ބެންކޮކް (އެޕްރީލް 23) - ތައިލެންޑާއި ސިންގަޕޫރަށް ދަތުރުކުރާ އިރު ވެކްސިން ޖަހާފައިވާ ފަސިންޖަރުން ނަމަ ކޮވިޑް ޓެސްޓް ހަދަން ނުޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.
23 އެޕްރީލް 2022
ބެންކޮކް (އެޕްރީލް 23) - ތައިލެންޑާއި ސިންގަޕޫރަށް ދަތުރުކުރާ އިރު ވެކްސިން ޖަހާފައިވާ ފަސިންޖަރުން ނަމަ ކޮވިޑް ޓެސްޓް ހަދަން ނުޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.
ތައިލެންޑުން މިހާރު ދަނީ ކޮވިޑާ ގުޅިގެން އެޅި ހަރުކަށި ފިޔަވަޅުތަކަށް ލުއިދީ، ޓޫރިސްޓުންނަށް ގައުމު އިތުރަށް ހުޅުވާލުމަށް މަސައްކަތް ކުރަމުންނެވެ. ކޮވިޑް ފެތުރެން ފެށުމާ އެކު ބޯޑަރު ކޮންޓްރޯލް ކުރުމާ ގުޅިގެން ތައުލެންޑުގެ ޓޫރިޒަމް ވަނީ އިނދަޖެހިފަ އެވެ. ތައިލެންޑުގެ އިގްތިސާދުގައި ފަސްބައިކުޅަ އެއްބައި ހިއްސާކުރަނީ ޓޫރިޒަމް އިންޑަސްޓްރީ އެވެ.
ތައިލެންޑުގެ ކޮވިޑް ޓާސްކް ފޯހުން ބުނީ ވެކްސިން ޖަހާފައިވާ ފަސިންޖަރުން ނަމަ އެއާޕޯޓުގައި ހަދާ އޮން އެރައިވަލް ކޮވިޑް ޓެސްޓް ހަދައި ނަތީޖާ ލިބެންދެން ހޮޓަލުގައި ކަރަންޓީނުވެގެން މެއި 1 ވަނަ ދުވަހުން ފެށިގެން ތިބެން ނުޖެހޭނެ ކަމަށެވެ. ނަމަވެސް ވެކްސިން ފުރިހަމަކޮށްފައިވޭތޯ އެއާޕޯޓުން ބަލާނެ އެވެ.
ވެކްސިން ނުޖަހާ ފަސިންޖަރުން ތައިލެންޑަށް ދަތުރުކުރެވޭނީ ފުރުމުގެ 72 ގަޑިއިރު ކުރިން ހަދާފައިވާ ނެގެޓިވް ޕީސީއާރް ޓެސްޓަކާ އެކު އެވެ. ނޫން ނަމަ ހޮޓަލުގައި ފަސް ދުވަހު ކަރަންޓީނުވެ ޕީސީއާރް ހަދަން ޖެހޭނެ އެވެ.
އޮފިޝަލުން އުއްމީކުރަނީ މަދުވެގެން ފަސް މިލިއަން މީހުން މި އަހަރު ތައިލެންޑަށް ދަތުރުކުރާނެ ކަމަށެވެ. ކޮވިޑުގެ ކުރިން 2019 ވަނަ އަހަރު ތައިލެންޑަށް ވަނީ 40 މިލިއަން ޓޫރިސްޓުން ދަތުރުކޮށްފަ އެވެ.
ސިންގަޕޫރުން ވެސް ވަނީ ވެކްސިން ޖަހާފައިވާ ފަސިންޖަރުންނަށް އަންނަ އަންގާރަ ދުވަހުން ފެށިގެން ލުއިދޭން ނިންމައި، ޓެސްޓް ހެދުން ހުއްޓާލާ ގޮތަށް ހަމަޖައްސައިފަ އެވެ. މީގެ އިތުރުން އޮފީސްތަކަށް ނުކުގެން މަސައްކަތް ކުރުމަށް ހުއްދަދީ، ގިނަ މީހުން އެއްތަންވެ އުޅުން ހުއްދަކޮށް އަދި ގައިދުރުކަން ވެސް އުވާލަން ވަނީ ހަމަޖައްސައިފަ އެވެ.
ސިންގަޕޫރުން މި މަހު ކުރީކޮޅު ވަނީ ވެކްސިން ޖެހި މީހުންނަށް ބޯޑަރު ހުޅުވާލައިފަ އެވެ.
ކޮވިޑް އެންމެ ފުރަތަމަ ފެތުރެން ފެށުމާ އެކު 5.5 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސިންގަޕޫރުން ވަނީ ބޯޑަރު ބަންދުކޮށް ކޮވިޑް ފެތުރުން ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފަ އެވެ. ސިންގަޕޫރުގައި ވަނީ ކޮވިޑް ޖެހޭ މީހުންގެ އަދަދު މިދިޔަ ހަފުތާ އިން ފެށިގެން ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. ދުވާލެއްގެ ޕޮޒިޓިވް ކޭސްތައް މިހާރު އުޅެނީ ގާތްގަނޑަކަށް 3،000 ގަ އެވެ.
ބޭރުގެ ކުންފުނިތަކަކުން ޕީޕީއީ އާއި ޓެސްޓް ކިޓް ދީފި
އެންމެ މަގުބޫލު ސިޓީ އަކީ ބެންކޮކް
ވީގޫރްގެ ބަޔަކު ތައިލެންޑުން ޗައިނާއާ ހަވާލުކޮށްފި
ސިންގަޕޫރު އިދިކޮޅު ލީޑަރު ދޮގު ހެދުމުގެ ކުށް ސާބިތު!
މުސްލިމުން މަރަން ރޭވި ޒުވާނަކު ސިންގަޕޫރުން ހައްޔަރު
ޔޫއޭއީއަށް ފޮނުވަނީ ކިޑްނީ ޓްރާންސްޕްލާންޓަށް
ބޭހަށް ޔޫއޭއީ އާއި ތައިލެންޑަށް ފޮނުވަން ފަށައިފި
ސްކޭމާ ދެކޮޅަށް ސިންގަޕޫރު ފުލުހުންނަށް ބޮޑެތި ބާރުތައް
ތައިލެންޑުން އައި 2 ދިވެހިން ޑްރަގާއެކު ހައްޔަރުކޮށްފި
އާސަންދައިގެ ހިދުމަތް ޔޫއޭއީ/ބެންކޮކްގެ ތިން ތަނަކުން