27 އެޕްރީލް 2022
އިނގިރޭސި ރާނީ އެލިޒެބަތު ތަހުތުގައި އިންނަވާތާ 70 އަހަރު ފުރުން ފާހަގަކުރުމަށް އަންނަ ޖޫން މަހު ބާއްވާ ހާއްސަ ހިނގާލުމުގައި މުނިފޫހިފިލުވުމުގެ ދާއިރާގައި އުޅޭ 10،000 ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އިނގިރޭސި ރާނީ އެލިޒެބަތު ތަހުތުގައި އިންނަވާތާ 70 އަހަރު ފުރުން ފާހަގަކުރުމަށް އަންނަ ޖޫން މަހު ބާއްވާ ހާއްސަ ހިނގާލުމުގައި މުނިފޫހިފިލުވުމުގެ ދާއިރާގައި އުޅޭ 10،000 ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އެޑް ޝީރަން ފަދަ މަޝްހޫރު އިނގިރޭސި ލަވަކިޔުންތެރިން ފެންނާނެ އެ ހަރަކާތުގައި 100 އަށް ވުރެ ގިނަ އިނގިރޭސިވިލާތުގެ "ގައުމީ ހަޒާނާ" ނުވަތަ އެ ރަސްކަމަށް އަގުހުރި ހިދުމަތްތައް ކޮށްދިން ޝަހުސިއްޔަތުން ވެސް ބައިވެރިވާނެ އެވެ. އެމީހުން ދާނީ ރާނީ އަށް މަރުހަބާ ކިޔުމަށް ބާއްވާ ހިނގާލުމަކަށެވެ.
އެ ހަރަކާތް އޮންނާނީ ޖޫން މަހު 2-5 އަށް އޮންނަ ހަރަކާތުގައި އެންމެ ފަހު ދުވަހު އެ މުނާސަބަތު ނިންމާލުމުގެ ގޮތުންނެވެ.
އެ ދުވަސްތަކުގައި އޮންނަ އެހެން ހަރަކާތްތަކުގައި ތެރޭގައިި ތެންކްސްގިވިންއަކާއި ޝާހީ ގަނޑުވަރު ބަކިންހަމް ޕެލެސްގެ ބޭރުގައި ބާއްވާ ލައިވް ކޮންސާޓަކާއި އަދި މިލިޓަރީ ޕެރޭޑެއް ވެސް ހިމެނެ އެވެ.
ރާނީ އަށް މަރުހަބާ ކިޔުމަށް ބާއްވާ ތިން ކިލޯމީޓަރުގެ އެ ހިނގާލުމުގައި މިލިޓަރީ ބޭންޑުތަކާއި ނެށުންތެރިންނާއި ކުޅިވަރު ކުޅުންތެރިންނާއި ފިލްމާއި ތިއޭޓާ އަދި މިއުޒިކްގެ ދާއިރާގައި މަސައްކަތްކުރާ ގިނަ ބަޔަކު ބައިވެރިވާނެ އެވެ.
އެ ހަރަކާތް އިންތިޒާމުކުރާ ފަރާތުން ބުނި ގޮތުގައި ލައިވްކޮށް ދައްކަން ނިންމާފައިވާ އެ ހަރަކާތް ދުނިޔޭގެ އެކި ހިސާބުތަކުން އެއް ބިލިއަން މީހުން ބަލާނެ އެވެ. އަދި އެ ހިނގާލުމަށް އެކަނި 19.1 މިލިއަން ޑޮލަރު ހޭދަކުރެ އެވެ.
ރާނީ އެލިޒަބަތު އަކީ އިނގިރޭސި ތަހުތުގައި އެންމެ ގިނަ ދުވަހު އިންނެވި ކަމަނާ އެވެ. މި މަހު އެކަމަނާގެ އުމުރުފުޅުން 96 އަހަރުވީއިރު، މިދިޔަ ފެބްރުއަރީ މަހު ހައެއްގައި ވަނީ އެކަމަނާގެ ރަނިކަމަށް 70 އަހަރު ފުރުން ފާހަގަކޮށްފަ އެވެ.
ރާނީ އެލިޒަބަތު އަވަހާރަވެއްޖެ
އިނގިރޭސި ރާނީގެ ހާލުކޮޅު ގޯސްވެ އާއިލާ ހާސްކަމުގައި
ރާނީގެ ޕްލެޓިނަމް ޖުބްލީ 12 މިލިއަން މީހުން ބެލި
އިނގިރޭސިވިލާތުގައި އިތުރު 8 ސިޓީ އުފައްދައިފި
ބޭނުންވީ ރާނީ ހުންނެވީ ސަލާމަތުންތޯ ޔަގީންކުރައްވަން
އާއިލާ ދޫކޮށްލިފަހުން ހެރީ އާއި މޭގާން ރާނީގެ އަރިހަށް
ރަނިކަމަށް 70 ފުރުން ފާހަގަކުރަނީ ވަރަށް ސިއްރުން
ރާނީ އަވަހާރަވި ނަމައޭ ބުނި މީހަކު ހޫނު ފެނަށް
މުސްކުޅިއެއްގެ އެވޯޑް ރާނީ ގަބޫލެއް ނުކުރެއްވި
ބަކިންހަމް ޕެލަސްގެ މަރާމާތަށް 360 މިލިއަން ޕައުންޑް