މާލެ ސިޓީ ކައުންސިލަށް މި ހުރިހާ ދުވަހު ނުލިބި އޮތް އެއްބާރުލުން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ތެރޭގައި ފުރިހަމަ އަށް ދޭނެކަމުގެ ޔަގީން ކަން އެމަނިކުފާނު މިރޭ ދެއްވައިފި އެވެ.
14 އޮކްޓޯބަރ 2023
މާލެ ސިޓީ ކައުންސިލަށް މި ހުރިހާ ދުވަހު ނުލިބި އޮތް އެއްބާރުލުން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ތެރޭގައި ފުރިހަމަ އަށް ދޭނެކަމުގެ ޔަގީން ކަން އެމަނިކުފާނު މިރޭ ދެއްވައިފި އެވެ.
މާލޭގެ މޭޔަރުގެ މަގާމުގައި ފަހު ފަހަރަށް ކައުންސިލްގެ މުއައްޒަފުންނާ ބައްދަލު ކުރެއްވުމަށް މިރޭ ދަރުބާރު ގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ވޭތުވެދިޔަ ދެ އަހަރާއި ބައި ތެރޭގައި ކައުންސިލުން ބޮޑެތި ގޮންޖެހުންތަކަކާއެކު ވެސް ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
އެ ގޮންޖެހުންތައް ކުރިމަތި ނުވި ނަމަ ކައުންސިލްގެ މަސައްކަތްތައް މިހާރަށް ވުރެ މާ ރަނގަޅަށް ފުރިހަމަ ވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"މަގުތައް ހުންނާނީ ހެދިފައި. ޕާކިން އެތައް ބިލްޑިންއެއް އެޅި ބޮޑު ހައްލެއް އޮންނާނީ ގެނެވިފައި. އެތައް ކަމެއް ހުންނާނީ ނިމިފައި،" މުއިއްޒު ވިދާޅުވި އެވެ.
އެކަންކަން ހައްލު ނުވީ މުއިއްޒު ވިދާޅުވި ގޮތުގައި އެންމެ ފަހު ހުއްދަ ދޭން ޖެހޭ ބޭފުޅުން އެ ހުއްދަ ނުދިނުމުންނެވެ. ސަރުކާރުގެ ފަރާތުން އެ އެއްބާރުލުން ލިބުނު ނަމަ ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައި އޮންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނުގެ ސަރުކާރު ގާއިމްވުމުން ހަގީގީ މާނައިގައި ފުރިހަމަ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ހިދުމަތްތައް ދެމުން އަންނަތަން ރައްޔިތުންނަށް ފެންނާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. ކޮންމެ ކައުންސިލެއްގެ ވެސް ހުރިހާ މަސައްކަތްތަކެއް އެންމެ ބާރު މިނުގައި ކުރިޔަށް ގެންދެވޭ ގޮތަށް ސަރުކާރުން ކަންކަން ފަހި ކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"ދެން އޮތް ދުވަސްތަކަކީ މި ނިމިގެން ދިޔަ ދެ އަހަރާ ބަޔަށް ވުރެ ވެސް މާ ފުރިހަމަ ގޮތެއް ގައި ހިދުމަތް ދޭނެ ދުވަސްތަކަކަށް ވާނެ. އެހީތެރިކަން ފޯރު ކޮށްދިނުމަށް މި ހުރީ ތައްޔާރަށް. އެކަމުގެ ޔަގީންކަން އަރުވަން،" މުއިއްޒު ވިދާޅުވި އެވެ.
މާލޭގެ މޭޔަރު ކަމަށް މުއިއްޒު އިންތިހާބުވި ފަހުން ސަރުކާރާއި މާލެ ސިޓީ ކައުންސިލް ދެމެދު ބޮޑެތި ދެބަސްވުންތައް ވަނީ އުފެދިފަ އެވެ. މާލެ ރައްޔިތުންނާ ގުޅޭ ބޮޑެތި ކަންކަން ނިންމުމުގައި ކައުންސިލްގެ އެކަށީގެންވާ ބާރެއް ނުހިނގާ ކަމާއި އެ ފުރުސަތު ދިނުމަށް ސަރުކާރުން ދެކޮޅު ހަދާ ކަމުގެ ޝަކުވާ އޮވެ އެވެ.
ދަތުރުވެރިންގެ މާރުކޭޓްގެ 9 ގޮޅީގެ ވެރިފަރާތް ޖޫރިމަނާ
ޝާހިދު ބައިވެރިވީ ކުރީގެ ކޮންސަލްޓަންޓުގެ ހައިސިއްޔަތުން
މުއިއްޒު މާލޭގެ މޭޔަރުކަމުން އިސްތިއުފާ ދެއްވައިފި
ސިޓީ ކައުންސިލްގެ ދެ މެންބަރަކު އިސްތިއުފާ ދީފި
ނަރީޝް، ކުޅުދުއްފުށި އުތުރު ދާއިރާ އަށް ވާދަކުރައްވަނީ
"މޭޔަރުގެ އިންތިހާބުން ޑިމޮކްރެޓްސް ވަކަރަށް ޖަހާލާނެ"
މުއިއްޒުގެ ފަހު ޖަލްސާ: ޒިންމާތައް ޑެޕިއުޓީ މޭޔަރަށް
އިންތިހާބީ ރައީސަށް މާލޭ ސިޓީ ކައުންސިލްގެ މަރުހަބާ
ރާއްޖޭގެ އެންމެ ބޮޑު ނާސަރީ ހުޅުމާލޭގައި ހުޅުވައިފި
ސިޓީ ކައުންސިލްގެ މެމްބަރު ޒަމީރު، މުއިއްޒުގެ ފަހަތަށް