އިނގިރޭސި ރާނީ ކުއީން އެލިޒެބަތުގެ ހާލުކޮޅު ރަނގަޅު ކަމަށާއި އެކަމަނާގެ އަރިހަށް މިފަހުން ޒިޔާރަތްކުރެއްވީ ރާނީ ހުންނެވީ ސަލާމަތުންތޯ އަމިއްލަފުޅަށް ޔަގީންކުރައްވަން ވެގެން ކަމަށް ޕްރިންސް ހެރީ އިއްޔެ ވިދާޅުވެއްޖެ އެވެ.
އިނގިރޭސި ރާނީ ކުއީން އެލިޒެބަތުގެ ހާލުކޮޅު ރަނގަޅު ކަމަށާއި އެކަމަނާގެ އަރިހަށް މިފަހުން ޒިޔާރަތްކުރެއްވީ ރާނީ ހުންނެވީ ސަލާމަތުންތޯ އަމިއްލަފުޅަށް ޔަގީންކުރައްވަން ވެގެން ކަމަށް ޕްރިންސް ހެރީ އިއްޔެ ވިދާޅުވެއްޖެ އެވެ.
ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކްލް، ޝާހީ އާއިލާގެ ޒިންމާތައް ދޫކޮށްލެއްވި ފަހުން ފުރަތަމަ ފަހަރަށް ރާނީގެ އަރިހަށް، މިދިޔަ ހަފުތާގައި ޒިޔާރަތްކުރެއްވި އެވެ.
އެންބީސީ އަށް ދެއްވި އިންޓަވިއުއެއްގައި ހެރީ ވިދާޅުވީ، ގިނަ ދުވަސްތަކެއް ކޮށްފައި އޭނާގެ މާމާފުޅު، ރާނީއާ ބައްދަލުވުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިވަޑައިގެންފައިވާ ކަމަށެވެ.
"މާމާފުޅަކީ އަބަދުވެސް ވަރަށް ސަކަ މިޒާޖެއް ގެންގުޅުއްވާ ބޭފުޅެއް. އަހަރެން ބޭނުންވީ ޔަގީންކުރަން މާމާފުޅު ސަލާމާތުން ހުންނެވިތޯ އަދި އެކަމަނާގެ އަރިހުގައި ތިއްބެވީ ހެޔޮ އެދޭ، ރަނގަޅު މީހުންތޯ،" ހެރީ ވިދާޅުވި އެވެ.
އެ ޒިޔާރަތުގައި ހެރީގެ ބައްޕާފުޅު، ޕްރިންސް ޗާލްސްގެ އަރިހަށް ވެސް އެ ދެކަނބަލުން ވަޑައިގެންނެވި ކަމަށްވެ އެވެ. އެކަމަކު އެންބީސީ އަށް ދެއްވި އިންޓަވިއުގައި ހެރީ އެ ވާހަކަ ނުދައްކަވަ އެވެ.
ޝާހީ ޒިންމާތައް ދޫކޮށްލައްވައި، އެ ދެކަނބަލުން އެމެރިކާގެ ލޮސް އެންޖެލިސް އަށް ބަދަލުވެވަޑައިގަތީ، 2020 ވަނަ އަހަރު އެވެ. އެމެރިކާ އަށް ދިރިއުޅުން ބަދަލުކުރެއްވީ އަމިއްލަ ސާދާ ދިރިއުޅުއްވުމެއް އުޅުއްވުމުގެ އުންމީދުގަ އެވެ. އަދި އޭގެ ފަހުން އެކި މީޑިއާތަކަށް ދެއްވި އިންޓަވިއުތަކުގައި ޝާހީ އާއިލާއިން އެ ދެކަނބަލުންނާ މެދުގައި ކަންތައް ކުރެއްވި އިހާނެތިގޮތުގެ ވާހަކަތައް ވެސް ދައްކަވާފައިވެ އެވެ.
އާއިލާ ދޫކޮށްލިފަހުން ހެރީ އާއި މޭގާން ރާނީގެ އަރިހަށް
ބަކިންހަމް ޕެލަސްގެ މަރާމާތަށް 360 މިލިއަން ޕައުންޑް
ޕްރިންސް ހެރީގެ އާއިލާ އަށް ދައުވަތު ނުދިން
ޕްރިންސް ލުއީސްގެ އާ ފޮޓޯތަކެއް
ހެރީގެ ދަރިކަނބަލުން އަލަށް ދައްކާލައިފި
މުސްކުޅިއެއްގެ އެވޯޑް ރާނީ ގަބޫލެއް ނުކުރެއްވި
ނުފޫޒު ގަދަ 100 ގެ ތެރޭގައި ހެރީގެ ދެކަނބަލުން
ހެރީއާއި މޭގަން އަށް ޕްރިންސް ޗާލްސް ރައްދު ދެއްވަނީ
ޝާހީ އާއިލާގައި ނަސްލީ ތަފާތުކުރުމެއް ނޯވޭ: ވިިލިއަމް
މޭގަން އާއި ހެރީ ޝާހީ އެތެރެކޮއިލު ބޭޒާރުކޮށްލައިފި