05 އެޕްރީލް 2022
މާލޭގައި އިމާރާތް ކޮށްފައިވާ ކިންގް ސަލްމާން މިސްކިތުގައި މިދިޔަ ހުކުރު ދުވަހުން ފެށިގެން ނަމާދު ކުރަން ފެށިއިރު ގިނަ ބަޔަކަށް އަޅައިގަތް އެއް ކަމަކީ ނަމާދަށް ދާ މީހުންގެ ވެހިކަލްތައް ޕާކްކުރާނެ ޖާގަ ނެތްކަމެވެ. އެ މިސްކިތުގައި ކުރި ފުރަތަމަ ހުކުރު ނަމާދަށް ދިޔަ މީހުންގެ ސައިކަލްތައް އެއްވެސް ހަމައެއްލަމައެއް ނެތި މުޅި އެ ސަރަހައްދުގައި ޕާކްކޮށްފައިވާ މަންޒަރު ފެނުމުން އާބަން ޕްލޭނިންއާ މެދު އެއްބަޔަކު ސުވާލު އުފެއްދި އެވެ.
މާލޭގައި އިމާރާތް ކޮށްފައިވާ ކިންގް ސަލްމާން މިސްކިތުގައި މިދިޔަ ހުކުރު ދުވަހުން ފެށިގެން ނަމާދު ކުރަން ފެށިއިރު ގިނަ ބަޔަކަށް އަޅައިގަތް އެއް ކަމަކީ ނަމާދަށް ދާ މީހުންގެ ވެހިކަލްތައް ޕާކްކުރާނެ ޖާގަ ނެތްކަމެވެ. އެ މިސްކިތުގައި ކުރި ފުރަތަމަ ހުކުރު ނަމާދަށް ދިޔަ މީހުންގެ ސައިކަލްތައް އެއްވެސް ހަމައެއްލަމައެއް ނެތި މުޅި އެ ސަރަހައްދުގައި ޕާކްކޮށްފައިވާ މަންޒަރު ފެނުމުން އާބަން ޕްލޭނިންއާ މެދު އެއްބަޔަކު ސުވާލު އުފެއްދި އެވެ.
އެއީ އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއި އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ ދޯހަޅި ސިޔާސަތުތައް ކަމަށް ބުނެ އެ ދެ ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ. ސަރުކާރުގެ ބައެއް ބޭފުޅުން ނެރުއްވީ ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒްގެ އަމިއްލަފުޅު ހަރަދުގައި މާލޭގައި އިމާރާތްކުރި ސަލްމާން މިސްކިތް ޑިޒައިންކުރިއިރު ހަދާފައިވާ ކުރެހުމެކެވެ. އެ ކުރެހުމުގައިވާ ގޮތުން މިސްކިތް ނިމޭއިރު އެ ތަނުގެ ބޭސްމަންޓް ނުވަތަ އަންޑަގްރައުންޑްގައި ޕާކިން ނިޒާމެއް ހުންނާނެ އެވެ. އެކަމަކު އިމާރާތްކޮށް ނިމުނުއިރު އެއެއް ނެތެވެ. މިވީ ކިހިނެއް ހެއްޔެވެ؟
މި ކަމާ ގުޅިގެން އޭރުގެ ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވި ގޮތުން ނަމަ މިސްކިތުގެ ފަންޑިން އަށް ފައްތައިގެން ކުރެހުން ހެދިއިރު އެ ފަދަ އަންޑަގްރައުންޑް ޕާކިންއެއް ހަދަން ނިންމި ހަނދާނެއް އޭނާގެ ނެތެވެ.
"ޕްރޮޖެކްޓަށް ފައިނޭންސް ހަމަޖެހިގެން އައީމާ އެ ފައިނޭންސަށް ފިޓްވާ ގޮތަށް ދެން ޕްރޮޖެކްޓް ފައިނަލައިޒް ވާނީ. އެހެންވީމާ އޭރު އިނިޝިއަލް މަރުހަލާގެ ކުރެހުންތަކުގެ ތެރެއިން އެއްޗަކަށް ކަމަށް ވެސް ވެދާނެ ބޭސްމަންޓް ޕާކިންއެއް ހުރި ކަމަށް އެ ލޭބަލް ކޮށްފައި އޮތް ޗާޓަކީ،" ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ދޮޅު އަހަރާއި ރައީސް އަބްދުﷲ ޔާމީންގެ ފަސް އަހަރުގެ ވެރިކަމުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި މުއިއްޒު ވިދާޅުވި އެވެ.
"އަޅުގަނޑު ހަމަ ޔަގީނުން ވެސް އެކަން ހަނދާނެއް ނުއެއް ވޭ. އެކަމަކު އޭރު ހުރުން ވަރަށް ކައިރި އެ ގޮތަށް ހުރި އޮޕްޝަންސްތަކެއް."
ކުރީގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ މޭޔަރު ޑރ. މުއިއްޒު އިއްޔެ "މިހާރު" އާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
މާލޭގެ މިހާރުގެ މޭޔަރު ވިދާޅުވީ. މިސްކިތުގެ ކައިރިން އަމީނީ މަގު ފުޅާކުރަންޖެހޭ ގޮތަށް ދައްކާފައިވާ ބައުންޑްރީ ލައިނެއް ވެސް މިސްކިތުގެ ކުރެހުމުން ފެންނާނެ ކަމަށާއި އެ މަގު މިހާރު ފުޅާކޮށްފައި އޮތީ ވެސް އެ ކުރެހުމާ އެއްގޮތަށް ކަމަށެވެ.
މުއިއްޒު ވިދާޅުވިގޮތުގައި، ސަލްމާން މިސްކިތް އިމާރާތްކޮށް ނިންމަން ހަރަދުކުރާނެ ވަރު ސާފުކޮށް އެނގުމުން އެ ބަޖެޓަށް ފައްތަން ބަދަލުތަކެއް ފަހުން ގެނެސްފައިވާނެ އެވެ.
"އެ މިސްކިތް ފުރަތަމަ އިމާރާތްކުރަން ނިންމީ ހަތް ބުރިއަށް. އަޅުގަނޑު ހިތުން މިހާރު ހުންނާނީ ފަސްބުރި ނުވަތަ ހަބުރި. އެއީ ވެސް ލިބުނު ފަންޑިން އަށް ފިޓް ކުރުމުން އައި ޗޭންޖެއް. ދެން ވެސް އެ ކަހަލަ ޗޭންޖްތައް އުޅޭނެ. ޔަގީނުން ވެސް ބަޖެޓް ހަމަޖެހުނު ހިސާބަކުން، ބޭސްމަންޓް ޕާކިން ރިމޫވް ކޮށްފައެއް ނޯންނާނެ. އިނީޝަލް ސްޓޭޖްގައި އެހެން ކޮށްފައި އޮވެދާނެ،" އޭނާާ ވިދާޅުވި އެވެ.
"އެހާ ވަރަށް ވަގުތު ލިބިއްޖެ. އަޅުގަނޑުމެންނަށް އަންޑަސްޓޭންޑް ނުވަނީ މި ލޮޖިކް. އަބަދުވެސް ކުރީގެ ސަރުކާރު. ކުރީގެ ސަރުކާރު ގޯސްވެގެން މި ސަރުކާރު ގެނައި ކަމަށް ވަންޏާ މި ސަރުކާރުން މި ހަތަރު އަހަރުގެ ތެރޭގައި އެ މައްސަލަ އަށް ހައްލެއް ގެންނަން ޕާކިން ބިލްޑިންގެއް ވެސް އަޅަންވީ ނޫންތޯ އެ ތަނުގެ ކައިރީގައި: މުއިއްޒު
މުއިއްޒު ވިދާޅުވީ، ޔާމީންގެ ސަރުކާރުން ނިންމީ ސަލްމާން މިސްކިތުގެ ކުރިމަތީގައި ހުރި އެމްޓީސީސީގެ ސޯމިލް ނަގައި އެ ތަނުގައި ބޮޑު ޕާކިން އިމާރާތެއް އެޅުމަށް ކަމަށެވެ. އެއާ އެކު ސޯމިލް އިމާރާތާ ޖެހިގެން، ކާނިވާ ކުރިމަތީގައި ހުރި އެސްއެފްއެމްގެ ފިއުލް ސްޓޭޝަން ވެސް އެ ތަނުން ނަގައި ސިނާއީ ސަރަހައްދަށް ބަދަލުކުރަން އޮތީ ނިންމައިފަ އެވެ.
"އޭރުގެ ސަރުކާރުގެ ދުވަސްވަރު ވެސް ސޯމިލް ހުސްކުރެވުނީ ވަރަށް މަސައްކަތުން. އަޅުގަނޑުމެން އޭރު އެ ތަން ހަމަޖެއްސީ މިސްކިތުގެ ކޮންޓްރެކްޓަރުގެ ސައިޓަކަށް. މިސްކިތުގެ ޕްރޮޖެކްޓް ނިމުނީމާ އެ ތަނުގައި މިކްސްޑް ޔޫޒްޑް ޕާކިން ބިލްޑިންގެއް އަޅަން ޕްލޭންކުރީ،" މުއިއްޒު ވިދާޅުވި އެވެ.
"މިކްސްޑް ޔޫޒުޑް ޕާކިންއަކީ ވަރަށް ގިނަ ފްލޯތައް ހުންނަ އިމާރާތެއް. ވަކި ވަރަކަށް ފްލޯތައް ހުންނާނީ ޕާކިންއަށް. ދެން ހުރި ފްލޯތައް ހުންނާނީ ކޮމާޝަލްގެ ކަންތައްތަކަށް. އެ ކޮންސެޕްޓްގެ ބިލްޑިންގެއް އެ ތަނަށް އަންނާނީ."
މުއިއްޒު ވިދާޅުވީ، ސަލްމާން މިސްކިތަށް ބޭނުންވާ ޕާކިން އިމާރާތް ހަދަން ބޭނުންވާތީ، އެމްޓީސީސީ ސޯމިލް އާއި އެމްޓީސީސީ ޝޯރޫމް ހުސްކުރަން ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުން "އެތައް ސިޓީއެއް" އެމްޓީސީސީ އަށް ފޮނުވި ކަމަށެވެ.
އެމްޓީސީސީގެ ޝޯރޫމް ބަދަލުކުރުމަށްޓަކައި ހެދި އިމާރާތް: މިހާރު މި ތަން ބޭނުންކުރަނީ އަރަބިއްޔާ ސްކޫލުގެ ވަގުތީ އިމާރާތަކަށް. އޭގެ ކުރިން ބޭނުންކުރީ ފޮރިން މިނިސްޓްރީގެ ވަގުތީ އިމާރާތަކަށް.---ފޮޓޯ: ނިޝާން އަލީ/ މިހާރު
"މުޅި ތަން ހުސްކުރަން ސިޓީތައް ފޮނުވީ. ފުރަތަމަ ފޭސްއެއްގެ ގޮތުގައި އެ ބޭފުޅުންގެ ޝޯރޫމް ބަހައްޓާފައި ދެން އޮތް ބައި ދެއްވީ. ޝޯރޫމާ އެކު އެ ތަން ބަދަލުކުރަން މިހާރު އަރަބިއްޔާ އެ ހިންގާ އިމާރާތް އެމްޓީސީސީން ހެދީ. އެކަމަކު ޝޯރޫމެއް ވެސް ބަދަލެއް ނުކުރޭ. [ޔާމީންގެ] ވެރިކަން ބަދަލުވީ، އެ ހިސާބުން އެކަން ހުއްޓުނީ،" އޭނާ ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި، އެ ސަރަހައްދުގައި ހުރި ޕެޓްރޯލް ޝެޑް އެ ތަނުން ނަގަން ޔާމީންގެ ވެރިކަމުގައި އެއްބަސްވުން ވެސް ހެދި އެވެ. އެގޮތަށް ހެދުމުން ކާނިވާ ކުރިމަތިން ކަހަލަ ގޮތަކަށް ބޮޑުބައިގައި ހަދާނީ މުއިއްޒުމެންގެ ޕްލޭންގައިވާ ގޮތުން ނަމަ މަލްޓި ސްޓޯރީ ޕާކިން އިމާރާތެކެވެ.
"މިސްކިތަށް އަންނަ ހުރިހާ އެންމެން އެ ބިލްޑިންގްގައި ޕާކްކޮށްފައި އަދި ކޮމާޝަލް ބޭނުމަށް އަންނަ މީހުންގެ ވެހިކަލްތައް ވެސް ޕާކް ކުރެވޭ ވަރަށް ޖާގަ ހުންނާނެ. ދެން އެ އަށް ވީ ގޮތެއް އެނގޭނީ މި ސަރުކާރަށް،" މުއިއްޒު ވިދާޅުވި އެވެ.
މޭޔަރު ވިދާޅުވީ، އެއްފަހަރާ 10،000 މީހުންނަށް ނަމާދުކުރެވޭ ސަލްމާން މިސްކިތުގެ ޕާކިންގެ މައްސަލަ އަށް ޔާމީންގެ ސަރުކާރުގައި ވިސްނާފައި ނެތް ކަމަށް މި ސަރުކާރުން ގަބޫލުކުރާއިރު، މިދިޔަ ހަތަރު އަހަރު އެކަން ހައްލު ކުރެވެން ޖެހޭނެ ކަމަށެވެ.
"އެހާ ވަރަށް ވަގުތު ލިބިއްޖެ. އަޅުގަނޑުމެންނަށް އަންޑަސްޓޭންޑް ނުވަނީ މި ލޮޖިކް. އަބަދުވެސް ކުރީގެ ސަރުކާރު. ކުރީގެ ސަރުކާރު ގޯސްވެގެން މި ސަރުކާރު ގެނައި ކަމަށް ވަންޏާ މި ސަރުކާރުން މި ހަތަރު އަހަރުގެ ތެރޭގައި އެ މައްސަލަ އަށް ހައްލެއް ގެންނަން ޕާކިން ބިލްޑިންގެއް ވެސް އަޅަންވީ ނޫންތޯ އެ ތަނުގެ ކައިރީގައި،" މުއިއްޒު ވިދާޅުވި އެވެ.
"އެކަމަކު އެ ބޭފުޅުން ސޯމިލް މިހާރު އެ ބޭނުންކުރަނީ ޕަބްލިކް ވޯކްސްގެ މުވައްޒަފުން ނިދަން. އަދި އެ މީހުންގެ ވެހިކަލްތައް ޕާކްކުރަން. މިސްކިތް ނިންމާފައި ދެ އަހަރުވީ. ތަން [ރަސްމީކޮށް] ހުޅުވުނީކީ ނޫން."
މުއިއްޒުގެ އަނެއް ސުވާލަކީ ސަލްމާން މިސްކިތުގެ ފުރަގަހުން ބޭރު ތޮށިގަނޑު ކައިރިން ރާޅު އަރާފާނެތީ، އެކަން ހައްލުކުރަން އޭރުގެ ހައުސިން މިނިސްޓަރުގެ ހައިސިއްޔަތުން އޭނާ ސޮއިކުރެއްވި އެއްބަސްވުމުގައިވާ ޕްރޮޖެކްޓަށް ވީ ގޮތެވެ.
އޭނާ ވިދާޅުވީ، ބޭރުގެ ތޮށިގަނޑު މަތިން ރާޅު އެރިޔަސް މިސްކިތުގެ އެތެރެއަށް ރާޅު ނުވަންނަ ގޮތަށް "ވަރަށް ވަރުގަދަ ޕަމްޕިން ސިސްޓަމަކާ އެކު" ބޭރު ތޮށިގަނޑު އުސްކުރަން އެމްޓީސީސީއާ ޔާމީންގެ ސަރުކާރުން ހަވާލުކުރި ކަމަށެވެ.
ސަލްމާން މިސްކިތުގެ ފުރަގަހުން ބޭރު ތޮށިގަނޑުމަތިން ރާޅު އަރާފާނެތީ އެކަމަށް ހައްލެއް ހޯދަން ވެސް ޔާމީންގެ ސަރުކާރުން ޕްރޮޖެކްޓެއްގައި ސޮއިކުރި ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"އެ ޕްރޮޖެކްޓްގައި އަޅުގަނޑު ސޮއިކުރީ އެމްޓީސީސީއާ އެކު. ވަރަށް އުސްކޮށް އެ ތަނުގެ ތޮށިގަނޑު އުސްކުރާ ގޮތަށް ހަމަޖައްސާފައި އޮންނާނީ. ލެމަންގްރާސްއާ ހަމައަށް އެ އިންނަ ސަރަހައްދާ ހަމައަށް އުސްކުރަން އޮންނާނީ. އުސްކޮށްފައި، ދެން ރާޅުއެރިޔަސް އޮޓަމެޓިކަލީ ޖެހޭނެ ވަރަށް ވަރުގަދަ ސަކްޝަން ޕަމްޕްތަކެއް ލާ ގޮތަށް ޑިޒައިން ކޮށްފައި އޮންނާނީ. އެ ވެސް ނެތް ހަދާފައެއް،" މުއިއްޒު ވިދާޅުވި އެވެ.
"އެހެންވީމާ ޕަމްޕް ނިޒާމެއް ނެތް. ތޮށިގަނޑު އުސްކޮށްފައެއް ނެތް. ގައިމު އެ ތަނުން ބޮޑު ސައިޓެއް ދީފައި އެބައޮތް. ހިލަތައް ގެނައި. ހިލަތައް ކޮންމެވެސް ވަރަކަށް ޖައްސާފައި ހުރި ތަން އެބަ ފެނޭ. ޕާކިންގެ ވާހަކަ މިހާރު އެ ދައްކަނީ މި ކަހަލަ ކަންކަމުގެ ފޯކަސް ގެއްލުވައިލަން."
މޭޔަރު ވިދާޅުވީ، ސަލްމާން މިސްކިތާ ގުޅުވައިގެން ޕާކިންގެ މައްސަލަ އާއި ބޭރު ތޮށިގަނޑު އުސްކުރަން އަދި މިސްކިތް ރަސްމީކޮށް ހުޅުވަން ވެސް މި ސަރުކާރަށް ވަގުތު ލިބި އެކަން ނުވި ކަމަށެވެ.
މާލޭ އިރުމަތީ ފަރާތުގައި އާ ތޮއްޓެއް ލަނީ
ސަލްމާން މިސްކިތަށް ޕާކިން ޒޯން ހަދަން ފުރުސަތު ނުދިން
މާފަންނު ބޮޑުގޭގައި ޕާކިން ޒޯނެއް ހަދަނީ
ޕާކިން ޖާގަ އިތުރެއް ނުކުރޭ: މުއިއްޒު
ކިންގް ސަލްމާން މިސްކިތުގެ އޮނިގަނޑު ނިމިއްޖެ
ސައިކަލު ޕާކިން ސިސްޓަމް ބަހައްޓަނީ
ފީ ދައްކައިގެން ޕާކުކުރާނެ ސަރަހައްދުތަކެއް ހަދަނީ
މާލެއަކީ ޓޯޔާޑެއް؛ އޮތީ ވެހިކަލް ޖަމާކުރުމާ ނައްތާލުން
ހުޅުމާލޭގައި 15 ޕާކިން އިމާރާތް އަޅަން ހުޅުވާލައިފި
ޕާކިން ސްޓިކާ ޖެހުން ވަގުތީ ގޮތުން ހުއްޓާލައިފި