Roadha Mihaaru
މުޒާހަރާތައް ކުރިއަށް ދަނިކޮށް ލަންކާއަށް އާ ކެބިނެޓެއް

މުޒާހަރާތައް ކުރިއަށް ދަނިކޮށް ލަންކާ އަށް 17 މެންބަރުންގެ ކެބިނެޓެއް

18 އެޕްރީލް 2022

ކޮލަމްބޯ (އެޕްރީލް 18) - ސްރީ ލަންކާގެ އިގްތިސާދު ވަރަށް ބޮޑަށް އަޑިއަޅާލައި އާއްމުންގެ ދިރިއުޅުމަށް އުނދަގޫތައް ކުރިމަތިވާން ފެށުމުން ސަރުކާރު އިސްތިއުފާ ދިނުމަށް ގޮވާލައި އެތައް ބަޔަކު މުޒާހަރާ ކުރަމުން ދަނިކޮށް 17 މެންބަރުންގެ އާ ކެބިނެޓެއް މިއަދު އިއުލާންކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (އެޕްރީލް 18) - ސްރީ ލަންކާގެ އިގްތިސާދު ވަރަށް ބޮޑަށް އަޑިއަޅާލައި އާއްމުންގެ ދިރިއުޅުމަށް އުނދަގޫތައް ކުރިމަތިވާން ފެށުމުން ސަރުކާރު އިސްތިއުފާ ދިނުމަށް ގޮވާލައި އެތައް ބަޔަކު މުޒާހަރާ ކުރަމުން ދަނިކޮށް 17 މެންބަރުންގެ އާ ކެބިނެޓެއް މިއަދު އިއުލާންކޮށްފި އެވެ.

މިއީ 2019 ވަނަ އަހަރު ރައީސް ގޯޓާބޭ ރާޖަޕަކްސާ ވެރިކަމަށް ވަޑައިގެންނެވި ފަހުން ކެބިނެޓަށް ބަދަލު ގެންނެވި ތިންވަނަ ފަހަރެވެ.

ތަކެތީގެ އަގުބޮޑުވެ އާއްމުން ކުރަން ފެށި މުޒާހަރާތަކާ ގުޅިގެން ލަންކާގެ 26 މެންބަރުންގެ ކެބިނެޓް ވަނީ މި މަހު 3 ވަނަ ދުވަހު އިސްތިއުފާ ދީފަ އެވެ. ނަމަވެސް ރައީސް ގޯޓާބޭ އާއި ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސާ ވަނީ އިސްތިއުފާ ދެއްވަން ދެކޮޅު ހައްދަވައިފަ އެވެ.

މުޅި ކެބިނެޓް އިސްތިއުފާ ދިންތާ އެއް ދުވަސް ފަހުން ގޯޓާބޭ ވަނީ، ސަރުކާރުގެ ގާނޫނީ ހައިސިއްޔަތު ދެމެހެއްޓުމުގެ ގޮތުން، ކެބިނެޓަށް ހަތަރު މެންބަރަކު ހަމަޖައްސައިފަ އެވެ. ފޮރިން މިނިސްޓަރުގެ މަގާމަށް ޕްރޮފެސަރު ޖީއެލް ޕެއިރިސް ހަމަޖެއްސިއިރު ފިނޭންސް މިނިސްޓަރު ކަމަށް ހަމަޖެއްސީ އަލީ ސަބްރީ އެވެ. އަދި އެޑިއުކޭޝަން މިނިސްޓަރަކަށް ދިނޭޝް ގުނަވަރުދަނާ، ހައިވޭ މިނިސްޓަރު ކަމަށް ވަނީ ޖޯންސްޓަން ފެނާންޑޯ ހަމަޖައްސައިފަ އެވެ.

މިއަދު ހުވާކުރި ކެބިނެޓުގައި ކުރީގެ ކެބިނެޓުގެ އަށް މިނިސްޓަރުން ހިމެނެ އެވެ. ނަމަވެސް އާ ކެބިނެޓުގައި ރާޖަޕަކްސާ އާއިލާގެ އެއްވެސް ބޭފުޅަކު ނުހިމެނެ އެވެ.

އާ ކެބިނެޓުގައި ބައިވެރިވުމަށް އިދިކޮޅު ފަރާތްތަކަށް ދިން ދައުވަތު ގަބޫލްކޮށްފައެއް ނުވެ އެވެ. އެހެންކަމުން މިފަހަރުގެ ކެބިނެޓުގައި ވެސް ގިނައީ ރާޖަޕަކްސާ ޕާޓީގެ މެންބަރުންނެވެ.

ލަންކާގެ އާ ކެބިނެޓް

1. ދިނޭޝް ގުނަވަރުދަނާ - މިނިސްޓަ އޮފް ޕަބްލިކް އެޑްމިނިސްޓްރޭޝަން، އިންޓާނަލް އެފެއާޒް، ޕްރޮވިންޝަލް ކައުންސިލް އެންޑް ލޯކަލް ގަވަރްމަންޓް

2. ޑަގްލަސް ދެވަނަންޑާ - މިނިސްޓަ އޮފް ފިޝަރީޒް

3. ޑރ. ރަމޭޝް ޕަތިރާނާ - މިނިސްޓަ އޮފް އެޑިއުކޭޝަން އެންޑް ޕްލާންޓޭޝަން އިންޑަސްޓްރީޒް

4. ޕްރަސާނާ ރަނަތުންގާ - މިނިސްޓަ އޮފް ޕަބްލިކް ސެކިއުރިޓީ އެންޑް ޓޫރިޒަމް

5. ދިލުމް އަމުނުގަމާ - މިނިސްޓަ އޮފް ޓްރާންސްޕޯޓް އެންޑް އިންޑަސްޓްރީޒް

6. ކަނަކަ ހެރަތު - މިނިސްޓަ އޮފް ހައިވޭސް

7. ވިދުރަ ވިކްރަމަނަޔަކަ - މިނިސްޓަ އޮފް ލޭބާ

8. ޖަނަކަ ވައްކުމްބުރަ - މިނިސްޓަ އޮފް އެގްރިކަލްޗާ އެންޑް އިރިގޭޝަން

9. ޝެހަން ސެމަސިންހަ - މިނިސްޓަ އޮފް ޓްރޭޑް އެންޑް ސަމްރްދީ ޑިވެލޮޕްމަންޓް

10. މޯހަން ޕްރިޔާދަރްޝަނާ ޑި ސިލްވާ - މިނިސްޓަ އޮފް ވޯޓާ ސަޕްލައި

11. ވިމާލަވީރާ ޑިސަނައިކަ - މިނިސްޓަ އޮފް ވައިލްޑްލައިފް އެންޑް ފޮރެސްޓް ރިސޯސަސް ކޮންޒަވޭޝަން

12. ކަންޗަނާ ވިޖެސެކެރާ - މިނިސްޓަ އޮފް ޕަވަ އެންޑް އެނާޖީ

13. ތެނުކަ ވިޑަނަގަމަގެ - މިނިސްޓަ އޮފް ސްޕޯޓްސް އެންޑް ޔޫތު އެފެއާޒް

14. ޑރ. ނަލަކަ ގޮޑަހެވާ - މިނިސްޓަ އޮފް މާސް މީޑިއާ

15. ޕްރޮފެސަރު ޗަންނަ ޖަޔަސުމަނާ - މިނިސްޓަ އޮފް ހެލްތު

16. ނަސީރު އަހުމަދު - މިނިސްޓަ އޮފް އެންވަރްމަންޓް

17. ޕްރަމިތާ ބަންޑާރަ ޓެނަކޫން - މިނިސްޓަ އޮފް ޕޯޓްސް އެންޑް ޝިޕިން