26 އެޕްރީލް 2022
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ނިންމައި މެމްބަރުން ޗުއްޓީ އަށް ވަޑައިގެންފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ނިންމައި މެމްބަރުން ޗުއްޓީ އަށް ވަޑައިގެންފި އެވެ.
މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ފުރަތަމަ ދައުރުގެ ޖަލްސާތައް ކުރިޔަށް ގެންދާނީ ފެބްރުއަރީ މަހުން ފެށިގެން އޭޕްރިލް މަހުގެ ނިޔަލަށެވެ. އެ އަށް ފަހު އެއް މަސް ދުވަހުގެ ޗުއްޓީއެއް މެމްބަރުންނަށް ލިބޭނެ އެވެ.
ފުރަތަމަ ދައުރުގެ ޖަލްސާތައް އިއްޔެ ނިންމައިލިއިރު، މަޖިލީހުން އާންމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ސަރުކާރުން މަޖިލީހަށް ފޮނުވި 28 ބިލުގެ ތެރެއިން ނިންމީ އަށް ބިލެއްގެ މަސައްކަތެވެ. އަދި ހުށަހެޅި 10 ގަރާރުގެ ތެރެއިން ދެ ގަރާރެއްގެ މައްސަލަ ނިންމި އެވެ. ސަރުކާރުން ހުށަހެޅި އެހެން އަށް މައްސަލައެއްގެ ތެރެއިން ހަތް މައްސަލައެއް މަޖިލީހުން ވަނީ ނިންމައިފަ އެވެ.
މި އަހަރުގެ ފުރަތަމަ ދައުރުގައި ވަނީ އެކި މައްސަލަތަކާ ގުޅޭ 49 ސުވާލު ސަރުކާރަށް ފޮނުވައިފަ އެވެ. އޭގެ ތެރެއިން ނިމުނީ 26 ސުވާލަކާ ގުޅޭ ކަންތައްތަކެވެ. އަދި 170 ކޮމިޓީ ބައްދަލުވުން ކުރިޔަށް ގެންދިޔަ ކަމަށް މަޖިލީހުގެ އިދާރާ އިން ބުންނެވެ.
މިދިޔަ ދައުރުގައި މަޖިލީހަށް ޖުމުލަ ހުށަހަޅާފައި ވަނީ 131 މައްސަލަ އެވެ. އޭގެ ތެރެއިން ނިމިފައި ވަނީ 65 މައްސަލަ އެވެ. ޖުމުލަ މަސައްކަތުން ހާސިލް ކުރެވުނީ 49.6 ޕަސެންޓު ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކަ އެވެ.
މަޖިލީހުގެ އިންތިހާބީ ދާއިރާތަކާ ގުޅޭގޮތުން 65 ޝަކުވާ
މެމްބަރުންގެ އަދަދު 87 ގައި ހިފެހެއްޓުމުގެ އިސްލާހެއް
"ވިޕަށް ވޯޓުނުދޭން ނިންމީ ރާއްޖެއަށް ގެއްލުންވެދާނެތީ"
ވީއައިޕީ ލައުންޖަށް ތިން އަހަރުގެ ތެރޭގައި 3 މިލިއަން
ރިކޯލް ވޯޓަކުން މެމްބަރުން ވަކިކުރާ ގޮތް ހަދަން ބިލެއް
އެއީ މިވަގުތު ހުށަހެޅޭނެ އެންމެ ރަނގަޅު ބަޖެޓް:ރައީސް
ޔައުގޫބުގެ ގޮނޑި ނުގެއްލޭ ކަމަށް ހުކުމްކޮށްފި
ޕާޓީތައް ވަކިން ތަޅުމުގައި ތިބެން ކޮމެޓީން ނިންމައިފި
ވަޒީފާއަކުން މެމްބަރުކަމުގެ ގޮނޑި ގެއްލޭނެތަ؟!
ޔައުގޫބުގެ މެމްބަރުކަމުގެ މައްސަލަ ސުޕްރީމް ކޯޓަށް