Roadha Mihaaru

ޑޮލަރަށް ޖެހިފައިވާ ލަންކާގެ އިންފްލޭޝަން ރެކޯޑް މިންވަރަކަށް މައްޗަށް

ކޮލަމްބޯ (އެޕްރީލް 22) - ޑޮލަރަށް ޖެހި މުދާ އިމްޕޯޓްކުރަން ދަތިވެފައިވާ ސްރީ ލަންކާގެ އިންފްލޭޝަން ޖެހިޖެހިގެން ހަ ވަނަ މަހު ރެކޯޑް މިންވަރަކަށް މައްޗަށް ޖެހިއްޖެ ކަމަށް ރަސްމީ ޑޭޓާ އިން ދައްކައިފި އެވެ.

ލަންކާގެ އިންފްލޭޝަން ރެކޯޑް މިންވަރަކަށް މައްޗަށް
ހަސަން އާމިރު
ހަސަން އާމިރު

22 އެޕްރީލް 2022

ކޮލަމްބޯ (އެޕްރީލް 22) - ޑޮލަރަށް ޖެހި މުދާ އިމްޕޯޓްކުރަން ދަތިވެފައިވާ ސްރީ ލަންކާގެ އިންފްލޭޝަން ޖެހިޖެހިގެން ހަ ވަނަ މަހު ރެކޯޑް މިންވަރަކަށް މައްޗަށް ޖެހިއްޖެ ކަމަށް ރަސްމީ ޑޭޓާ އިން ދައްކައިފި އެވެ.

ނޭޝަނަލް ކޮންޒިއުމާ ޕްރައިސް އިންޑެސް (އެންސީޕީ) ވަނީ މާޗް މަހު 21.5 ޕަސެންޓް މައްޗަށް ޖެހިފަ އެވެ. މިއީ މީގެ އަހަރެއްހާ ދުވަސްކުރިއާ ބަލާއިރު 5.1 ޕަސެންޓް އިތުރު މިންވަރެކެވެ.

ކާބޯތަކެތީގެ އަގު މާޗް މަހު ވަނީ 29.5 ޕަސެންޓް މައްޗަށް ޖެހިފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ސެންސަސް އެންޑް ސްޓެޓިސްޓިކްސްގެ ހިސާބުތަކުން ދައްކަ އެވެ. ލަންކާގައި ތަކެތީގެ އަގު އަދިވެސް މައްޗަށް ދާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. ސަރުކާރުން ހިންގާ ތެޔޮ ކުންފުނިން ވަނީ އާއްމު ދަތުރުފަތުރުގައި ބޭނުންކުރާ ޑީސަލްގެ އަގު 64.2 ޕަސެންޓް ބޮޑުކޮށްފަ އެވެ.

ލަންކާގެ އިގްތިސާދީ ހާލަތު ދައްވުމުގެ ނަތީޖާއެއްގެ ގޮތުން އާއްމުން ނުކުމެ މުޒާހަރާކޮށް، ރައީސް ގޯޓާބޭ ރާޖަޕަކްސާގެ އިސްތިއުފާ އަށް ދަނީ ގޮވާލަމުންނެވެ.

ލަންކާ އިން މިހާރު ދަނީ އިގްތިސާދު ހަމައަކަށް އެޅުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ ބެއިލްއައުޓް ޕްރޮގްރާމަކާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުންނެވެ. ނަމަވެސް އައިއެމްއެފްގެ އެހީ އަށް ވެސް ހުރަސް އެޅިފައި ވަނީ ލަންކާގެ 51 ބިލިއަން ޑޮލަރުގެ ބޭރުގެ ދަރަނި ދެއްކޭނެކަމުގެ ޔަގީންކަން ނެތުމެވެ.