Roadha Mihaaru
ގާފަރު ދޯނި އެނދުމުން ލިބުނު ގެއްލުން ފަސް ލައްކައަށް

ގާފަރު ދޯނި އެނދުމުން ލިބުނު ގެއްލުން ފަސް ލައްކަ ރުފިޔާ އަށް

25 ޑިސެމްބަރ 2016

ކ. ގާފަރު ކައިރީގައި މަސް ބާނަން އޮއްވައި އިއްޔެ ރޯވި އެ ރަށު ދޯންޏަށް ލިބުނު ގެއްލުން ފަސް ލައްކައެއްހާ ރުފިޔާ އަށް އަރާނެ ކަމަށް އެ ދޯނީގެ ވެރި ފަރާތުން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކ. ގާފަރު ކައިރީގައި މަސް ބާނަން އޮއްވައި އިއްޔެ ރޯވި އެ ރަށު ދޯންޏަށް ލިބުނު ގެއްލުން ފަސް ލައްކައެއްހާ ރުފިޔާ އަށް އަރާނެ ކަމަށް އެ ދޯނީގެ ވެރި ފަރާތުން މިއަދު ބުނެފި އެވެ.

"ކުރަނގި" ނަމަކަށް ކިޔާ 63 ފޫޓުގެ ދޯނި ގާފަރު ކައިރީގައި މަސް ބާނަން އޮއްވައި އޭގައި ރޯވީ ޖަނަރޭޓަރުގައި އަލިފާން ރޯވުމުގެ ސަބަބުންނެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ނުވިޔަސް އެ ދޯނީގެ ގެ ގަނޑު އެއްކޮށްހެން ވަނީ އަނދައިފަ އެވެ.

ދޯނީގެ ވެރިމީހާ އަބްދުއްލަތީފް ބުނި ގޮތުގައި އިންޝުއަރެންސް ނުކޮށް އޮތް ދޯންޏަށް އެ އެ ހާދިސާގައި ލިބުނު ގެއްލުން މަރާމާތު ކުރުމަށް 500،000 އެއްހާ ރުފިޔާ ހޭދަވާނެ ކަމަށް ލަފާ ކުރެވެ އެވެ. ދޯނި މަރާމާތު ކުރުމަށް ވުރެ ބޮޑަށް ލަތީފްގެ ވިސްނުން ހުރީ އޭނާ މިހާރު ބަންނަމުން އަންނަ 90 ފޫޓުގެ ދޯންޏެއްގެ މަސައްކަތް ފުރަތަމަ ނިންމައި، އެ ދޯނި ފުރަތަމަ ބޭލުމަށެވެ.

"ބަންނަމުންދާ ދޯނީގެ 85 އިންސައްތަ މަސައްކަތް އޮތީ ނިމިފައި. އެހެންވެ ފުރަތަމަ އެ ދޯނީގެ މަސައްކަތް ފުރަތަމަ ނިންމައި، ބޭލޭތޯ ވިސްނުން މިހިރީ. އެހެން ގިނަ މީހުންގެ ޚިޔާލު ވެސް ހުރީ އެގޮތަށް. އެއީ ގެއްލުންވި ދޯންޏަށް ވުރެ ބަންނަމުންދާ ދޯނި ބޮޑުވީމަ މަސްވެރިކަން ކުރަން އެންމެެ ރަނގަޅުވާނެ ކަމަށް ބެލެވެނީ އޭތި ކަމަށް ވާތީ،" ލަތީފް ބުންޏެވެ.

އަލިފާނުގެ ހާދިސާގައި ދޯންޏަށް ގެއްލުން ވެފައި --ފޮޓޯ/މުރުޝިދު

އަލިފާނުގެ ހާދިސާގައި ދޯންޏަށް ގެއްލުން ވެފައި --ފޮޓޯ/މުރުޝިދު

ދުއްވާތާ 15 ވަރަކަށް އަހަރުވެފައިވާ އަލިފާނުގެ ހާދިސާ ހިނގުމުން، ދޯނީގައި އޭރު ތިބި ފަޅުވެރިން އަލިފާން ނިއްވޭތޯ ފެން ޖެހިޔަސް އަލިފާންގަނޑު ނިއްވާލެވުނީ ގެގަނޑު ބޭނުން ނުކުރެވޭ ވަރަށް އެނދި ފަހުންނެވެ. ދޯނީގައި ތިބި ފަޅުވެރިން ހިފައި ގެންގުޅުނު ހުރިހާ އެއްޗެއްސެއް ހެން ވަނީ އަނދައިގެން ގޮސްފަ އެވެ.

އެ ހާދިސާއަށް ފަހު ދޯނި މިވަގުތު އޮތީ ގާފަރުގަ އެވެ.