Roadha Mihaaru
އޭޑީކޭ ޖެނެރަލް ޓްރޭޑިންގެ "ބެކް ޓު ސްކޫލް" ފަށައިފި

އޭޑީކޭ ޖެނެރަލް ޓްރޭޑިންގެ "ބެކް ޓު ސްކޫލް" ޕްރޮމޯޝަން ފަށައިފި

06 އޯގަސްޓް 2021

ދިރާސީ އާ އަހަރާ ގުޅުވައިގެން އޭޑީކޭ ޖެނެރަލް ޓްރޭޑިން އިން "ބެކް ޓު ސްކޫލް" ޕްރޮމޯޝަނެއް އިއްޔެ ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ދިރާސީ އާ އަހަރާ ގުޅުވައިގެން އޭޑީކޭ ޖެނެރަލް ޓްރޭޑިން އިން "ބެކް ޓު ސްކޫލް" ޕްރޮމޯޝަނެއް އިއްޔެ ފަށައިފި އެވެ.

މި މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގައި، އެ ކުންފުނިން ރާއްޖެ އަށް އެތެރެކުރާ ކިރުގެ ބާވަތްތަކުން 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. އެގޮތުން، އެ ކުންފުނިން އެތެރެ ކުރާ "މިލްގްރޯ" އިން ފަސް ޕަސެންޓް ޑިސްކައުންޓް ލިބޭއިރު "މިލްކީ" އިން 10 ޕަސެންޓް އަދި "މީ މިލްކް" އިން 15 ޕަސެންޓް ޑިސްކައުންޓް ލިބޭނެ އެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ އޭޑީކޭ ޖެނެރަލް ޓްރޭޑިން (7885965) ގެ އިތުރުން އެ ކުންފުނީގެ ދަށުން ހިންގާ ޖީޓީ ސްނެޕް (7939339) އާއި ގަންނަ މާޓު (7363663) ގަ އެވެ.

މީގެ އިތުރުން އެ ކުންފުނިން ހޯލްސޭލް ކުރާ ޕާޓްނާ ފިހާރަތަކުގައި ވެސް މި ޕްރޮމޯޝަން ކުރިއަށްދާނެ އެވެ.

އޭޑީކޭ ޖެނެރަލް ޓްރޭޑިން އަކީ ރާއްޖެއަށް ތަފާތު ބާވަތްތަކުގެ މުދާ އެތެރެ ކުރާ ކުންފުންޏެވެ. މީގެ ތެރޭގައި ކާބޯތަކެތީގެ ބާވަތްތަކާއި ސިއްހީ ސާމާނު ހިމެނެ އެވެ.