04 ޖޫން 2022
ކޮލަމްބޯ (ޖޫން 4) - އަންނަ ސެޕްޓެމްބަރު މަހާ ހަމައަށް ދާއިރު ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯ އިން ކާބޯތަކެތި ހުސްވާނެ ކަމުގެ އިންޒާރު އެ ސިޓީގެ މޭޔަރު ރޯސީ ސެނަނަޔަކަ ދެއްވައިފި އެވެ.
ކޮލަމްބޯ (ޖޫން 4) - އަންނަ ސެޕްޓެމްބަރު މަހާ ހަމައަށް ދާއިރު ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯ އިން ކާބޯތަކެތި ހުސްވާނެ ކަމުގެ އިންޒާރު އެ ސިޓީގެ މޭޔަރު ރޯސީ ސެނަނަޔަކަ ދެއްވައިފި އެވެ.
އެކަމަނާ ވިދާޅުވީ 600 އޭކަރުގެ ބިމެއްގައި، ކޮލަމްބޯ މުނިސިޕަލް ކައުންސިލް (ސީއެމްސީ) އިން ވަރަށް އަވަހަށް ކާބޯތަކެތި ހެއްދުމުގެ މަސައްކަތް ފަށާާނެ ކަމަށެވެ.
ސެނަނަޔަކަ ވިދާޅުވީ ކާބޯތަކެތި ހެއްދުމަށް ސީއެމްސީން މަސައްކަތް ކުރަމުންދާއިރު އާއްމުން ވެސް ގޭގެ ހުސްތަނުގައި ކާބޯތަކެތި އިންދުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.
"ކޮލަމްބޯ ސިޓީގެ ގާތްގަނޑަކަށް 60 ޕަސެންޓަކީ މަދުން އާމްްދަނީ ލިބޭ މީހުން. ކާބޯތަކެތީގެ ކޮންމެ ތާށިކަމަކާ އެކު އެ މީހުންނަށް އަސަރުކުރާނެ. އެއްވެސް މީހަކު ބިރުގަންނަ ފަދަ އިންޒާރެއް ދިނުމަށް ބޭނުމެއް ނުވޭ. އެކަމަކު ހާލަތު އަންގައިދީ ތައްޔާރުވުމަށް އިލްތިމާސްކުރަން،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސެނަނަޔަކަ ވިދާޅުވި އެވެ.
މަދުން އާމްދަނީ ލިބޭ މީހުންނަށް ފައިސާގެ ވައުޗަރެއް ދޫކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ވެސް ސެނަނަޔަކަ ވިދާޅުވި އެވެ.
ކާބޯތަކެތީގެ ރައްކާތެރިކަން ޔަގީންކުރުމާ ގުޅޭ ގޮތުން ލަންކާ އިން މިހާރު ދަނީ ވޯލްޑް ފުޑް ޕްރޮގްރާމް، ގްލޯބަލް ފުޑް އެންޑް އެގްރިކަލްޗާ އޮގަނައިޒޭޝަންއާ އެކު މަޝްވަރާ ކުރަމުން ކަމަށް އެކަމަނާ ވިދާޅުވި އެވެ.
ކާބޯތަކެތީގެ އިސްރާފް މަދުކުރުމާ ގުޅޭ ގޮތުން ވެސް ސީއެމްސީން މަޝްވަރާ ކުރަމުން ގެންދާ ކަމަށް ވިދާޅުވި އެވެ. ކޮލަމްބޯ ސިޓީން މިހާރު ދުވާލަކު 350 ޓަނުގެ ކާބޯތަކެތި އިސްރާފުގެ ގޮތުގައި އުކާލަން ޖެހެ އެވެ.
މޭޔަރު ވިދާޅުވީ ކާބޯތަކެތީގެ ޔަގީންކަން ހޯދުމަށްޓަކައި އިސްރާފުގެ ބައި މަދުކުރުމުގެ މަސައްކަތް ވެސް ކުރަން ޖެހޭ ކަމަށެވެ.
ކޮލަމްބޯގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައި
ލަންކާގައި ފެންބޮޑުވެ ގިނަ ބަޔަކަށް ގެއްލުންވެއްޖެ
ބޭނުމީ އަބަދު ބަދަލުނުވާނެ ގައުމީ ސިޔާސަތެއް: ރަނިލް
ލަންކާގެ އިންފްލޭޝަން 70 ޕަސެންޓަށް
ލޯނުގެ އެހީ އަށް ބަރޯސާވެގެން ތިބެވޭކަށް ނެތް: ރަނިލް
ގޯޓާބޭ އަށް ހިމާޔަތް ދިނުމަށް ގޮވާލައިފި
އެކަކަށް ވެސް ހިލޭ ކާން ނުދެވޭނެ: ރަނިލް
އައިއެމްއެފްގެ ވަފުދެއް ލަންކާ އަށް ޒިޔާރަތް ކުރަނީ
ގޯޓާބޭ، ސިންގަޕޫރުން ތައިލޭންޑަށް ވަޑައިގަންނަވަނީ
ހުރިހާ ޕާޓީތަކުގެ ސަރުކާރާ ބެހޭ ތަފްސީލު ހިއްސާކުރަނީ