިސާދީ އެންމެ ހިތްދަތި ދުވަސްވަރެވެ. ބޭރުން ތެޔޮ ގަންނަން ބޭރު ފައިސާ ލިބުން ދަތިވުމުގެ ސަބަބުން އިއްޔެ އިން ފެށިގެން ދުވާލަކު 13 ގަޑިއިރަށް ކަރަންޓް ކަނޑަން ވަނީ ފަށައިފަ އެވެ. ފެބްރުއަރީ މަހު ތަކެތީގެ އަގު ވަނީ 18 ޕަސެންޓް ބޮޑުވެފަ އެވެ.
"ކޮލަމްބޯ އިން ސެޕްޓެމްބަރު މަހު ކާއެއްޗެހި ހުސްވާނެ"
ލަންކާގައި ފެންބޮޑުވެ ގިނަ ބަޔަކަށް ގެއްލުންވެއްޖެ
ބޭނުމީ އަބަދު ބަދަލުނުވާނެ ގައުމީ ސިޔާސަތެއް: ރަނިލް
ލަންކާގެ އިންފްލޭޝަން 70 ޕަސެންޓަށް
ލޯނުގެ އެހީ އަށް ބަރޯސާވެގެން ތިބެވޭކަށް ނެތް: ރަނިލް
ގޯޓާބޭ އަށް ހިމާޔަތް ދިނުމަށް ގޮވާލައިފި
އެކަކަށް ވެސް ހިލޭ ކާން ނުދެވޭނެ: ރަނިލް
އައިއެމްއެފްގެ ވަފުދެއް ލަންކާ އަށް ޒިޔާރަތް ކުރަނީ
ގޯޓާބޭ، ސިންގަޕޫރުން ތައިލޭންޑަށް ވަޑައިގަންނަވަނީ
ހުރިހާ ޕާޓީތަކުގެ ސަރުކާރާ ބެހޭ ތަފްސީލު ހިއްސާކުރަނީ