މިހާރު ޔޫކްރޭންގައި ރަޝިޔާ ސިފައިން ހިންގަމުންދާ އަސްކަރީ ހާއްސަ ހަރަކާތް ފުރޮޅިގެން ގޮސް ނިއުކްލިއާ ހަނގުރަމައެއް ފެށިދާނެ ކަމާމެދު އުފެދިފައިވާ ބިރަކީ ހަގީގީ ބިރެއް ކަމަށް، ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް އިއްޔެ ވިދާޅުވެއްޖެ އެވެ.
މިހާރު ޔޫކްރޭންގައި ރަޝިޔާ ސިފައިން ހިންގަމުންދާ އަސްކަރީ ހާއްސަ ހަރަކާތް ފުރޮޅިގެން ގޮސް ނިއުކްލިއާ ހަނގުރަމައެއް ފެށިދާނެ ކަމާމެދު އުފެދިފައިވާ ބިރަކީ ހަގީގީ ބިރެއް ކަމަށް، ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް އިއްޔެ ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ ނިއުކްލިއާ ހަނގުރާމައެއް ފެށުމުގެ ބިރު އޮތް ކަމުގައި ވިޔަސް، ސުލްހައިގެ އެއްބަސްވުމަކާ މެދު ކުރެވޭ އުންމީދު އަދިވެސް އެބަ އޮތް ކަމަށެވެ. އެހެންކަމުން ރަޝިޔާ އިން އަބަދުވެސް މަސައްކަތް ކުރަނީ، ނިއުކްލިއާ ހަނގުރާމައެއްގެ ނުރައްކަލުން ދުރުހެލިވެ އޮތުމަށް ކަމަށް ވެސް ލަވްރޯވް ވިދާޅުވި އެވެ.
"އަހަރެމެންގެ ކޮންމެ ކަމެއް އެ މައްޗަށް ބިނާކުރަމުން އަންނަ އަސާސަކީ އެއީ. ނަމަވެސް އެކަމުގެ ބިރު މިހާރު ވަރަށް ބޮޑު. އެއްވެސް ގޮތަކުން އެ ބިރުވެރިކަން އިތުރުކުރާކަށް އަހަރެމެން ބޭނުމެއް ނޫން. އެހެން ނަމަވެސް އެ ބިރު އިތުރަށް ބޮޑުކުރަން ބޭނުންވާ ވަރަށް ގިނަ ބަޔަކު އެބަތިބި. އެހެންވީމާ އެ ބިރު ހަގީގަތުގައި ވެސް އެބަ އޮތް، އަދި އެއީ ހަގީގީ ބިރެއް. އެބިރު އޮތް ކަމާ މެދު އަހަރެމެން ފަރުވާ ކުޑަކޮށްގެން ނުވާނެ."
ޚާރިޖީ ވަޒީރު ލަވްރޯވް ވިދާޅުވީ ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އަކީ ވަރަށް ކުޅަދާނަ އެކްޓަރެއް ކަމަށާއި، ހަނގުރާމަ ހުއްޓުމާ ބެހޭ ގޮތުން މަޝްވަރާކުރަން ބޭނުންވާ ކަން ދައްކަން އޭނާ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އޭނާ ދައްކާ ވާހަކަތައް ރަނގަޅަށް ބަލައި ކަނުލައި އަޑުއަހައިފި ނަމަ، އެތައް ހާސް ފުށުއެރުންތަކެއް ފެންނާނެ،" ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް ވިދާޅުވި އެވެ.
Russia loses last hope to scare the world off supporting Ukraine. Thus the talk of a ‘real’ danger of WWIII. This only means Moscow senses defeat in Ukraine. Therefore, the world must double down on supporting Ukraine so that we prevail and safeguard European and global security.
— Dmytro Kuleba (@DmytroKuleba) April 25, 2022
ލަވްރޯވްގެ ވާހަކަތަކަށް ރައްދު ދެއްވައި، ޔޫކްރޭންގެ ޚާރިޖީ ވަޒީރު ޑިމިޓްރޯ ކުލޭބާ އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި ލަވްރޯވްގެ ވާހަކަތަކަކީ، ޔޫކްރޭނަށް އަސްކަރީ ގޮތުން އެހީތެރިވެދޭ ގައުމުތަކަށް ބިރުދައްކަން ރަޝިޔާ އިން ކުރަމުންދާ މަސައްކަތް ނާކާމިޔާބުވެއްޖެ ކަމުގެ އިޝާރާތެކެވެ.
"ދުނިޔޭގެ ތިން ވަނަ ބޮޑު ހަނގުރާމައެއްގެ ހަގީގީ ނުރައްކަލާ ބެހޭ ގޮތުން ވާހަކަ ދެއްކުމުން ދޭހަކޮށްދެނީ، ޔޫކްރޭންގައި ނާކާމިޔާބުވަމުންދާ ކަން ރަޝިޔާ އަށް މިހާރު އިހްސާސް ވާން ފަށައިފި ކަން،" ޔޫކްރޭންގެ ޚާރިޖީ ވަޒީރު ޑިމިޓްރޯ ކުލޭބާ ވިދާޅުވި އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު، ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ވަނީ، އެ ގައުމުގެ ނިއުކްލިއާ ލަޝްކަރު ފުރިހަމަ ތައްޔާރީ ހާލަތަށް ގެނައުމަށް އަމުރު ކުރައްވައިފަ އެވެ.
ރަޝިޔާ ސިފައިން ޔޫކްރޭނަށް އަރައިގަނެ، ވަރުގަދަ ހަނގުރާމައެއް ފެށުމާ ގުޅިގެން އެމެރިކާ އާއި ނޭޓޯ އަދި ވިލާތުގެ އިއްތިހާދުން ބުނެފައިވަނީ، ރަޝިޔާއާ ދެކޮޅަށް ހަނގުރާމައިގައި ބައިވެރިނުވާނެ ކަމަށެވެ. ނަމަވެސް ރަޝިޔާގެ އުދުވާނުން ދިފާއުވުމަށް ޔޫކްރޭނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެ ގައުމުތަކުން ވަނީ ބުނެފަ އެވެ.
"ނިއުކްލިއާ ބޭނުންކޮށްފިއްޔާ ވަރުގަދަ ރައްދެއް ދޭނަން"
ރަޝިޔާގެ ނިއުކްލިއާ ލަޝްކަރުގެ ތަމްރީންތަކެއް ބާއްވައިފި
އެމެރިކާ ތިޔަ އަޅަނީ އަލިފާންގަނޑަށް ދަރު: ރަޝިޔާ
ނޭޓޯ އިން ދަނީ ރަޝިޔާއާ ދެކޮޅަށް ހަނގުރާމަ ކުރަމުން
ރަޝިޔާ ޗެރްނޮބީލުން ރޭޑިއޯއެކްޓިވް މާއްދާ ވަގަށްނަގައިފި
ޔޫކްރޭންގައި ނިއުކްލިއާ ހަތިޔާރު ބޭނުންކުރާކަށް ނުޖެހޭ
ޔޫކްރޭނާއި ރަޝިޔާގެ ހާރިޖީ ވަޒީރުން ބައްދަލުކުރައްވަނީ
ޔޫކްރޭންގެ ނިއުކްލިއާ ޕްލާންޓަށް ރަޝިޔާ ވެރިވެގަންނަނީ
ހުޅަނގުގެ ޚާއްސަ ސިފައިން ޔޫކްރޭންގައި ހަނގުރާމަކުރަނީ
ރަޝިޔާގެ ނިއުކްލިއާ ހަތިޔާރު ބަހައްޓާނީ ނޭޓޯއާ ކައިރީ