މިއަދު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރެއްވުމަށް، ޑރ. މުހައްމަދު މުއިއްޒު، މާލޭގެ މޭޔަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
17 ނޮވެމްބަރ 2023
މިއަދު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރެއްވުމަށް، ޑރ. މުހައްމަދު މުއިއްޒު، މާލޭގެ މޭޔަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
މޭޔަރުކަމުން އިސްތިއުފާ ދެއްވުމަށް ފަހު، އިންތިހާބީ ރައީސް ޑރ. މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލޭ ސިޓީ ކައުންސިލުގެ ހުރިހާ ކައުންސިލަރުންނާއި ވެރިންނާއި މުވައްޒަފުން އެމަނިކުފާނަށް ދެއްވި ފުރިހަމަ އެއްބާރުލެއްވުމަށާއި ކުރެއްވި ބުރަ މަސައްކަތަށް އިހުލާސްތެރިކަމާ އެކު ޝުކުރު ދަންނަވާ ކަމަށެވެ.
"މާލެ ސިޓީގެ ލޮބުވެތި ރައްޔިތުން އަޅުގަނޑު މޭޔަރު ކަމަށް ހޮވުމަށް ކުރެއްވި ތާއީދަށާއި މޭޔަރު ކަމުގައި ހިދުމަތް ކުރުމުގައި ދެއްވި ތާއީދާއި އެއްބާރުލެއްވުމަށް ފަށްފަށުން ޝުކުރު ދަންނަވަން. މާލެ ސިޓީގެ ރައްޔިތުންގެ އުއްމީދުތައް ހާސިލު ކޮށްދިނުމުގައި ވަރުގަދަ އަޒުމުގައި މަސައްކަތްކޮށް، މާތް ﷲ އިރާދަފުޅާ އެކު، އެ އުއްމީދުތައް ހަގީގަތަކަށް ހަދައިދޭނަން،" އެ ޕޯސްޓުގައިވެ އެވެ.
ރިޔާސީ އިންތިހާބުން ލިބިވަޑައިގެންނެވި ބޮޑު ކާމިޔާބީ އަށް ފަހު، އިންތިގާލީ މަރުހަލާގެ މަސައްކަތްތައް ކުރެއްވުމަށް މުއިއްޒު ވަނީ މި މަހު ހަތަރެއްގައި މޭޔަރު ކަމުގެ ޒިންމާތަކުން އެއްފަރާތްވެވަޑައިގެންފަ އެވެ. މުއިއްޒު ވަނީ އެ ކައުންސިލުގެ ހުރިހާ އިސް ޒިންމާތަކެއް ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝްއާ ހަވާލުކުރައްވައިފަ އެވެ.
މާލޭގެ މޭޔަރުގެ މަގާމާ މުއިއްޒު ހަވާލުވެވަޑައިގެންނެވީ މެއި 17، 2021 ގަ އެވެ.
އިންތިހާބީ ރައީސް މުއިއްޒު އާއި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބާއްވަނީ މިއަދު ހަވީރު 4:30 ގައި ޖުމްހޫރީ މައިދާނުގަ އެވެ. އެ ރަސްމިއްޔާތަށް މިހާރު ވަނީ ތައްޔާރުވެފަ އެވެ. މިއަދުގެ މި ބޮޑު ރަސްމިއްޔާތުގައި ދައުވަތު ދީގެން 3،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާ ކަމަށް ރައްޔިތުންގެ މަޖިލީހުން ބުންޏެވެ.
ސިޓީ ކައުންސިލްގެ ދެ މެންބަރަކު އިސްތިއުފާ ދީފި
ދަތުރުވެރިންގެ މާރުކޭޓްގެ 9 ގޮޅީގެ ވެރިފަރާތް ޖޫރިމަނާ
އަތޮޅު ފިހާރަތަކުން ލިބޭ އާމްދަނީ އަތޮޅުތަކަށް
ޝާހިދު ބައިވެރިވީ ކުރީގެ ކޮންސަލްޓަންޓުގެ ހައިސިއްޔަތުން
ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން މި ނިމުނީ: ރައީސް
ޑރ. މުއިއްޒު ރައީސްކަމުގެ ހުވާކުރައްވައިފި
ޑރ. މުއިއްޒުގެ ރިޔާސީ ދަތުރު: ހިތްވަރާއި ކެރުން!
މާދަމާ މާލޭގައި ބޮޑެތި ވެހިކަލްތައް ދުއްވުން މަނާ
ހުވާކުރާ ރަސްމިއްޔާތަށް މަންދޫބުން ވަޑައިގަންނަވަނީ
އިންތިހާބީ ރައީސް ހުވާކުރެއްވުމުން ހަވާ އަރުވަނީ