Roadha Mihaaru
"މޭޔަރުގެ އިންތިހާބުން ޑިމޮކްރެޓްސް ވަކަރަށް ޖަހާލާނެ"

މާލޭގެ މޭޔަރުގެ އިންތިހާބުން ޑިމޮކްރެޓްސް ވަކަރަށް ޖަހާލާނެ: ޝިފާޒް

07 އޮކްޓޯބަރ 2023

މާލޭގެ މޭޔަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަނަކީ ޑިމޮކްރެޓްސް ޕާޓީ ވަކަރަށް ޖަހާލާނެ އިންތިހާބު ކަމަށް އެ ޕާޓީގެ އިސް މެމްބަރު މުހައްމަދު ޝިފާޒް ރޭ ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭގެ މޭޔަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަނަކީ ޑިމޮކްރެޓްސް ޕާޓީ ވަކަރަށް ޖަހާލާނެ އިންތިހާބު ކަމަށް އެ ޕާޓީގެ އިސް މެމްބަރު މުހައްމަދު ޝިފާޒް ރޭ ވިދާޅުވެއްޖެ އެވެ.

ޑިމޮކްރެޓްސް އިން ބޭއްވި ޖަގަހަ ޖަލްސާގައި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް ޝިފާޒް ވިދާޅުވީ މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިހާބަށް ފަހު، އެ ޕާޓީން ދެން އެންމެ އަވަހަށް ކުރިމަތިލާނީ މާލޭގެ މޭޔަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަނާ ކަމަށެވެ. އެ އިންތިހާބުގައި ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ޕްރައިމަރީއެއް ބާއްވަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ އިންތިހާބަކީ ޑިމޮކްރެޓްސްއާ ދޭތެރޭގައި މާލޭގެ ރައްޔިތުން، ރާއްޖޭގެ ރައްޔިތުން ދެކޭ ގޮތް އެކު އެކީގައި މުޅިން ބަދަލުވެގެން ދާނެ އިންތިހާބެއް: ޝިފާޒް

"އިރާދަކުރެއްވިއްޔާ އެ އިންތިހާބަކީ މި ޕާޓީ ވަކަރަށް ޖަހާލާނެ އިންތިހާބެއް،" ޝިފާޒް ވިދާޅުވި އެވެ.

"އެ އިންތިހާބަކީ ޑިމޮކްރެޓްސްއާ ދޭތެރޭގައި މާލޭގެ ރައްޔިތުން، ރާއްޖޭގެ ރައްޔިތުން ދެކޭ ގޮތް އެކު އެކީގައި މުޅިން ބަދަލުވެގެން ދާނެ އިންތިހާބެއް."

ޝިފާޒް ވިދާޅުވި ގޮތުގައި، މި ވަގުތު ޑިމޮކްރެޓްސްގައި މެމްބަރުން މަދުވުމާއި ވަސީލަތްތައް މަދުވުން ކަހަލަ ބައެއް ގޮންޖެހުންތައް ހުއްޓަސް، ރިޔާސީ އިންތިހާބުގައި އެ ޕާޓީން އުއްމީދުކުރި ވަރުގެ ނަތީޖާ ލިބިފައި ވާތީ، މޭޔަރުގެ އިންތިހާބު ވެސް ކާމިޔާބު ކުރެވޭނެ ކަމުގެ އެއްވެސް ޝައްކެއް ނެތެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޑިމޮކްރެޓްސް އިން ވަނީ 15،000 ވޯޓު ހޯދައިފަ އެވެ.

"މި އިންތިހާބުގައި ވެސް އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ މަގުސަދު ހާސިލުކުރެވޭނެ، އެ މަގަށް މަސައްކަތް ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

ސިޓީ ކައުންސިލުން ކުރިން ބޭއްވި ނިއުސް ކޮންފަރެންސްގައި ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފު ވާހަކަދައްކަވަނީ: ޑިމޮކްރެޓްސްގެ މެމްބަރެއް ކަމަށްވާ ސައިފް ވަނީ މޭޔަރުގެ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައިފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ސިޓީ ކައުންސިލުން ކުރިން ބޭއްވި ނިއުސް ކޮންފަރެންސްގައި ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފު ވާހަކަދައްކަވަނީ: ޑިމޮކްރެޓްސްގެ މެމްބަރެއް ކަމަށްވާ ސައިފް ވަނީ މޭޔަރުގެ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައިފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މިހާރު ވެސް މާލޭ ސިޓީ ކައުންސިލުގައި ޑިމޮކްރެޓްސްގެ ތިން ކައުންސިލަރަކު ތިއްބަވަ އެވެ. އެއީ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހާއި އެހެން ދެ ބޭފުޅެކެވެ. ފާތިހް ވަނީ މޭޔަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި ވާދަކުރައްވަން ނިންމަވައިފަ އެވެ.

މާލޭގެ މޭޔަރުކަމުގެ ބައި އިލެކްޝަން ބާއްވަން ޖެހެނީ އެ މަގާމުގައި މިހާރު ހުންނެވި ޑރ. މުހައްމަދު މުއިއްޒު ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ވެރިކަމަށް މިދިޔަ މަހުގެ 30 ގައި އިންތިހާބު ކުރުމުންނެވެ. އެ މަނިކުފާނު ވެރިކަމުގެ ހުވާ ކުރައްވާނީ އަންނަ މަހުގެ 17 ގަ އެވެ. މޭޔަރުކަމުގެ ޒިންމާ ވަގުތީ ގޮތުން ވަނީ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްއާ މިހާރު ހަވާލު ކުރައްވައިފަ އެވެ.

މޭޔަރު ކަމަށް ކުރިމަތިލާން އެކި ބޭފުޅުން ޝައުގުވެރިކަން ފާޅުކުރައްވަމުން އަންނައިރު، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފު ވެސް ވަނީ އެކަން އިއުލާން ކުރައްވައިފަ އެވެ.