Roadha Mihaaru
ލިލީސްގެ ބިމެއް ކައުންސިލުން އެހެން ބަޔަކަށް ކުއްޔަށް!

ކާނިވަލުގައި އޮތް ލިލީސްގެ ބިމެއް ކައުންސިލުން އެހެން ބަޔަކަށް ކުއްޔަށް ދީފި!

04 އެޕްރީލް 2022

އަލިމަސް ކާނިވަލުގައި ލިލީ އިންޓަނޭޝަނަލް އަށް ކުއްޔަށް ދީފައިވާ ބިމެއް، އެ ފަރާތަށް ނޭނގި ސިޓީ ކައުންސިލުން އެހެން ބަޔަކަށް ކުއްޔަށް ދިން މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އަލިމަސް ކާނިވަލުގައި ލިލީ އިންޓަނޭޝަނަލް އަށް ކުއްޔަށް ދީފައިވާ ބިމެއް، އެ ފަރާތަށް ނޭނގި ސިޓީ ކައުންސިލުން އެހެން ބަޔަކަށް ކުއްޔަށް ދިން މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ކުރިން ލިލީސް ރެސްޓޯރަންޓް ހިންގި ބިމަކީ، މީގެ 15 ވަރަކަށް އަހަރު ކުރިން ލިލީސް އިންޓަނޭޝަނަލް އަށް، 2027 ގެ ނިޔަލަށް ކުއްޔަށް ދީފައިވާ ބިމެކެވެ. އެކި އަހަރު ކުއްޔަށް އެކި އަދަދު ނަގަމުން ގޮސް، މިހާރު ކުލީގެ ގޮތުގައި ކޮންމެ މަހަކު 115،000ރ. ދައްކަން ޖެހެ އެވެ. އެ ކުލި ލިލީސް އިން އަންނަނީ ކޮންމެ މަހަކު ވެސް ބަރާބަރަށް ދައްކަމުންނެވެ. ލިލީން އެ ބިމަށް މިހާތަނަށް 10 މިލިއަނަށް ވުރެ ގިަނ ރުފިޔާ ވަނީ ދައްކައިފަ އެވެ.

ލިލީ އިންޓަނޭޝަނަލް އަށް ކުއްޔަށް ދީފައިވާ ގާތްގަނޑަކަށް 6،000 އަކަފޫޓުގެ ބިމުން އެހެން ބަޔަކަށް ކުއްޔަށް ދީފައި އޭގެ އެއްބައެވެ. ބިމުގެ އަނެއް ބައި އަދިވެސް ހުސްކޮށް އެބައޮތެވެ.

އެކަމަކު، ލިލީސް ހިންގި ބިން ކުއްޔަށް ދިނީ ކޮން ބަޔަކަށް އަދި، ކިހާ ވަރަކަށް ކަމެއް ސިޓީ ކައުންސިލް އަކުން ނުބުންޏެވެ. އަދި ބަޔަކަށް ކުއްޔަށް ދީފައިވާ ތަނެއް އެހެން ބަޔަކަށް ކުއްޔަށް ދީ، އެއް ބިމަކުން ދެ ފަރާތެއްގެ އަތުން ކުލި ނަގަނީ ކީއްވެގެންތޯ އެހުމުން އެކަމަށް ވެސް ޖަވާބެއް ލިބޭ ގޮތެއް ނުވި އެވެ. މި މައްސަލާގައި މާލޭގެ މޭޔަރު ޑރ. މުހަންމަދު މުއިއްޒަށް ގުޅުމުން ވެސް ޖަވާބެއް ނުދެއްވަ އެވެ.

މިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަން ލިލީން ވެސް ބޭނުމެއް ނޫނެވެ. އެކަމަކު، މިކަން ހިނގައިދިޔަ ގޮތް ލިލީ އަށް ވެސް އެއްވެސް ވަރަކަށް ނޭނގޭ ކަމަށް، މިކަން އެނގޭ މީހަކު "މިހާރު" އަށް ކިޔައިދިނެވެ.

ކާނިވަލްގައި ހިންގަމުން އައި މަޝްހޫރު ލިލީސް ރެސްޓޯރަންޓް ހުއްޓާލީ މީގެ ހައެއްކަ އަހަރު ކުރިން، މާލޭގެ އިރުމަތީ ފަރާތުން ވަރަށް ބޮޑަށް ރާޅު އެރި ދުވަހެއްގައި އުދައާ އެކު އެތަން ވަރަށް ބޮޑަށް ހަލާކުވެގެންނެވެ.